Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު - ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން އެންމެ ފަހުން އުނބަށް؟!

4 ޖުލައި 2019 | ބުރާސްފަތި 11:38

އޭރުގެ އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރާތީ މަލާމާތާއި ފުރައްސާރަ ކުރެއްވި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 4 ޖުލައި 2019 | ބުރާސްފަތި 11:38
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ވެރިކަމުގެ ދައުރުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރާތީ އެކަމަށް ތަފާތު އެކި ފަހަރު މަތިން މަލާމާތާއި ފުރައްސާރަ ކުރެއްވިއެވެ. ތަންތަނަށް އެއްވަންޏާ ހައްޖަށް ދާށޭ ވިދާޅުވެ ރައްޔިތުންނަށް ހަޖޫ ޖެއްސެވިއެވެ.

ސުލްހަވެރި އެއްވުންތަކާއި އަޑު އުފުލުންތަކަށް ހުރަސް އެޅުމަށް މަޖިލީހުން ގާނޫނަށް ވެރިކަމުގެ ހުރިހާ ބާރެއް ހިއްޕަވައިގެން މަޖިލީހުގެ މެޖޯރިޓީއާއި އެކު ބަދަލު ގެންނެވިއެވެ. އާންމު އެއްވުންތަކާއި މުޒާހަރާ ކުރުން މަނާކޮށް ހުއްދަ ހޯދައިގެން ނޫނީ މުޒާހަރާ ނުކުރެވޭނެ ގޮތަށް ހެއްދެވީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބާރުގައި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމުންނެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޕީޕީއެމުން ކާނިވާ ސަރަހައްދުގައި ބާއްވާ މުޒާހަރާގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާނެ ކަން އިއުލާން ކުރީ އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕީޕީއެމް/ޕީއެންސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައެވެ.

ވެރިކަމުން ނާކާމިޔާބުވެވަޑައިގެންނެވުމާއި ގުޅިގެން ގާތްގަނޑަކަށް 15 ދުވަސް ވަންދެން ޕީޕީއެމުން ކުރި މުޒާހަރާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވީ ހަމައެކަނި މުޒާހަރާ ފެށުނު ރޭގައެވެ.

އެކަމަކު މިދިޔަ ސަރުކާރުގެ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސިއްދީގު ވިދާޅުވާ ގޮތުން ނަމަ ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ފަހު ޕީޕީއެމުން އޭރު އެޕާޓީ އޮފީހުގެ "ދެދޮރުދޭތެރެއިން" ބޭއްވީ މައުލޫމާތު ދިނުމުގެ ސެޝަންތަކެވެ. އެހެން ކަމަށް ވާނަމަ މިއީ މި ސަރުކާރުގައި ރައީސް ޔާމީން މުޒާހަރާއަށް ނިކުންނަވާނޭ ފުރަތަމަ ފަހަރު ކަމުގައި ވާނެއެވެ.

ޕީޕީއެމްގެ އާންމު މެމްބަރުން މަގުމައްޗަށް ނެރެ މުޒާހަރާ ކުރުމަކީ އުފަލެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވި ރައީސް އެންމެ ފަހުން މެމްބަރުންނާއި އެކު މުޒާހަރާއަށް ނިކުންނަވަނީއެވެ. ވެރިކަމުގައި ހުންނަވައިގެން ކަށްވަޅުގައި އޮވެގެން ވެސް އެމްޑީޕީ މީހުން ކުރާނީ މުޒާހަރާ ކަމަށް ވިދާޅުވި ރައީސް މުޒާހަރާއަށް ނިކުންނަވަނީއެވެ. މުޒާހަރާ ކުރުން އެއީ މާބޮޑު ތަރުހީބެއް ލިބޭ ކަންކަން ނޫން ކަމަށް އަމިއްލަ ފުޅަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވި ވިދާޅުވުން ހަނދާން ނައްތާލެއްވުމަށް ފަހުގައެވެ.

ސުވާލަކީ މަނިކުފާނު މުޒާހަރާއަށް ނިކުންނަވަނީ މާބޮޑު ތަރުހީބެއް ހޯއްދަވަން ތޯއެވެ. މުޒާހަރާގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވުމަށް އާދޭސް ކުރައްވާ މަނިކުފާނު އަމިއްލަ ފުޅަށް ހެއްދެވި ގާނޫނު މުގުރާލައްވާނީތޯއެވެ. ނުވަތަ މަނިކުފާނުގެ އެންމެ އަރިސް ބޭފުޅާ އަބްދުއްރަހީމް ނޫސްވެރިންނާއި ބައްދަލު ކުރައްވާ މަނިކުފާނު މުޒާހަރާގައި ބައިވެރިވެވަޑައި ނުގެންނެވުނީ މާ ބިޒީފުޅުވުމުން ކަމަށް ބުނުއްވާނީތޯއެވެ. ނޫނީ ރައްޔިތުން ލައްވާ މަނިކުފާނު "އުނބަށް ޖެއްސެވީއޭ" ބުނެ ރައްޔިތުން މަނިކުފާނަށް މަލާމާތް ކުރުވާނެ ގޮތް މަގުފަހި ކުރުވާނީތޯއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!
07 ފެބުރުއަރީ 2017

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި
01 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!
30 ޖެނުއަރީ 2017

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!
20 ޖެނުއަރީ 2017

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!
19 ޖެނުއަރީ 2017

މައުމޫނުގެ އޮފް ކަނޑާލަން ޔާމީންގެ އިތުރު މަޅިއެއް!

19 ޖެނުއަރީ 2017
މައުމޫނުގެ އޮފް ކަނޑާލަން ޔާމީންގެ އިތުރު މަޅިއެއް!
14 ޖެނުއަރީ 2017

މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟

14 ޖެނުއަރީ 2017
މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
07 ޖެނުއަރީ 2017

ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟

07 ޖެނުއަރީ 2017
ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟
05 ޖެނުއަރީ 2017

ރައީސް ޔާމީނަށް ކުރާ އިލްތިމާސް!

05 ޖެނުއަރީ 2017
ރައީސް ޔާމީނަށް ކުރާ އިލްތިމާސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް