Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޓީސީސީ

އާޒިމް ނާޖާއިޒު މާލީ މަންފާއެއް ހޯދާފައިވާކަމަށް ބުނެ "ދިޔަރެސް" އިން ފަތުރަނީ ދޮގު ޚަބަރެއް: އެމްޓީސީސީ

28 ނޮވެމްބަރު 2023 | އަންގާރަ 01:22

މައްސަލައިގެ ހަގީގަތް ހާމަ ކުރުމަށް އެ މައްސަލަ ބަލައިދިނުމަށް އެމްޓީސީސީން ވަނީ އޭސީސީގައި އެދިފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 28 ނޮވެމްބަރު 2023 | އަންގާރަ 01:22
ގްރޭޓަރ މާލޭގެ އާއްމު ދަތުރުފަތުރުގެ ޚިދުމަތުގެ ޓިކެޓިންގ ނިޒާމް އާރްޓީއެލް ޓްރެވެލް ޕްލެޓްފޯމަށް ވަނީ ބަދަލުކޮށްފައި

ގްރޭޓަރ މާލޭގެ އާއްމު ދަތުރުފަތުރުގެ ޚިދުމަތުގެ ޓިކެޓިންގ ނިޒާމް އާރްޓީއެލް ޓްރެވެލް ޕްލެޓްފޯމަށް ވަނީ ބަދަލުކޮށްފައި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ނާޖާއިޒް މަންފާއެއް ހޯދާފައިވާކަމަށް ތުހުމަތުކޮށް "ދިޔަރެސް" ނޫހުން އާއްމުކޮށްފައިވަނީ ދޮގު ޚަބަރެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޓީސީސީން ހޯމަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުންޏަކީ ރާއްޖޭގެ ތަފާތު އެކި ސިނާއަތްތަކުގައި ފުޅާދާއިރާއެއްގައި ވިޔަފާރީގެ ހަރަކާތް ކުރިއަށްގެންދާ ކުންފުންޏަކަށް ވެފައި އެ ކުންފުނިން އަބަދުވެސް މަސައްކަތްކޮށްފައިވާނީ ކުންފުނީގެ އާމްދަނީ އާއި ފައިދާ އަދި ހިއްސާދާރުންނަށް ލިބޭ ނަފާ އިތުރުކުރުމާއެކު ކުންފުނީގެ ވަނަވަރު އިތުރަށް ތަރައްޤީކުރުމުގެ އިދާރީ ސަގާފަތާއި އިދާރީ ސުލޫކުގެ އަސާސް އިސްކުރުމުގެ ރޫހުގައިކަމަށެވެ. އެކަން ވޭތުވެދިޔަ 4 އަހަރު ހާސިލްކޮށްފައިވާ ކާމިޔާބީ އާއި އާންމުކޮށްފައިވާ މާލީ ނަތީޖާ އަދި އަހަރީ ރިޕޯޓްތަކުން ސާފުކޮށް ފެންނަން ހުންނާނެ ކަމަށް ބުންޏެވެ.

Advertisement - newsAdvertisement

އެ މަސައްކަތާއެކުވެސް ރައްޔިތުންނަށް އޮޅުވާލައި އެމްޓީސީސީ ބަދުނާމު ކުރުމުގެ ނިޔަތުގައި ބައެއް ފަރާތްތަކުން ހަގީގަތާއި ޚިލާފު ޚަބަރު ފަތުރަމުންދިއުމަކީ ހިތާމައެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ. އެގޮތުން މި މަހުގެ 27 ވަނަ ދުވަހު "ދިޔަރެސް" ނޫހުން އާއްމުކޮށްފައިވާ "އާޒިމް ފަހުކަމަކަށް ވެސް ބޮޑު ވައްކަމެއް، ބޮޑު ހިލަ ޓަނަކުން 11 ޑޮލަރު އަމިއްލަ ޖީބަށް!" ޚަބަރަކީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު ޚަބަރެއް ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ.

އެމްޓީސީސީން ބުނީ އެ ޚަބަރަކީ ރައްޔިތުންގެ ހިތުގައި ކުންފުންޏާއި ކުންފުނީގެ އިސްވެރިންނަށް ލިބިފައިވާ އިތުބާރާއި ލޯބި ފަނޑުކޮށްލުމަށް ގަސްތުގައި ކޮށްފައިވާ ނާތަހުޒީބީ އަމަލެއްކަމަށެވެ. އަދި އެ ކުންފުނީގެ އިސް ވެރިންތަކެއް ނާޖާއިޒު މާލީ މަންފާ ލިބޭނެހެން އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރާއިރު އެއީ އެއްވެސް އަސާސެއް އަދި ބުރަދަނެއް ނެތް ދޮގު ވާހަކަތަކެއްކަމަށް އެ ކުންފުނިން ބުންޏެވެ.

ކުންފުނިން ކުރިއަށްގެންދާ މަޝްރޫއުތަކަށް ބޭނުންވާ ތަކެއްޗާއި އަދި ކުންފުނީގެ އެކިއެކި ބޭނުމަށް ގެނެވޭ މުދަލުގެ މުއާމަލާތުތަކަކީ ބޯޑުން ފާސްކޮށްފައިވާ ޕްރޮކިއުމަންޓް ޕޮލިސީއާ އެއްގޮތަށް ކުރިއަށްދާ މުއާމަލާތްތަކެއްކަން އެމްޓީސީސީން ފާހަގަކުރެއެވެ. އަދި ކޮންމެ މުއާމަލާތެއްގައިވެސް އަމަލުކޮށްފައިވާނީ ރަނގަޅު ގަވަރނަންސްގެ ތެރެއިންކަމަށާއި ވިޔަފާރީގައި ގެންގުޅޭ ބައިނަލްއަގުވާމީ ބެސްޓް ޕްރެކިޓްސްގެ ހަމަތަކާއި މިންތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ ޚަބަރާ ގުޅިގެން ރައްޔިތުންނަށް އެކަމުގެ ހަގީގަތް ސާފުކޮށްދިނުމަށް އޭސީސީ އިން ތަހުގީގެއް ހިންގައިދިނުމަށް ވެސް އެމްޓީސީސީން ވަނީ މިހާރު އެދިފައެވެ.

"ދިޔަރެސް" އިން އެކި ފަހަރުމަތިން އެމްޓީސީސީ އާއި އެ ކުންފުނީގެ ވެރިން ބަދުނާމުވާގޮތަށް ދޮގު ޚަބަރު ފަތުރާފައިވާކަން ފާހަގަކޮށް އެމްޓީސީސީން ބުނީ އެއްވެސް ހެއްކެއްނެތި އެފަދަ ތުހުމަތު އަޅުވަމުން ދިއުމަކީ އަބުރު ކަތިލުމުގެ ނުބައި ރޫހުގައި ކުރަމުން އަންނަ ކަމެއް ކަަމަށެވެ. މިއީ ޒާތީ ތައައްސުބް އިސްކޮށް، ސިޔާސީ މަންފާއެއް ހޯދުމުގެ ވިސްނުމުގައި ކުރާ ކަމެއް ކަމަށާއި މިފަދަ ކަންކަން މަދު ފަރާތްތަކުން ކުރަމުންގެންދިއަ ނަމަވެސް ޖުމުލަކޮށް މީޑިއާގެ ވަސީލަތްތަކުން ޒިންމާދާރު ނޫސްވެރިކަމެއް ކުރަމުން ގެންދާކަންއެމްޓީސީސީން ފާހަގަކުރެއެވެ.

އެމްޓީސީސީން ވަނީ އެ ކުންފުންޏާއި ކުންފުނީގެ ވެރިން ބަދުނާމު ވާގޮތަށް އަދި އާންމު ރައްޔިތުންގެ މެދުގައި ކުންފުންޏަށް އޮތް އިތުބާރު ގެއްލޭ ގޮތަށް، ހަގީގަތާ ޚިލާފު ދޮގު ޚަބަރު ނުފެތުރުމަށް "ދިޔަރެސް" ނޫހަށް އިލްތިމާސްކޮށްފައެވެ.

އެމްޓީސީސީ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
30 ސެޕްޓެމްބަރު 2025

ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!

30 ސެޕްޓެމްބަރު 2025
ފެބްރުއަރީ މަހު ހަވާލުކުރި ފައިނު އެއަރޕޯޓުގެ އަމަލީ މަސައްކަތުގެ ހިލަމެއް ނެތް!
29 ސެޕްޓެމްބަރު 2025

ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި

29 ސެޕްޓެމްބަރު 2025
ދަނގެތީގެ ބަނދަރު ބޮޑު ކުރަން ގެންދިޔަ ސާމާނު އޮމަދޫ އަށް ގެންގޮސްފި
26 ސެޕްޓެމްބަރު 2025

317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި

26 ސެޕްޓެމްބަރު 2025
317 މީހުން ދިރިއުޅޭ ގާދިއްފުށީގެ 10 ހެކްޓަރުގެ ބިން ހިއްކުމަށް 110 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް