Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިސްޓަރ މުހައްމަދު އަސްލަމް

1.1 ބިލިޔަން ރުފިޔާގެ 36 މަޝްރޫއުގައި ސޮއިކޮށްފައިވޭ: އަސްލަމް

3 ޖުލައި 2019 | ބުދަ 14:00

ބަޖެޓްގައި ހިމަނާފައި އޮތް އެއްވެސް ކަމެއް ދޫކޮށްނުލާނެ ކަމަށް ވިދާޅުވި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 3 ޖުލައި 2019 | ބުދަ 14:00
ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް، ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި

ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް، ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި

މިއަހަރުގެ މިހާތަނަށް 1.1 ބިލިޔަން ރުފިޔާގެ 36 މަޝްރޫއެއްގައި ސޮއިކުރެވިފައިވާކަމަށް ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިފަދައިން ވިދާޅުވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިނިސްޓަރާއި ސުވާލު ކުރެއްވުމަށް ހުށަހެޅުމާއި ގުޅިގެން މިނިސްޓަރ މަޖިލީހަށް ވަޑައިގެން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވަނީ އެ 36 މަޝްރޫއުގެ ތަފްސީލް މަޖިލިސް މެމްބަރުންނާއި ހިއްސާ ކުރައްވާފައެވެ.

ފެނުގެ ތިން މަޝްރޫއަކާއި، ނަރުދަމާގެ މަޝްރޫއެއްގެ އިތުރުން ފެނާއި ނަރުދަމާގެ 11 މަޝްރޫއެއްގައި ސޮއިކުރެވިފައިވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، މަގު ހެދުމުގެ ހަތް މަޝްރޫއަކާއި ބަނދަރު ހެދުމުގެ 14 މަޝްރޫއެއްގައި ސޮއިކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މިހާތަނަށް ސޮއިކުރެވުނު މަޝްރޫއުތަކުގެ އަގަކީ ޖުމްލަ 1.1 ބިލިޔަން ރުފިޔާ އެވެ،. މިނިސްޓަރ ވިދާޅުވީ މި 36 މަޝްރޫއުގެ އިތުރުން 41 މަޝްރޫއެއްގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ބަޖެޓްގައި ހިމަނާފައި އޮތް އެއްވެސް ކަމެއް ދޫކޮށްނުލާނެ ކަމަށާއި، ބަޖެޓްގައި ހިމަނާފައިވާ ކަންކަން ކުރިއަށް ގެންދާނެ ޝެޑިއުލްއެއް ވަރަށް އަވަހަށް މަޖިލީހާއި ހިއްސާ ކުރައްވާނެ ކަމަށެވެ.

މިނިސްޓަރަ މަޖިލީހަށް ހާޒިރުކުރެވުނީ މަރަދޫ ބަނދަރުގެ މަސައްކަތް ލަސްވުމާއި ގުޅިގެން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ސުވާލުކުރެއްވުމަށެވެ. ޝަރީފްގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވެފައިވަނީ މަރަދޫ ބަނދަރުގެ މަސައްކަތް ލަސްވެފައިވަނީ ބަނދަރުގެ ސައިޒަށް ބަދަލުތަކެއް ގެންނަން ސިޓީ ކައުންސިލުން އެދުމުން އެކަންތައް ދިރާސާ ކުރުމުން ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

13 އެޕްރީލު 2017

އިދިކޮޅު ލީޑަރުންނާއިމެދު ކުރާ ޝައްކު ފިލުވާލަން ޖެހޭ: އަސްލަމް

13 އެޕްރީލު 2017
އިދިކޮޅު ލީޑަރުންނާއިމެދު ކުރާ ޝައްކު ފިލުވާލަން ޖެހޭ: އަސްލަމް
06 އެޕްރީލު 2017

ބްރޯޑްކޮމް އިން ކުރި ދެލައްކަ ރުފިޔާގެ ޖޫރިމަނާ ރާއްޖެ ޓީވީން ދައްކައިފި

06 އެޕްރީލު 2017
ބްރޯޑްކޮމް އިން ކުރި ދެލައްކަ ރުފިޔާގެ ޖޫރިމަނާ ރާއްޖެ ޓީވީން ދައްކައިފި
16 މާރިޗު 2017

އިކޮނޮމިކް މިނިސްޓްރީގައި ހުރި 9 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސައްޙަ ކަމާމެދު ސުވާލު އުފެދިއްޖެ

16 މާރިޗު 2017
އިކޮނޮމިކް މިނިސްޓްރީގައި ހުރި 9 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސައްޙަ ކަމާމެދު ސުވާލު އުފެދިއްޖެ
10 މާރިޗު 2017

ސައުދީން ނުވަތަ ރައީސް އެބަ ދޮގުހަދާ: އަސްލަމް

10 މާރިޗު 2017
ސައުދީން ނުވަތަ ރައީސް އެބަ ދޮގުހަދާ: އަސްލަމް
11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
06 ފެބުރުއަރީ 2017

އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި

06 ފެބުރުއަރީ 2017
އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި
04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް