Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގައި މަރުގެ ހުކުމް ތަންފީޒުކުރުން

އީސްޓަރ ސަންޑޭ ހަމަލާގައި ޑްރަގް ޑީލަރުންގެ އަތެއްވޭ: ސިރިސޭނާ

2 ޖުލައި 2019 | އަންގާރަ 12:50

އެންމެ ފަހުން ލަންކާގައި މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ މީގެ 42 އަހަރު ކުރިން

އަމަން ހަލީމް
އަމަން ހަލީމް | 2 ޖުލައި 2019 | އަންގާރަ 12:50
ލަންކާގެ ރައީސް މައިތިިރިޕާލަ ސިރިސޭނާ

ލަންކާގެ ރައީސް މައިތިިރިޕާލަ ސިރިސޭނާ

އީސްޓަރ ސަންޑޭގައި, ލަންކާގެ މަތީ ފަންތީގެ ހޮޓާތަކަށާއި ނަސާރާ ދީންގެ ފައްޅިތަކަށް ދިން ހަމަލާގައި ބައިނަލްއަގްވާމީ ޑްރަގް ޑީލަރުންގެ އަތެއްވާކަމަށް ލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނާ ވިދާޅުވެއްޖެއެވެ.

ލަންކާގެ "ގައުމީ މަސްތުވާތަކެތިން ދުރުހެލިވުމުގެ ހަފުތާ" އިފްތިތާހުކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ސިރިސޭނާ ވިދާޅުވީ، އެންމެ ފަސޭހައިން ގައުމެއް ހަލާކުކޮށްލަން ބޭނުންކުރެވޭނެ ވަސީލަތަކީ މަސްތުވާތަކެތި ކަމަށާއި، ގައުމުގެ ކޮންމެ ފަރުދަކު ވެސް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވަން އެ މީހެއްގެ ވާޖިބު އަދާކުރަން ޖެހޭ ކަމަށެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެފައިވާ މީހުންނަށް ލަންކާގައި މަރުގެ ހުކުމް ތަންފީޒުކުރަން ނިންމެވި ނިންމެވުން ދިފާއުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ސިރިސޭނާ ވިދާޅުވީ އެ ނިންމެވުމާއި ގުޅިގެން، ބައިނަލްއަގްވާމީ ޖަމިއްޔާތަކުން އެކިކަހަލަ ފިއްތުންތައް ކުރިމަތިކުރަމުން އަންނަ ކަމަށެވެ. އިތުރަށް ވިދާޅުވީ ގައުމު ތަރައްގީ ކުރަން ބައިނަލްއަގްވާމީ މުޖުތަމައުގެ އެހީ މުހިންމު ކަމުގައިވާ ނަމަވެސް، އެއިން ފަރާތަކަށް ވެސް އެ ގައުމެއްގެ ދާހިލީ ކަންކަމުގައި އަދި މުސްތަގިއްލު ކަމަށް ބާރުފޯރުވުމުގެ އެއްވެސް ބާރެއް ނެތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ސިރިސޭނާ ވިދާޅުވީ ފާއިތުވެ ދިޔަ ހަތަރު ވަރަކަށް އަހަރުގެ ތެރޭގައި މަސްތުވާތަކެތި އެތެރެކުރާ ބޮޑުންނާ ދެކޮޅަށް ފިޔަވަޅު އަޅަން އެހީތެރިކަން ނުދިން ބަޔަކު، މަސްތުވާތަކެތީގެ ބޮޑުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަން އުޅުމުން އެ މަނިކުފާނު ބަދުނާމުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ސަރުކާރުގައި ވިޔަސް އިދިކޮޅުގައި ވިޔަސް ހަރަކާތްތެރިވީ ދުވަސްވަރު އެ ފަރާތްތަކުން، ލަންކާގައި ތިބި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ތިން ލައްކަ ޒުވާނުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެ ފަރާތްތަކުން ކުރި މަސައްކަތެއް އޮޅުންފިލުވަން ސުވާލު ކުރިމަތިކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ބޮޑުންނާ ދެކޮޅަށް ފަށައިގެން އުޅޭ މަސައްކަތަކީ، އަންނަނިވި ޖީލުތައް މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރަން ކުރައްވާ މަސައްކަތެއް ކަމަށް ވިދާޅުވެ ސިރިސޭނާ ވަނީ އެ މަނިކުފާނުގެ ފުރާނަޔަށް ކުރިމަތިވާ ނުރައްކަލެއް އޮތަސް އެކަމަށް ބެލުމެއް ނެތި އެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އިތުރަށް ސިރިސޭނީ ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނާއި ސިޔާސީ ފަރާތްތަކާއި ގުޅުން އޮންނަ ވާހަކައަކީ ސިއްރެއް ނޫން ކަމަށެވެ. އަދި މިފަދަ މީހުން އުޅޭ ހިނދު، އިޙުލާސްތެރިކަމާއި އެކު މަސްތުވާތަކެތީގެ ނުރައްކަލުން ގައުމު ސަލާމަތްކޮށްދޭން މަސައްކަތް ކުރަނީ ކިތައް ސިޔާސީ މީހުންކަމާއި މެދު ސުވާލު އުފެދޭ ކަމަށެވެ.

ލަންކާގައި ޒަމާންތަކެއް ވަންދެން މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓާލާފައި އޮތުމަށް ފަހު، އަލުން އެކަން ފަށަން އުޅުމާއި ގުޅިގެން ސިރިސޭނާއަށް ވަނީ ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައެވެ. އޭގެ ތެރޭގައި މިވަގުތު ކެބިނެޓުގައި ތިއްބެވި ބޭފުޅުންނާއި ހުޅަނގުގެ ގައުމުތަކާއި އދ. ފަދަ ޖަމިއްޔާތަށް ވެސް ހިމެނެއެވެ. ސިރިސޭނާގެ ވާދަވެރިން މިކަން ސިފަކޮށްފައިވަނީ އީސްޓަރ ސަންޑޭ ހަމަލާގައި އެމަނިކުފާނު ވެފައިވާ އިހުމާލުން ރެކިވަޑައިގަތުމުގެ ގޮތުން ޖައްސާ ސްޓަންޓެއް ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

25 ޖޫން 2017

ޓެރަރިސްޓް ހަމަލާގައި ޒަޚަމްވި ސިފައިން ގާތަށް ސައުދީ ވަލީއަހުދު ޒިޔާރަތް ކުރައްވައިފި

25 ޖޫން 2017
ޓެރަރިސްޓް ހަމަލާގައި ޒަޚަމްވި ސިފައިން ގާތަށް ސައުދީ ވަލީއަހުދު ޒިޔާރަތް ކުރައްވައިފި
06 ޖޫން 2017

ލަންޑަން ހަމަލާ: ހަމަލާގައި ބައިވެރިވި މީހުން ވަޅުލަށް އިމާމުން ދެކޮޅު ހަދައިފި

06 ޖޫން 2017
ލަންޑަން ހަމަލާ: ހަމަލާގައި ބައިވެރިވި މީހުން ވަޅުލަށް އިމާމުން ދެކޮޅު ހަދައިފި
31 މެއި 2017

ކާބުލްގައި ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 80 އަށް އަރައިފި

31 މެއި 2017
ކާބުލްގައި ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 80 އަށް އަރައިފި
23 މެއި 2017

މެންޗެސްޓަރ އެރީނާގައި ދިން ހަމަލާގައި 19 މީހުންް މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ

23 މެއި 2017
މެންޗެސްޓަރ އެރީނާގައި ދިން ހަމަލާގައި 19 މީހުންް މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ
20 މެއި 2017

ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި

20 މެއި 2017
ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި
24 އެޕްރީލު 2017

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
29 މާރިޗު 2017

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ
24 ފެބުރުއަރީ 2017

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި
14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް