Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބޮޑުމަހުގެ މަސްވެރިކަން

ޖަޕާނުން އަނެއްކާ ވެސް ވިޔަފާރީގެ އުސޫލުން ބޮޑުމަހުގެ މަސްވެރިކަން ފަށައިފި

ސައިންޓިފިކް ބޭނުންތަކުގެ ނަމުގައި ބޮޑު މަސް ބާނަން ފަށާފައިވަނީ 1987 ވަނަ އަހަރު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 2 ޖުލައި 2019 | އަންގާރަ 08:31
ބޮޑުމަހުގެ މަސްވެރިކަން ޖަޕާނުން އެންމެ ފަހުން ކޮށްފައިވަނީ 1986 ވަނަ އަހަރު

ބޮޑުމަހުގެ މަސްވެރިކަން ޖަޕާނުން އެންމެ ފަހުން ކޮށްފައިވަނީ 1986 ވަނަ އަހަރު

ބައިނަލްއަގްވާމީ މުޖުތަމައުގެ ފާޑުކިޔުންތަކަށް ބެލުމެއް ނެތި ޖަޕާނުން ވިޔަފާރީގެ ބޭނުންތަކަށް ބޮޑުމަހުގެ މަސްވެރިކަން ކުރަން އަނެއްކާވެސް ފަށައިފިއެވެ.

ވިޔަފާރީގެ އުސޫލުން ބޮޑުމަހުގެ މަސްވެރިކަން ޖަޕާނުން އެންމެ ފަހުން ކޮށްފައިވަނީ 1986 ވަނަ އަހަރު ނަމަވެސް އެ ގައުމުން ބޮޑުމަހުގެ މަސްވެރިކަން ހުއްޓާލާފައެއްނުވެއެވެ.

ޖަޕާނުން ސައިންޓިފިކް ބޭނުންތަކުގެ ނަމުގައި ބޮޑު މަސް ބާނަން ފަށާފައިވަނީ 1987 ވަނަ އަހަރުއެވެ. އަދި އެ ގައުމުގެ ސަރުކާރުން ތަކުރާރުކޮށް ބުނެފައިވަނީ ގިނަ ބޮޑު މަހުގެ ބާވަތްތަކަކީ ނެތިދާނެ ކަމުގެ ބިރު ހީވެފައިވާ ބާވަތްތަކެއް ނޫން ކަމަށެވެ.

ވަރލްޑް ވައިލްޑްލައިފް ފަންޑުން ހާމަކޮށްފައިވާ ގޮތުގައި ދުނިޔޭގައި ދިރިއުޅޭ އެންމެ ބޮޑެތި ބޮޑުމަހުގެ 13 ބާވަތުގެ ތެރެއިން 6 ބާވާތަކީ ނެތިދާނެ ކަމުގެ ބިރު ހީވެފައިވާ ބާވަތްތަކެވެ.

އެ ގައުމުން މިހާރުވަނީ އިންޓަނޭޝަނަލް ވޭލިން ކޮމިޝަން (އައި.ޑަބްލިޔު.ސީ) އިން ވަކިވާން ނިންމާފައެވެ.

މި އަހަރު ޖުލައި މަހުން ފެށިގެން ބޮޑުމަސް ބާނަން ފަށާނެ ކަމަށް މިދިޔައަހަރުގެ ޑިސެމްބަރު މަހު ޖަޕާނުން އިއުލާނު ކޮށްފައިވާއިރު ޖުލައި މަހުގެ ފުރަތަމަ ދުވަހު އެ ގައުމުން ވަނީ 227 ބޮޑުމަސް ހިފުމުގެ ހުއްދަދީ ފުރަތަމަ އުޅަނދު މަހަށް ފުރުވާފައެވެ.

އައިޑަބްލިޔުސީއިން ވަކިވާން ނިންމީ، އެ ގައުމު އިސްވެ އޮވެ ބޮޑުމަހުގެ ވިޔަފާރި ކުރުން މަނާކޮށްފައިވާތާ, 32 އަހަރު ވީ ގަވައިދު އުވާލަން އައިޑަބްލިޔުސީއަށް ހުށައެޅި ހުށައެޅުމަށް ނޫނެކޭ ބުނިތާ ތިން މަހަށް ވުރެން ގިނަ ދުވަސް ވެފައި ވަނިކޮށެވެ.

ޖަޕާނުން ބުނެފައިވަނީ ވިޔަފާރީގެ ބޭނުމަށް ބޮޑުމަސް ބާނާނީ ހަމައެކަނި އެ ގައުމުގެ ކަނޑުގެ ސަރަހައްދުން އެކަނި ކަމަށެވެ.

2014 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ވަނީ އެންޓާޓިކް ކަނޑުގައި ޖަޕާނުގެ މަސް ބޯޓުތަކުން ސައިންސް ދިރާސާތައް ކުރުމުގެ ބޭނުމުގައި ކަމަށް ބުނެ ކުރަމުން ދިޔަ ބޮޑުމަހުގެ މަސްވެރިކަން ހުއްޓުވާފައެވެ. އެ ކޯޓުން ބުނެފައިވަނީ ޖަޕާނަށް ސައިންޓިފިކް ދިރާސާއަށް ދޫކޮށްފައިހުރި ހުއްދަތައް ބޭނުން ކުރަމުން ދިޔައީ އެ ބޭނުމުގައި ނޫން ކަމަށެވެ.

ކޯޓުގެ މި ނިންމުމާއި ގުޅިގެން ޖަޕާނުން އެއް އަހަރު ދުވަހަށް މި މަސައްކަތް ހުއްޓާލުމަށް ފަހު ވަނީ، 2015 ވަނަ އަހަރު އަނެއްކާ ބޮޑު މަސް ބާނަން ފަށާފައެވެ. ޖަޕާނުން ބުނެފައިވަނީ އެ މީހުން މަސް ބޭނީ ލިބިފައިވާ ކޯޓާގައިވާ 333 ބޮޑު މަހުގެ އަދަދަށް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާގައި އަނެއްކާވެސް ރަހުމުކުޑަ ރޭޕްގެ މައްސަލައެއް!

އިންޑިއާގައި އަނެއްކާވެސް ރަހުމުކުޑަ ރޭޕްގެ މައްސަލައެއް!

15 މެއި 2017
އުތުރު ކޮރެއާ އިން އަނެއްކާވެސް އެމެރިކާ ރައްޔިތަކު ހައްޔަރުކޮށްފި

އުތުރު ކޮރެއާ އިން އަނެއްކާވެސް އެމެރިކާ ރައްޔިތަކު ހައްޔަރުކޮށްފި

08 މެއި 2017
ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް

ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް

20 އެޕްރީލު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް

13 މާރިޗު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު