Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބާ ކައުންސިލް އިންތިހާބު

ޖުލައި 13 ވަނަ ދުވަހު އޮންނަ ބާ ކައުންސިލްގެ އިންތިހާބުގައި ކުރިމަތިލާން ހުޅުވާލައިފި

1 ޖުލައި 2019 | ހޯމަ 13:17

ބާ ކައުންސިލުގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން އިތުރު ހަ މެމްބަރެއް

އަމަން ހަލީމް
އަމަން ހަލީމް | 1 ޖުލައި 2019 | ހޯމަ 13:17
ޤާނޫނީ ވަކީލުންތަކެއް ހުވާކުރަނީ

ޤާނޫނީ ވަކީލުންތަކެއް ހުވާކުރަނީ

ބާ ކައުންސިލްގެ އިންތިހާބު މި މަހުގެ 13 ވަނަ ދުވަހު ބާއްވަން ނިންމައި، މަގާމުތަކަށް ކުރިމަތިލާން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 12 ވަނަ ޖަލްސާގައި ފާސްކުރި ގާނޫނީ ފަންނުގެ ބިލްގައިވާ ގޮތުން ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން އިތުރު ހަ މެމްބަރެކެވެ. އިންތިހާބު ކުރެވޭ މަގާމުތަކަށް ބޭފުޅުން ހޮއްވަވާނީ ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ މެދުގައި ނެގޭ ވޯޓަކުންނެވެ.

Advertisement - newsAdvertisement

އިލެކްޝަންސް ކޮމިޝަނުން ބާ ކައުންސިލްގެ އިންތިހާބު ބާއްވަން ނިންމީ، ގާނޫނީ ފަންނުގެ ބިލުގެ އެގާރަ ވާނަ މާއްދާގެ (ށ) ގައި ބުނާ ގޮތުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް އިންތިޚާބުކުރެވޭ ރައީސާއި، ނައިބު ރައީސާއި، ޤާނޫނީ ވަކީލުން އިންތިޚާބުކުރުމަށް ބާއްވާ ފުރަތަމަ އިންތިޚާބު ބާއްވަން ޖެހޭނީ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އުޞޫލަކުން، އެ ކޮމިޝަނުގެ ފަރާތުން ކަމަށް ބަޔާންކޮށްފައި އޮތުމުންނެވެ. އެ ގާނޫނަށް އަމަލުކުރަން ފަށާތާ 21 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ލާޒިމްކޮށްފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނުގައި ވަނީ ބިލްގައިވާ ގޮތަށް، އެ މަގާމުތަކަށް ކުރިމަތިލައްވާ ބޭފުޅުންގެ ހުންނަން ޖެހޭ ޝަރުތުތައްވެސް ހިމަނާފައެވެ. އެގޮތުން ރައީސާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެވެނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާތާ ދިހަ އަހަރު ވެފައިވާ ފަރާތްތަކަށެވެ. އަދި އެގްޒެކެޓިވް ކޮމިޓީއަށް ކުރިމަތިލައްވާ ބޭފުޅުންނަކީ ފަސް އަހަރު މަދުވެގެން ވަކީލުކަން ކުރައްވާފައިވާ ބޭފުޅުން ކަމުގައިވެސް ބަޔާންކޮށްފައިވެއެވެ.

އިންތިހާބާއި ގުޅޭ މައުލޫމާތު ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ވަކީލުންގެ ލިސްޓް އަދި އާންމު ކުރެވިފައި ނުވަނީ އަދިއްތަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާ ވަކީލުންގެ ލިސްޓްގުގައި ބައެއް މައުލޫމާތުގެ ކުށް ހުރުމުން ކަމަށެވެ. އަދި އެ މައުލޫމާތު ސައްޚަ ކުރުމަށްފަހު އަންގާރަ ދުވަހު އިއުލާން ކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އިންތިޙާބަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ ވަކީލުން ބައިވެރިވާ އިންތިޚާބަކަށް ވާތީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވޯޓް ފޮށި ބަހައްޓާނެ ކަމަށާއި ރީ ރެޖިސްޓްރޭޝަން ކުރުމަށްޓަކައި ފަސް ވަކީލުނަނަށް ވުރެ ގިނަ ވަކީލުން ކުރިމަތި ލައްވަފައިވާ ރަށްތަކުގައި ވޯޓް ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފަސް ވަކީލުނަށްވުރެ މަދުން ރަޖިސްޓްރީވެފައި ވާނަމަ ވޯޓު ލާނެއް ތަނެއް ކަނޑައަޅާނީ ކޮމިޝަނުންކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ މި އިންތިޚާބަކީ އެއްވެސް ވަރަކަށް ޝެޑިއުލް ކުރެވިފައިވާ އިންތިޚާބަކަށް ނުވާތީ މިކަމަށް ހިނގާނެ ބަޖެޓް ތައްޔަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަންގާރަ ދުވަހު ފިނޭންސް މިނިސްޓްރީއަށް ފޮނުވާލެވޭ ވަރު ވާނެ ކަމަށް ވިދާޅުވިއެވެ. އަދި ބަޖެޓް ގާތްގަޑަކަށް 2 މިލިއަން ރުފިޔާއަށް އަރާނެކަމަށް ޝަރީފް ވިދާޅުވި އެވެ.

ބާ ކައުންސިލްގެ މަގާމުތަކަށް ކުރިމަތިލެއްވުމުގެ ސުންގަޑިއަކީ ޖުލައި މަހުގެ ފަސްވަނަ ދުވަހުގެ 5:00 އެވެ. އިންތިހާބުގެ ރަސްމީ ނަތީޖާ ޖުލައި މަހުގެ 14 ވަނަ ދުވަހު އިއުލާން ކުރާނެކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބަޔާންކޮށްފައިވެއެވެ.

މިހާތަނަށް ބާ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައި ވަނީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު އެކަންޏެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް