Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިިދޭސީންގެ މައްސަލަ

ކުރީގެ ސަރުކާރުން ހުޅުމާލޭގައި ހިންގި ގިނަ ޕްރޮޖެކްޓު ތަކަކީ ހަމައެކަނި ކަރުދާސް ޕްރޮޖެކްޓްތަކެއް: މެމްބަރު އިބްރާހިމް ރަޝީދު

ފާއިތުވި ސަރުކާރުގެ ގިނަ ޕްރޮޖެކްޓުތައް ފަށާފައިވަނީ ވަކި ބޭނުމެއް ހާސިލު ކުރުމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 ޖުލައި 2019 | ހޯމަ 06:18
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދް

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދް

ރައީސް ޔާމީނު ސަރުކާރުން ހުޅުމާލޭގައި ހިންގި ގިނަ ޕްރޮޖެކްޓު ތަކަކީ ހަމައެކަނި ކަރުދާސް ޕްރޮޖެކްޓްތަކެއް ކަމަށާއި އޭގެ ދަށުން ކުރެވުނު މަސައްކަތެއް ފެންނަން ނެތް ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ރާއްޖޭގައި ބިދޭސީންގެ މައްސަލަ ހައްލު ކުރުމާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިބްރާހިމް ރަޝީދު ވިދާޅުވީ، ފާއިތުވި ސަރުކާރުގެ ގިނަ ޕްރޮޖެކްޓުތައް ފަށާފައިވަނީ ވަކި ބޭނުމެއް ހާސިލު ކުރުމަށް ކަމަށާއި، ޕްރޮޖެކްޓުތައް މެދުވެރިކޮށް ބިދޭސީންގެ ކޯޓާ ހޯދުމަށް ފަހު އެ ޕްރޮޖެކްޓުތައް ކުރިއަށް ނުގެންދާ ކަމަށެވެ.

އޭގޮތުން ފަށާފައި ނުނިމި ހުރި ގިނަ ޕްރޮޖެކްޓުތައް މިހާރުވެސް ހުޅުމާލެއިން ފެންނަން ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

މެމްބަރު ރަޝީދު އިތުރަށް ވިދާޅުވީ، އެއްވެސް ލިއެކިއުމެއް ނެތް ބިިދޭސީން ރާއްޖޭގައި ވަރަށް ގިނަ އަދަދަކަށް އުޅޭ ކަމަށާއި، އެއީ އިންސާނީ ވަގުވިޔަފާރިއެއްގެ ގޮތުން ފުޅާ ދާއިރާއެއްގައި ކުރިއަށްދާ ކަމެއް ކަަމަށެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ގިނަ ބަޔަކު އެދެމުންދާއިރު، މިހާރުވެސް ގަވާއިދާއި ޚިލާފަށް 200 އަށް ވުރެ ގިނަ ތަންތަނުގައި ބިދޭސީން ވިޔަފާރިކުރަމުން އަންނަ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައިވެ އެވެ. އޭގެ އިތުރުން، ރާއްޖޭގައި މިހާރު ވެސް 250،000 ބިދޭސީން މަސައްކަތް ކުރަމުންދާ ކަމަށާއި، އޭގެ ތެރޭގައި ގަވައިދާއި އެއްގޮތަށް އަދި ގަވައިދާއި ހިލާފަށް މަސައްކަތް ކުރާ ބިދޭސީން ވެސް ހިމެނޭ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވެސް ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު