Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލުތުފީ ރާއްޖެ ގެނައުން

ލުތުފީ ރާއްޖެ ގެނައުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކުރިން ނޭޅި ސަބަބު ތަހުޤީޤު ކޮށްދިނުމަށް ފުލުހުން އެދިއްޖެ

ގާނޫނީ އިމުގެ ތެރެއިން ލުތުފީ ގެނައުމުގެ މަސައްކަތް ވަނީ ފަށާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 30 ޖޫން 2019 | އާދީއްތަ 12:30
އުދުވާނީ ހަމާލާގެ މޭސްތިރިޔާ ހ. ހާޖަރާގެ އަބްދުﷲ ލުތުފީ

އުދުވާނީ ހަމާލާގެ މޭސްތިރިޔާ ހ. ހާޖަރާގެ އަބްދުﷲ ލުތުފީ

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގެ އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކުރިން ނޭޅި ސަބަބު ތަހުޤީޤުކޮށްދިނުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އެދިއްޖެއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބުނީ 2012-2016 އާ ދެމެދު ތަފާތު އެކި ފަހަރުމަތިން ލުތުފީ ފިލައިގެން އުޅުނު ތަންތަނާ ބެހޭ މައުލޫމާތު އޭރުގެ ސަރުކާރުތަކަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އޭރުގެ ސަރުކާރުން ލުތުފީ ގެނައުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށް ފުލުހުން ބުންޏެވެ.

Advertisement - newsAdvertisement

އެ ސަރުކާރުން ލުތުފީ ގެނައުމަށް އެއްވެސް މަސައްކަތެއްކޮށްފައިނުވާތީ ކޮމިޝަނަރ އޮފް ޕޮލިސް އެ މައްސަލަ ޖޫން 27 ވަނަ ދުވަހު ފުލުހުންގެ ޕްރޮފެޝަނަލް ސްޑޭންޑަރޑްސް ކޮމާންޑަށް ރަސްމީކޮށް ތަހުޤީޤުކޮށްދިނުމަށް ލިޔުމުން އަންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުންގެ ޕްރޮފެޝަނަލް ސްޑޭންޑަރޑްސް ކޮމާންޑްގެ ފަރާތުން އެ މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ލުތުފީ ރާއްޖެ ގެނައުމަށްޓަކައި ލަންކާގެ ކަމާބެހޭ ފަރާތްތަކުގައި ދަންނަވާފައިވާ ކަންކަމަށް އަވަސް ފިޔަވަޅެއް އަޅުއްވައި ދެއްވުމަށް ފުލުހުންނާއި އޮންނަ ގުޅުމުގެ ތެރެއިން ސްރީލަންކާގެ ޕޮލިސް ފޯރސްގެ އެކްޓިންގ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް ސީ.ޑީ ވިކްރަމަރަތުނަ އާއި ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް ރަވީ ސެނަވިރަތުނައަށް ފޯނުން އަދި ސިޓީން އެކި ފަހަރުމަތިން މުއާމަލާތް ކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ލުތުފީ ކައިރީގައި މިހާރު ވެސް ފުލުހުންގެ ޓީމެއް ސްރީލަންކާގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭރުގެ ކުލީ ސިފައިން ރާއްޖެ ގެނެސްގެން ދިން ރަހުމްކުޑަ އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދު ކޮށްލިއެވެ. ލުތުފީ އިސްކޮށް ހުރެ މިހަމަލާއާ ގުޅިގެން ލުތުފީ މަރަން ހުކުމްކުރި އެވެ. ނަމަވެސް އޭރުގެ ސަރުކާރުން އޭނާގެ އަދަބު ލުއިކޮށްދެއްވައި އުމުރު ދުވަހުގެ ޖަލުހުކުމަކަށް ބަދަލުކުރިއެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގެ ބޭސްފަރުވާއަށް ފޮނުވުމުން އޭނާ ފިލިއެވެ. އެގޮތުން ނިމިދިޔަ ސަރުކާރުން ވެސް އޭނާ ހޯދުމުގެ މާބޮޑު މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމް ކަމަށް ބަލަނީ 25 އަހަރު ކަމަށް ވާތީ ލުތުފީއާ އެކު މިރަހުމްކުޑަ ހަމަލާގައި ދެން އެންމެ އިސްކޮށް އުޅުނު ސަގަރު އަހުމަދު ނާސިރު ވަނީ ޖަލު ހުކުމުގެ މުއްދަތު ހަމަވެގެން މިނިވަން ކޮށްފައެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު