Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނައިބު ރައީސް

ދިވެހި ގައުމަށް ހަރުދަނާ ޒުވާނުން ބޭނުންވޭ: ނައިބު ރައީސް

28 ޖޫން 2019 | ހުކުރު 07:14

ވަރަށްގިނަ އަދަދަކަށް ހޮސްޕިޓާލިޓީ އިންޑަސްޓްރީގައި މަސައްކަތް ކުރާނެ ރަނގަޅު މީހުން ބޭނުން

މުހައްމަދު ލިސާން
މުހައްމަދު ލިސާން | 28 ޖޫން 2019 | ހުކުރު 07:14
ޔުނިވަރސަލް ފައުންޑޭޝަންގެ ފަރާތުން ހިންގި \"ޑިސްކަވަރ ހޮސްޕިޓާލިޓީ\" ޕްރޮގްރާމުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ހަފްލާގެ ތެރެއިން

ޔުނިވަރސަލް ފައުންޑޭޝަންގެ ފަރާތުން ހިންގި \"ޑިސްކަވަރ ހޮސްޕިޓާލިޓީ\" ޕްރޮގްރާމުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ހަފްލާގެ ތެރެއިން

ދިިވެހި ޤައުމަށް ހަރުދަނާ ޒުވާނުން ބޭނުންވާ ކަމަށާއި، މާދަމާ ޤައުމު މިއަށްވުރެ ރަނގަޅަށް ހިންގުމަށްޓަކައި، އެކި ފަންނުތަކުގެ މަސައްކަތްތެރި ހުނަރުވެރި ޒުވާނުން، ބޭނުންވާކަމަށް ރައީސުލް ޖުމުހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބް ރައީސް މިހެން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ޔުނިވަރސަލް ފައުންޑޭޝަންގެ ފަރާތުން ހިންގި "ޑިސްކަވަރ ހޮސްޕިޓާލިޓީ" ޕްރޮގްރާމުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިތުރަށް ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މުޅި ދިވެހިރާއްޖެއަށް ވިސްނިކަމުގައި ވީނަމަވެސް ފެންނަނީ ޓޫރިޒަމް ދާއިރާކަމަށާއި، އަދި ވަރަށްގިނަ އަދަދަކަށް ހޮސްޕިޓާލިޓީ އިންޑަސްޓްރީގައި މަސައްކަތް ކުރާނެ ރަނގަޅު މީހުން ބޭނުންވާކަމަށެވެ.

މީގެއިތުރުން ނައިބް ރައީސް ފައިސަލް ވިދާޅުވީ، ދިވެހިން ބޭނުންވާ ކަހަލަ މޯލްޑިވިއަން ހޮސްޕިޓާލިޓީގެ ޚިދުމަތް ހިނިތުންވުމާއެކު ދޭވޭނީ ގިނަ އަދަދަކަށް ދިވެހިން މި ދާއިރާއިން ތައްޔާރުކޮށްގެންކަމަށާއި، ޓޫރިޒަމް ދާއިރާއަށް ޔުނިވަރސަލް ގުރޫޕުން، ޔުނިވަރސަލް ފައުންޑޭޝަނުން ކުރަމުންގެންދާ މަސައްކަތް ފާހަގަކޮށް، މުޅި ދިވެހި ސަރުކާރުގެ ނަމުގައި އަދި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި ޗެއަރމަން މުޙައްމަދު ޢުމަރު މަނިކަށް ވަރަށް އިޚްލާޞްތެރިކާމާއެކު ޝުކުރު ދަންނަވާކަމަށެވެ.

ކަންތައްތަކެއް ދަސްކުރަން ކުރިމަތިލާއިރު ވަރުގަދަ އަޒުމެއް ހިތުގައި ބަހައްޓަންޖެހޭނެކަމަށާއި އެއްވެސް ކަމަކީ އެކަމަށް ދޭންވާ ސަމާލުކަން ނުދެވިއްޖެނަމަ ކާމިޔާބުވާނެ ކަމެއްނޫންކަމަށް ނައިބް ރައީސް ވިދާޅުވިއެވެ. އަދި ކާމިޔާބު މީހަކަށް ވުމަށްޓަކައި މީހާ ހަރުދަނާވާން ޖެހޭނެކަމާއި، އެހެން މީހުންނަށް ނަމޫނާ ދައްކަންޖެހޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަކިން ޚާއްޞަކޮށް، ދިވެހި ސަރުކާރުން އަބަދުވެސް ބަލަމުންދާނީ ތަޢުލީމީ ދާއިރާ އަދި މަސައްކަތްތެރިން އުފެއްދުމުގެ ދާއިރާއަށް ހުޅުވެން ހުރި ހުރިހާ ދޮރުތަކެއް ހުޅުވުމަށްކަމަށާއި ތަޢުލީމީ ދާއިރާއަށް ދުވަހަކުވެސް ހޭދަނުކުރާ މިންވަރަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ހޭދަތައް ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން ތަޢުލީމީ ދާއިރާގައި ޒުވާނުންނާއި ދިވެހި ރައްޔިތުންނަށް ހުޅުވާފައި ހުރި އެއްވެސް ދޮރެއް ބަންދެއް ނުކުރައްވާނެކަށާއި އަދި ތަޢުލީމު ދިނުމުގައި، އަމިއްލަ ފަރާތްތަކަށް ދިމާވެފައި ހުރި ގޮންޖެހުންތަކާއި ތަޢުލީމާއި ތަމްރީން ދިނުމުގައި، ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި ދިވެހި ސަރުކާރުން އެ ފަރާތްތަކާ ވަރަށް ގާތުން މަސައްކަތް ކުރަމުންގެންދާނެ ކަމަށްވެސް ނައިބް ރައީސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް