Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގެއްލުވާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާން

މާނިއު އެންއައިސީއަށް ޢައްޔަނު ކުރުމާއި ދެކޮޅަށް ރިލްވާނުގެ އާއިލާއިން ތެދުވެއްޖެ

މާނިއުވެސް ކުރިމަތިލައްވައި ކޮމިޓީ މަރުހަލާއިން 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބުނު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 ޖޫން 2019 | ބުރާސްފަތި 08:43
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ޔޫސުފް މާނިއު މުހައްމަދަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަތްކޮޅު އަރުއްވަނީ

ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ޔޫސުފް މާނިއު މުހައްމަދަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަތްކޮޅު އަރުއްވަނީ

ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ޔޫސުފް މާނިއު މުހައްމަދު ކޮމިޝަނަށް އަލުން އައްޔަނު ކުރުމާ ދެކޮޅަށް، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނުގެ އާއިލާއިން ތެދުވެއްޖެއެވެ.

އެންއައިސީގެ މެމްބަރު ކަމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން މާނިއު ވެސް ކުރިމަތިލައްވައި ކޮމިޓީ މަރުހަލާއިން 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބުނު 4 މީހުންގެ ތެރޭގައި ހިމެނިފައިވާއިރު، އެކަމާ ގުޅޭގޮތުން ރިލްވާނުގެ އާއިލާއިން ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުޤައްރިރަށް ސިޓީއެއް ފޮނުވާފައެވެ.

އެ ސިޓީގައި ރިލްވާނުގެ ދައްތަ ފާތިމަތު ޝެހެނާޒް ބުނެފައިވަނީ، ޔޫސުފް މާނިއު ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަންގެ ރައީސް ކަމުގެ މަޤާމުގައި ހުންނެވިއިރު ރިލްވާން ގެ މައްސަލަ ބެލުމުގައި ފުލުހުންގެ އިހުމާލެއް ވާކަމަށް އާއިލާއިން ދެކޭތީ އެކަން ބަލައިދިނުމަށް އެދި ހުށަހެޅުމުން ވެސް އެކަން ބެލުމަށް ނުކުޅެދިފައިވާ ކަމަށާއި، ރިލްވާން ގެއްލުވާލުމާއި ގުޅިގެން ހިންގި ޖިނާއީ ތަޙްޤީޤުގައި ހިމެނޭ އެއްފަރާތް ކަމުގައިވާ ސ. ހުޅުދޫ އަތިރީއާގޭ މުޙައްމަދު ސުއައިދު އަކީ މާނިއު އާއި ޢާއިލީގޮތުން ގުޅިފައިވާފަރާތެއް ކަމަށްވުމާއެކު އެ މައްސަލަ ދެން ވެސް އިންސާފުވެރިކޮށް ނިންމިދާނޭ ކަމަކަށް ޤަބޫލުނުކުރާ ކަމަށެވެ. އަދި އެ މައްސަލަ ހުށައެޅިއިރު ކޮމިޝަންގައި މަސައްކަތްކުރި ރުކްޝާނާ އިބްރާހީމްއަށް ކޮމިޓީ މަރުހަލާއިން އެންމެ ގިނަ މާރކްސް ލިބިފައިވާއިރު، ރިލްވާނުގެ އާއިލާއިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އޭގެ އިތުރުން، ކޮމިޝަނެއް އެކުލަވާލައި، ރިޟްވާން ގެއްލުވާލުމުގެ މައްސަލަ ފުރިހަމައަށް ތަޙްޤީޤުކޮށް ފިޔަވަޅު އަޅާނޭކަމަށް ވަޢުދުވެފައިވަނިކޮށް، ޔޫސުފް މާނިއު ނެޝަނަލް އިންޓަރގްރިޓީ ކޮމިޝަނަށް ޢައްޔަންކޮށްފިނަމަ، އެމުޢައްސަސާގެ މުސްތަޤިއްލުކަމާއި ނަޒާހަތްތެރިކަމާއިމެދު ސުވާލުއުފެދޭނެ ކަމަށް ވެސް ރިލްވާނުގެ އާއިލާއިން ބުނެފައިވެއެވެ.

ރިލްވާނުގެ އާއިލާއިން އެހެން ބުނެފައިވާއިރު، ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ޔޫސުފް މާނިއު މުހައްމަދު ކޮމިޝަންގެ ރައީސްގެ މަގާމުންނާއި މެމްބަރުންގެ މަގާމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ވަކިކުރެއްވީ އެންއައިސީން ކުރިއަށް ގެންދާ ބައެއް ތަހުގީގުތަކަށް ފުލުހުންގެ ބައެއް އިސްވެރިންގެ ފަރާތުން އެއްބާރުލުން ލިބެމުން ނުދާ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު
23 ފެބުރުއަރީ 2017

ރައީސް މައުމޫނާ ދެކޮޅަށް ބަޔާން ދިނުމަށް ޒައިދުއަށް މަޖުބޫރިކުރި މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ރައީސް މައުމޫނާ ދެކޮޅަށް ބަޔާން ދިނުމަށް ޒައިދުއަށް މަޖުބޫރިކުރި މައްސަލަ ބަލަނީ
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު