Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދާންދޫ ކައުންސިލް

ދާންދޫ ރައްޔިތުންގެ ކަންބޮޑުވުންތަކާއި އެކު މިނިސްޓްރީތަކަށް

ދާންދޫ ކައުންސިލުން މިނިސްޓްރީތަކާ އެކު ބައްދަލު ކުރެއްވުން

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 27 ޖޫން 2019 | ބުރާސްފަތި 06:47
ހައުސިން މިނިސްޓްރީއާއި ދާންދޫ ކައުންސިލްގެ މެދުގައި ބޭއްވުނު ބައްދަލުވުން

ހައުސިން މިނިސްޓްރީއާއި ދާންދޫ ކައުންސިލްގެ މެދުގައި ބޭއްވުނު ބައްދަލުވުން

ގއ. ދާންދޫ ރައްޔިތުންގެ ކަންބޮޑުވުންތަކާއި އެ ރަށް ތަރައްގީ ކުރުމަށް ރޭވިފައިވާ މަޝްރޫޢުތަކާއި ބެހޭގޮތުން މިނިސްޓްރީތަކާއި އެކު މަޝްވަރާ ކޮށްފިއެވެ.

އެގޮތުން ދާންދޫ ކައުންސިލުން ވަނީ މިހަފްތާ ތެރޭގައި އެންވަޔަރަމެންޓް މިނިސްޓްރީ،ފިނޭންސް މިނިސްޓްރީ، ފިޝަރީސް މިނިސްޓްރީ އަދި އިސްލާމިކް މިނިސްޓްރީއާއި އެކު ބައްދަލުކޮށްފައި ކަމަށް ދާންދޫ ކައުންސިލްގެ ރައީސް ޢިސްމާއީލް މުހައްމަދު ރާއްޖެ އެމް ވީ އަށް ދެއްވި އިންޓަރވިއުއެއްގައި ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

އަތޮޅުގެ ފަޅުތައް ރިސޯޓު ތަރައްގީ ކުރުމަށް ދޫކުރަމުން ދިއުމުގެ ސަބަބުން މަސްވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ ދާންދޫ ކައުންސިލުން ވަނީ އެންވަޔަރެމެންޓް މިނިސްޓްރީ އަށާއި ފިޝަރީސް މިނިސްޓްރީއަށް އެ ކައުންސިލް ގެ ކަންބޮޑުވުންތައް ފާޅުކުރައްވާފައެވެ. އެގޮތުން އޮޑަގައްލާ ގައި ރިސޯޓެއް ތަރައްގީ ކުރުމާއި ދެކޮޅަށް ނުކުތުމަށް ދެ މިނިސްޓްރީއަށް ވެސް ގޮވާލާފައިވާނެ ކަމަށް ކައުންސިލް ގެ ރައީސް ވަނީ ހާމަ ކުރައްވާފައެވެ. އިސްމާއިލް މުހައްމަދު ވިދާޅުވީ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދެ ސިނާއަތް ކުރިއަރާނޭހެން މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ކައުންސިލްގެ ފަރާތުން އެދިފައިވާނެ ކަމަށެވެ.

މީގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓްރީ އާއި އެކު ބޭއްވުނު ބައްދަލުވުމުގައި ވަނީ އެރަށުގައި ގާއިމް ކޮށްފައިވާ "ވޭސްޓް ބާރނާ" ބޭނުން ނުކުރެވުމުގެ ސަބަބުން ރަށުގެ ކުނި ނައްތާލުމަށް ހުރި ދަތިތައް މިނިސްޓްރީއާއި އެކު ހިއްސާ ކޮށްފައެވެ. އަދި އެ މިނިސްޓްރީ އިން ދާންދޫ އަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ވަރަށް އަވަސް މުސަތްގުބަލެއްގައި ފެށިގެން ދާނެ ކަމަށާއި ދާންދޫ އަށް މިނިސްޓްރީގެ ފަރާތުން ޑަސްބިންތަކެއް ހަދިޔާ ކުރައްވާނޭ ކަމަށް މިނިސްޓްރީއިން ވިދާޅުވިކަމަށް ދާންދޫ ކައުންސިލް ގެ ރައީސް ވަނީ ހާމަ ކުރައްވާފައެވެ.

މިނިސްޓްރީ ތަކާއިއެކު ކުރިޔަށް ގެންދެވުނު ބައްދަލުވުންތަކާއި ގުޅިގެން އިތުރަށް މައުލޫމާތު ދެއްވަމުން އިސްމާއިލް މުހައްމަދު ވިދާޅުވީ ފިނޭންސް މިނިސްޓްރީއާއި އެކު އޮތް ބައްދަލުވުމުގައި ކައުންސިލަށް ދައުލަތުން ދޭ އެހީ ކުޑަވުމުގެ ޝަކުވާ ހުށަހަޅާފައިވާނެ ކަމަށާއި އަދި މިނިސްޓްރީ އިން ވަނީ އަންނަ އަހަރުގެ ބަޖެޓުގައި އެހީ ބޮޑުކުރަން ހިމަނައި އެ މައްސަލަ ހައްލު ކޮށް ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

އަދި ދާންދޫގެ ބޮޑު މިސްކިތް މަރާމާތު ކުރުމަށާއި މިސްކިތުގެ މުވައްޒަފުން އިތުރު ކޮށްދިނުމަށް ވެސް އެދިފައިވާނެ ކަމަށް އިސްލާމިކް މިނިސްޓްރީއާއެކު ކުރެވުނު މަޝްވަރާގައި ދަންނަވާފައިވާނެ ކަމަށް އިސްމާއިލް މުހައްމަދު ވިދާޅުވިއެވެ. އަދި މިސްކިތުގައި ފެށި ގުރުއާން ކްލާސް ވަނީ މިހާރު މެދު ކެނޑިފައި ކަމަށާ ނަމަވެސް އިސްލާމިކް މިނިސްޓްރީގެ އެއްބާރުލުމާއި އެކު ކްލާސްތައް ފަށަން ގަސްތު ކުރާ ކަމަށް ވެސް ދާންދޫ ކައުންސިލްގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ދާންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ އެ ރަށުގެ ކައުންސިލް ގެ އެންމެ ބޮޑު އެދުމަކީ އެ ރަށަށްޓަކައި ސަރުކާރުން ކުރައްވާ ކޮންމެ ކަމެއްގައި ކައުންސިލްގެ ހިއްސާ އޮންނާނޭހެން މަޝްރޫޢުތައް ކުރިއަށް ގެންދިއުމެވެ. ދާންދޫ ކައުންސިލާއި މިނިސްޓްރީތަކުގެ މެދުގައި ބޭއްވޭ ބައްދަލުވުންތަކުގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވެސް ވަނީ ބައިވެރިވެލައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު