Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަބްދުﷲ ލުތުފީ

ލުތުފީގެ މައްސަލާގައި ރައްޔިތުންގެ ކިބައިން މާފަށް އެދެން ޕީއެންސީން ގޮވާލައިފި

ފޮރިން މިނިސްޓްރީން ނެރުނީ ތާކުންތާކު ނުޖެހޭ ބަޔާނެއް ކަމަށް ބުނީ

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 27 ޖޫން 2019 | ބުރާސްފަތި 03:28
އަބްދުﷲ ލުތުފީ

އަބްދުﷲ ލުތުފީ

ބޭރުގެ ކުލީ ސިފައިން ގެނެސް ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގެ އަބްދުﷲ ލުތުފީ ފޮރުވައިގެން ސަރުކާރުން ޖަރީމާތައް ހިންގާފައިވާ ކަމަށް ބުނެ ރައްޔިތުންގެ ކިބައިން މާފަށް އެދެން އިދިކޮޅު ޕީޕިލް ނެޝަނަލް ކޮންގްރެސް (ޕީއެންސީން ) އިން ސަރުކާރަށް ގޮވާލައިފިއެވެ.

ބުރާސްފަތި ދުވަހު ޕީއެންސީން ނެރެފައިވާ ބަޔާނެއްގައި ބުނީ، ދިވެހި ސަރުކާރުން މިމައްސަލައިގައި ރައްޔިތުންނަށް އޮޅުވާލުންތަކެއް އޮޅުވާލައި، ގަސްތުގައި ލުޠުފީ ފޮރުވައިގެން ގެންގުޅެފައިވާކަން ހާމަކަންބޮޑު ގޮތެއްގައި އެނގެން އޮތް ހަގީގަތެއް ކަމަށެވެ.

Advertisement - newsAdvertisement

ޕީއެންސީން އިތުރަށް ބުނީ، ލުޠުފީގެ މައްސަލައާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނަކީ އެއްވެސް ތާކުން ތާކުޖެހޭ ބަޔާނެއް ނޫންކަމަށެވެ.

ފޮރިން މިނިސްޓްރީން ބުދަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ފާއިތުވި ސަރުކާރުން ރާއްޖެ ކޮމަންވެލްތުން ވަކިވުމަށް ނިންމުމާ ގުޅިގެން، ރާއްޖެއާއި ލަންކާ ސަރުކާރާ ދެމެދު ވެފައިވާ ކުށްވެރިން އަނބުރާ ފޮނުވާލުމުގެ އެއްބަސްވުމުގެ ސައްހަކަމާމެދު ސުވާލު އުފެދިފައިވާކަމަށެވެ. ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީއާ ޙަވާލުވި ދުވަސްވަރަކީ އީސްޓަރ ބޮމިންގގެ ހިތާމަވެރި ހާދިސާއާ ދާދި އެއްދުވަސްވަރެއް ކަމަށް ވުމީ، މިކަމުގައި ދިމާވި އިތުރު ހުރަހެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އެކަމަކު ޕީއެންސީން ބުނީ، ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވެފައި އޮތުމަކީ ރާއްޖެއާއި ސްރީލަންކާއާއި ދެމެދު ވެފައިވާ އެއްވެސް ބައިލެޓްރަލް އެގްރީމަންޓަކަށް އޭގެ ސަބަބުން ބުރޫއަރާނެ ކަމެއް ނޫން ކަމަށެވެ. އަދި ޚާއްޞަކޮށް ދެޤައުމުގެ ދެމެދުގައި ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމަކާ ކޮމަންވެލްތުގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ ނެތުމަކާ އެއްވެސް ގުޅުމެއްނެތް ކަމަށް ވެސް ޕީއެންސިން ބުންޏެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު