Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްތުވާތަކެތި ނައްތާލުން

މިއަދުން ފެށިގެން އަތުލެވޭ މަސްތުވާ ތަކެތި އެއްމަސް ދުވަސްތެރޭ ނައްތާލެވޭނެ: ސީޕީ

26 ޖޫން 2019 | ބުދަ 14:40

ނައްތާލާފައިވަނީ 416.9 ކިލޯގެ މަސްތުވާ ތަކެތި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 26 ޖޫން 2019 | ބުދަ 14:40
މަސްތުވާ ތަކެތި ނައްތާލަނީ

މަސްތުވާ ތަކެތި ނައްތާލަނީ

މިއަދުން ފެށިގެން އަތުލެވޭ މަސްތުވާ ތަކެތި ކޭސްފައިލް ކުރެވޭ ހިސާބުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި ޤާނޫނީ ގޮތުން ބަހައްޓަން ލާޒިމް ކުރާ އަދަދު ބެހެއްޓުމަށް ފަހުގައި ނައްތާލެވޭނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ރަސްމީ އިދާރާތަކުގެ ކަމާއި ބެހޭ ބޭފުޅުންނާއި މީޑިއާ އަދި އާންމު ފަރާތްތަކަށް ދައުވަތު ދީގެން ގިނަ އަދަދެއްގެ މަސްތުވާ ތަކެތި ނައްތާލުމަށް ދޫނިދޫގައި ބުދަ ދުވަހު ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަމުން ހަމީދު ވިދާޅުވީ ބުދަ ދުވަހު ނައްތާލެވިފައި މިވަނީ 2014 ވަނަ އަހަރުގެ ޖެނުއަރީމަހުން ފެށިގެން 2019 ވަނަ އަހަރުގެ ޖޫން މަހާއި ހަމައަށް ތަފާތު 3165 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ މަސްތުވާތަކެތީގެ ތެރެއިން 416.9 ކިލޯގެ މަސްތުވާ ތަކެތި ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ވެސް 2014 ގެ ފަހަތަށް 2009 އަކާއި ހަމައަށް ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލަން ޖެހޭ ކަމަށް ވަނީ ފާހަގަ ކުރައްވާފައެވެ.

އަދި މިތަކެތި އޮޑިޓް ހަދަމުންދާ ކަމަށާއި ވީހާ ވެސް އަވަހަކަށް އެތަކެތި ނައްތާލެވެވޭނެ ކަމަށް ހަމީދު ވިދާޅުވިއެވެ.

މިއީ މަގުމަތީގެ އަގަށް ބަލައިފިނަމަ ގާތްގަނޑަކަށް 414 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަމަށް ސީޕީ ވިދާޅުވިއެވެ.

ބުދަ ދުވަހު ނައްތާލެވުނު މަސްތުވާތަކެތީގެ ތެރޭގައި ބޮޑެތި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ މަސްތުވާތަކެތި ހިމެނޭ ކަމަށް ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ.

އެގޮތުން 2019 ވަނަ އަހަރުގެ އެޕްރީލް މަހުގެ 28 ވަނަ ދުވަހު ގދ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ގދ. ހުޅުވާރުލުން ހޯދުނު 149 ކިލޯގެ މަސްތުވާތަކެއްޗާއި، 2019 ވަނަ އަހަރުގެ މެއި މަހުގެ 06 ވަނަ ދުވަހު އީރާންގެ ބޯޓެއް ކަމަށްވާ ނަސީރު ބޯޓުން އަތުލައިގަނެވުނު 50 ކިލޯގެ މަސްތުވާތަކެއްޗާއި 2016 ވަނަ އަހަރުގެ ޖޫން މަހުގެ 06 ވަނަ ދުވަހު ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 29 ކިލޯގެ މަސްތުވާ ތަކެއްޗާއި އަދި 2014 ވަނަ އަހަރު މާރޗް މަހުގެ 11 ވަނަ ދުވަހު އީރާންގެ ބޯޓެއް ކަމަށްވާ "ފޮރުމޯޒު" އިން ރާއްޖެއަށް އެތެރެކުރަން އުޅުނު 24 ކިލޯގެ މަސްތުވާތަކެތި ހިމެނެއެވެ.

މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ހުށަހެޅޭ މަސްތުވާ ތަކެޓީގެ މައްސަލަ ތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ މަސްތުވާ ތަކެތި ނައްތާލުމަށް ހަމަޖެހިފައިވަނީ "މަސްތުވާތަކެއްޗާއި ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާއި މެދު އަމަލުކުރާނެ ގޮތުގެ ޤަވާއިދު" ގެ ދަށުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެގޮތުން މަސްތުވާ ތަކެތި ނައްތާލާފައިވަނީ ޕްރޮސިކިއުޓަރޖެނެރަލް އެކުލަވާލާ ފަސް މެންބަރުން ހިމެނޭ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

މި ކޮމިޓީގައި ހިމެނެނީ ޕްރޮސެކިއުޓަރ ޖެނެރަލް ކަނޑައަޅާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތަކާއި، ކޮމިޝަނަރ އޮފް ޕޮލިސް ކަނޑައަޅާ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތަކާއި، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ކަނޑައަޅާ މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ ފަރާތަކާއި ނެޝަނަލް ޑްރަގް އެޖެންސީގެ ބޯޑުން ކަނޑައަޅާ ނެޝަނަލް ޑްރަގް އެޖެންސީގެ ފަރާތަކާއި އަދި މަސްތުވާތަކެއްޗާއި ދެކޮޅަށް ހިލޭ ސާބަހަށް މަސްކަތް ކުރާ ޖަމުއިއްޔާއެއްގެ ހިންގާ ކޮމިޓީގެ މެންބަރެކެވެ.

މި ކޮމިޓީގެ ބެލުމުގެ ދަށުން ނައްތާލާފައިވާ މަސްތުވާ ތަކެއްޗަކީ ޝަރިއަތުގެ އެކި މަރުހަލާތައް ނިމިފައިވާ މައްސަލަތަކުގައި ހިފެހެއްޓިފައިވާ މަސްތުވާތަކެއްޗާއި ޝަރިއަތުގެ މަރުހަލާގައިވާ މައްސަލަތަކުގައި ހިފެހެއްޓިފައިވާ މަސްތުވާ ތަކެތިގެ ބަރުދަނަށް ބަލައި މަސްތުވާ ތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ކުރެވޭ މިންވަރު ދެގުނަ ބެހެއްޓުމަށް ފަހު ބާކީ މަސްތުވާ ތަކެއްޗާއި، އަދި ތުހުމަތުކުރެވޭ ފަރާތެއް ނެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ މަސްތުވާތަކެތި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ ތަކުގައި މިހާރު އިތުރަށް ބެހެއްޓިފައި ހުންނާނީ ޤާނޫނީ ގޮތުން ލާޒިމް ކުރާ އެންމެ މަދު މިންވަރުގެ މަސްތުވާ ތަކެތި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ހަރަކާތް ބައްލަވައިލެއްވުމަށް ނައިބް ރައީސް ފައިސަލް ނަސީމް އާއި ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް އާއި ހޯމް މިނިސްޓަރ އިމްރާން އަބްދﷲ އަދި ސީޕީ ހަމީދު ގެ އިތުރުން ވެސް ސަރުކާރުގެ ބައެއް ވަޒީރުންނާއި އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރު ތެރޭގައި މަސްތުވާ ތަކެތި ނައްތާލުން ގޮސްފައިވަނީ ތަންކޮޅެއް ސްލޯކޮށް ކަމަށެވެ.

އަދި ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ރާއްޖޭގައި މަސްތުވާތަކެތީގެ ޝިކާރައަކަށް ވަމުންދާ ޒުވާން ޖީލް އެކަމުން ސަލާމަތް ކުރުމަށް ހެޔޮ ބަދަލެއް ގެނެވިގެން ދާނެ ކަމަށް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި
07 ފެބުރުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

07 ފެބުރުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް