Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގެއްލިގެން ހޯދަމުން އަންނަ ޝައިމް

ޝައިމްގެ މައްސަލަ ޖެންޑަރގެ ސަމާލުކަމަށް އައީ މީގެ ދިހަ އަހަރު ކުރިން!

26 ޖޫން 2019 | ބުދަ 14:46

ދެ ފަހަރެއްގެ މަތިން ކުޑަކުދިންގެ ހިޔާއަށް ގެންދެވުނު

އަމަން ހަލީމް
އަމަން ހަލީމް | 26 ޖޫން 2019 | ބުދަ 14:46
ގެއްލިގެން ހޯދަމުން އަންނަ ޝައިމް އަބްދުﷲ

ގެއްލިގެން ހޯދަމުން އަންނަ ޝައިމް އަބްދުﷲ

ގެއްލިގެން ހޯދަމުން އަންނަ ޝައިމް އަބްދުﷲގެ މައްސަލަ އެންމެ ފުރަތަމަ ޖެންޑަރ މިނިސްޓްރީގެ ސަމާލު ކަމަށް އައިސްފައިވަނީ މީގެ ދިހަ އަހަރު ކުރިން ކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ޝައިމްގެ މައްސަލައާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިނިސްޓަރ ޝިދާތާ ވިދާޅުވީ އާއިލާގެ ތެރެއިން އެކި އެކި އިހުމާލު ވެގެން ޝައިމްގެ މައްސަލަ އެ މިނިސްޓްރީއަށް ފުރަތަމަ ހުށައެޅިފައި ވަނީ 2009 ވަނަ އަހަރުގެ ޖޫން ދިހަ ވަނަ ދުވަހުގެ ތެރޭގައި ކަމަށެވެ. އޭގެ ފަހުން އެކި ފަހަރު މަތިން ޖެންޑަރ މިނިސްޓްރީން އިންޓަވެންޝަން ހިންގާފައިވާ ކަމަށް ވެސް ޝިދާތާ ވިދާޅުވިއެވެ،

Advertisement - newsAdvertisement

ޝައިމް އެންމެ ފުރަތަމަ ޖެންޑަރގެ ބެލުމުގެ ދަށުން ކުޑަކުދިންގެ ހިޔާއަށް ގެންދެވިފައިވަނީ، 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 15 ގައެވެ. އަދި އެއަށް ފަހު ދަރުމައަށް ކުދިން ބަލައިދޭ އުސޫލުގެ ދަށުން އޭނާގެ ބެލެނިވެރިކަން ބަޔަކާ ހަވާލު ކުރެވުނީ 2016 ވަނަ އަހަރުގެ ޖެނުއަރީ 11 ވަނަ ދުވަހުގައެވެ.

އޭގެ ފަހުން ވެސް ޝައިމްގެ މައްސަލައިގައި ޖެންޑަރ މިނިސްޓްރީން އެކި ފަހަރު މަތިން މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، ގަވައިދުން ސްކޫލަށް ހާޒިރުނުވާ މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީއާ އެކު މަޝްވަރާތަކެއް ވެސް ކުރެވިފައިވާ ކަމަށެވެ. އަދި 2018 ވަނަ އަހަރުގެ ތެރޭގައި ވެސް، ޝައިމް އޭނާގެ މަންމައާއި އެކު ގެސްޓް ހައުސްއެއްގައި ދިިރިއުޅެމުން އަންނަ ކަމުގެ މައުލޫމާތު ލިބިގެން އެ މައްސަލަ ބަލާފައިވާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ޝިދާތާ އިތުރަށް ވިދާޅުވީ، މި އަހަރުގެ ކުރީކޮޅުން ފެށިގެން ޝައިމް މިހާރު އުޅޭ އެޑްރެހެއް ނޭނގިގެން ޕޮލިހުންނަށް ސިޓީ ފޮނުވައިގެން ވެސް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތަށް އެދުނީ އޭނާގެ ބެލެނިވެރިޔާ އޭނާ އުޅޭ ނޫޅޭ ތަނެއް ނޭނގޭ ކަމަށް މިނިސްޓްރީއަށް އެންގުމުންނެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން، ޝައިމް ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ޝައިމް ފެނިއްޖެ ކަމަށް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން މި އަހަރުގެ ޖޫން މަހުގެ ތިންވަނަ ދުވަހުގެ ތެރޭގައި އަންގާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެއަށް ފަހު ޖެންޑަރ މިނިސްޓްރީން އޭނާ ދެވަނަ ފަހަރަށް ކުޑަކުދިންގެ ހިޔާއަށް ގެންދިޔައީ ޖެހިގެން އައި ދުވަހުގައެވެ.

ޝައިމް ހިޔާއަށް ގެންދެވުމަށް ފަހު އޭނާ ބަހައްޓާފައި ހުރީ، ވަކިން ކޮޓަރިއެއްގައި ކަމަށާއި، އެއީ އެހެން ކުދިންނަށް އެއްކޮށް ބަހައްޓަން ކަމުނުދާތީ ނިންމި ނިންމުމެއް ކަމަށް ވެސް ޖެންޑަރއިން މައުލޫމާތު ދީފައިވެއެވެ. ޝައިމް ކުޑަކުދިންގެ ހިޔާގައި ހުރި ދުވަސްވަރު ވެސް އަހުލާގީ އެތައް މައްސަލައެއް ފެންމަތިވެފައިވާ ކަމަށާއި، އެގޮތުން އެތަނުގެ ތެރޭގައި މާރާމާރީ ހިންގާ މުދަލަށް ގެއްލުން ދީފައިވާ ކަމަށް ވިދާޅުވިއެވެ.

ކުޑަކުދިންގެ ހިޔާއިން ޝައިމް ފިލީ 18 ޖޫންގައި ކަމަށާއި އެ މައުލޫމާތު ފުލުހުންނާ ހިއްސާ ކޮށްފައިވަނީ، ޖެހިގެން އައި ދުވަހުގައެވެ. ޝައިމް ފިލައިގެން ގޮސްފައިވާ ކަމަށް ބެލެވެނީ މަރާމާތު ކުރަން ބަންދުކޮށްފައި ހުރި ކޮޓަރިއަކުންނެވެ. އޭނާ ބަލަން ހަވާލުކޮށްފައި ހުރި އެހީތެރިޔާ، ފިލި ދުވަހުގެ ރޭ ތިން ފަހަރެއްގެ މަތިން ބެލިއިރު ވެސް އޭނާ ނިދާފައި އޮތް ކަމަށް ބުނެފައިވެއެވެ. ނަމަވެސް ޝައިމްއަކީ އާންމުކޮށް ވެސް ނިދާއިރު މޫނުމަތީގައި ބެޑްޝީޓު އަޅައިގެން ނިދާ ކުއްޖަކަށް ވުމުން، އޭނާ ފިލީ ސީދާ ކޮން ގަޑިއަކު ކަމެއް ކަށަވަރު ވެފައެއް ނުވެއެވެ.

މިހާތަނަށް ޝައިމް ހޯދަން ފުލުހުން ތިން ތަނެއް ކޯޓު އަމުރުގެ ދަށުން ބަލާފާސްކޮށްފައިވާ އިރު، އެ ކުއްޖާ ފެނިފައެއް ނުވެއެވެ. ޖެންޑަރ މިނިސްޓްރީއިން ވަނީ އޭނާ ހޯދުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރަމުން އަންނަ ކަމުގެ ޔަގީންކަން އަރުވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް