Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގދ. ގައްދޫ ކައުންސިލް

ގދ. ގައްދޫ ކައުންސިލްގެ ކަންބޮޑުވުންތައް ސަރުކާރާއި ހިއްސާ ކުރައްވައިފި

ގައްދޫގެ ކައުންސިލް އިން ރައީސް އިބްރާހިމް މުހައްމަދް ޞޯލިހް އާއި ބައްދަލު ކުރި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 26 ޖޫން 2019 | ބުދަ 13:09
ެރައީސް އިބްރާހިމް މުހައްމަދް ސޯލިހް ގދ. ގައްދޫ ކައުންސިލާއި ބައްދަލުކުރެއްވުން

ެރައީސް އިބްރާހިމް މުހައްމަދް ސޯލިހް ގދ. ގައްދޫ ކައުންސިލާއި ބައްދަލުކުރެއްވުން

ހުވަދު އަތޮޅު ދެކުނު ބުރީ ގދ. ގައްދޫ ރައްޔިތުންގެ ކަންބޮޑުވުންތައް އެ ރަށުގެ ކައުންސިލުން ސަރުކާރާ ހިއްސާ ކޮށްފިއެވެ.

އެގޮތުން މިއަދު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދް ޞޯލިހް އާއި ގައްދޫ ކައުންސިލުންވަނީ ބައްދަލުކޮށް ރަށަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

Advertisement - newsAdvertisement

އެގޮތުން ގައްދޫގެ ބިމުގެ ދަތިކަންހުރުމުގެ ސަބަބުން ރަށުގެ ބިން ހިއްކައިދިނުމަށް ވެސް މި ބައްދަލުވުމުގައި އެ ރަށުގެ ކައުންސިލުން ވަނީ އެދި ލައްވާފައެވެ. ރަށާއި ޖެހިގެން އޮންނަ ފަޅުރަށް ކައުންސިލަށް ދަނޑު ހެއްދުމަށް ދޫކޮށްދެއްވުމަށާއި ގައްދޫގައި ކުޑަކުދިންގެ ޕާކެއް ސަރުކާރުން ހަދައިދިނުމަށް ވެސް ވަނީ އެދިލައްވާފައެވެ.

މީގެ އިތުރުން ގދ. ގައްދޫ ކައުންސިލުން ވަނީ މިހަޕްތާ ތެރޭގައި އެކި މިނިސްޓްރީތަކާއި ބައްދަލު ކުރައްވާ ރަށަށް ދިމާވާ ދަތިތަކާއި ރޭވިފައިވާ ތަރައްގީގެ މަޝްރޫޢުތަކާއި ގުޅިގެން މަޝްވަރާ ކުރައްވާފައެވެ.

މިގޮތުން ޕްލޭނިންގް މިނިސްޓްރީއާއި އެކު ކުރެވުނު ބައްދަލުވުމުގައި ގައްދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހަދާދިނުމަށް އެދި ލައްވާފައިވާނޭ ކަމަށް ގދ. ގައްދޫ ކައުންސިލްގެ ރައީސް ރައްޔާން ޖަމާލް ވަނީ ރާއްޖެ އެމް ވީ އަށް ދެއްވި އިންޓަވިއުގައި ހާމަ ކުރައްވާފައެވެ.

މީގެ އިތުރުން ކައުންސިލްގެ ފަރާތުން ގައްދޫގެ ބޯޅަ ދަނޑުގައި ހަދަން ފަށާފައި ހުރި ޗޭންޖިންގް ރޫމް / ބޯލް ރޫމް މަރާމާތުކޮށް ނިންމައި ދިނުމަށް ޔޫތް މިނިސްޓްރީއާއި އެކު ބޭއްވުނު ބައްދަލުވުމުގައި އެދިފައިވާނެ ކަމަށް ވެސް ގައްދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އަދި އެމިނިސްޓްރީގެ ފަރާތުން ގައްދޫގެ އިންޓަރނޭޝަނަލް ސާރފިންގް ޕޮއިންޓްގައި ހަޓެއް އަޅުއްވައި ދެއްވާނެ ކަމަށާއި އެ ރަށަށް ސްޕޯޓްސް ކައުންސިލަރަކު ހަމަޖައްސައިދިނުމުގެ އިތުރުން އައުޓް-ޑޯ ޖިމެއް ވެސް ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން ޔޫތް މިނިސްޓްރީއިން ދީފައިވާ ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ގައްދޫ ކައުންސިލުން ވަނީ ރަށުގެ ތަރައްގީގެ މަޝްރޫޢުތަކާއި ގުޅިގެން ހައުސިންގް މިނިސްޓްރީ އާއި ހެލްތް މިނިސްޓްރީގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކާއި އެކުވެސް މަޝްވަރާ ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
މަހްލޫފްގެ މައްސަލައިގާ ހުރި ކަންބޮޑުވުންތައް އެމްޑީޕީން އައިޕީޔޫއަށް ހުށަހަޅައިފި

މަހްލޫފްގެ މައްސަލައިގާ ހުރި ކަންބޮޑުވުންތައް އެމްޑީޕީން އައިޕީޔޫއަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު