Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް 2019

މެޖިސްޓްރޭޓް ރަޝީދު، މެޖިސްޓްރޭޓްކަމުން ވަކިކުރަން މަޖިލީހުން ފާސްކޮށްފި

26 ޖޫން 2019 | ބުދަ 09:34

މިއި ފަނޑިޔާރަަކު މަޖިލީހުން ވަކިކުރި ފުރަތަމަ ފަހަރު

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 26 ޖޫން 2019 | ބުދަ 09:34
ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު

ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު

ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މެޖިސްޓްރޭޓްކަމުން ވަކިކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި އިބްރާހިމް ރަޝީދު މެޖިސްޓްރޭޓްކަމުން ވަކިކުރަން ފެންނަ ކަމަށް ވަނީ 70 މެމްބަރުން ވޯޓުދީފަ އެވެ.

Advertisement - newsAdvertisement

މިއީ މަޖިލީހުގެ ތާރީޚުގައިވެސް، ޖޭއެސްސީން ހުށަހަޅައިގެން ފަނޑިޔާރަކު މަގާމުން ވަކި ކުރި ފުރަތަމަ ފަހަރުއެވެ.

މެޖިސްޓްރޭޓްކަމުން އިބްރާހިމް ރަޝީދު ވަކިކޮށްފައިވަނީ، އޭނާގެ ބަދުއަހުލާގީ މައްސަލައެއް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލުމަށްފަހު، އެ މައްސަލަ ސާބިތުވާ ކަމަށް ނިންމައި، މަޖިލީހަށް ފޮނުވުމާއި ގުޅިގެންނެވެ.

ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލަނީ ފަނޑިޔާރުންގެ ބެލެނިވެރި ފަރާތް ކަމުގައިވާ ޖޭއެސްސީންނެވެ. ގާނޫނު އަސާސީގައި އޮންނަ ގޮތުން ޖޭއެސްސީން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބެލުމަށްފަހު، އޭނާ މަގާމުން ވަކި ކުރަން ޖެހޭނަމަ، އެ މައްސަލަ ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ. އަދި އެ ކަމަށް ގޮތެއް ނިންމާނީ މަޖިލީހުންނެވެ.

މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު, މެޖިސްޓްރޭޓްކަމުން ވަކިކުރަން ހުށަހެޅި މައްސަލަ އިތުރަށް ދިރާސާކުރަން ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައިވަނީ އަންގާރަ ދުވަހުގެ ޖަލްސާގައެވެ. މައްސަލަ ކޮމިޓީއަށް ފޮނުވަން ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއެވެ.

ކޮމިޓީއަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު، ކޮމިޓީގެ ރިޕޯޓް ވަނީ ބުދަ ދުވަހުގެ ޖަލްސާއަށް ހުށަހަޅާފައެވެ. ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް އިއްވީ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެ.

ކޮމިޓީގެ ރިޕޯޓް ހުށަހަޅުއްވަމުން މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ކޮމިޓީން މި މައްސަލަ ދިރާސާ ކުރިއިރު ބަލާފައިވަނީ، މެޖިސްޓްރޭޓް އިބްރާހިމް ރަޝީދުގެ މައްސަލަ ޖޭއެސްސީން ބަލާފައިވަނީ، ޖޭއެސްސީގެ އިޖްރާއަތްތަކާއި އެއްގޮތަށްތޯ ކަމަށެވެ. އަދިި މައްސަލަ ބެލުމަށްފަހު ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނިންމާފައިވަނީ، ޖޭއެސްސީގެ އިޖްރާއަތްތަކާއި އެއްގޮތަށް މި މައްސަލަ ނިންމާފައިވާކަމަށެވެ. އެހެންކަމުން އެއީ އެ ކޮމިޝަނުން ރަނގަޅަށް ނިންމާފައިވާ ނިންމުމެއްކަމަށް ކޮމެޓީން ކަނޑައަޅާފައިވެއެވެ.

މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ފަނޑިޔާރު ކަމުން ވަކި ކުރުމާއި މެދު މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުމަށް ފާސްކޮށްފައިވަނީ، ކޮމިޓީ މެމްބަރުންގެ އިއްތިފާގުންނެވެ.

މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މެޖިސްޓްރޭޓްކަމުން ވަކިކުރުމާއި މެދު ގޮތެއް ނިންމުމަށް ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 11 މެމްބަރުންގެ ތެރެއިން 10 މެމްބަރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފައި ނުވަނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންއެވެ. ހިސާން އަކީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެމްބަރަށް ވުމާއެކު، ޖޭއެސްސީގައި ގުޅޭ ގޮތުން ޖުޑިޝަރީ ކޮމިޓީން ބާއްވާ ބައްދަލުވުންތަކުގައި ހިސާން ބައިވެރިނުކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

01 މާރިޗު 2017

ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑު ކުރުމަށް މަޖިލީހުން ފާސްކޮށްފި

01 މާރިޗު 2017
ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑު ކުރުމަށް މަޖިލީހުން ފާސްކޮށްފި
27 ފެބުރުއަރީ 2017

މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

27 ފެބުރުއަރީ 2017
މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން އިތުރުކުރާ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި
22 ފެބުރުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ

22 ފެބުރުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ
20 ފެބުރުއަރީ 2017

މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއްކަމަށް މަޖިލީހުން ފާސްކޮށްފި

20 ފެބުރުއަރީ 2017
މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއްކަމަށް މަޖިލީހުން ފާސްކޮށްފި
15 ފެބުރުއަރީ 2017

ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

15 ފެބުރުއަރީ 2017
ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
13 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

13 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް