Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިކުރީ ގޮތުން ހައްދުފަހަނައެޅުން

ފިކުރީ ގޮތުން ހައްދުފަހަނައަޅާ ދިޔުން ހުއްޓުވުމާ ގުޅޭ ދެ ދުވަހުގެ ވާރކްޝޮޕެއް ފަށައިފި

26 ޖޫން 2019 | ބުދަ 05:57

މި ރަސްމިއްޔާތު އިފްތިތާހު ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 ޖޫން 2019 | ބުދަ 05:57
އެންސީޓީސީން އިސްނަގައިގެން އަބޫދާބީގެ ހިދާޔާ ސެންޓަރާ ގުޅިގެން ކުރިއަށްގެންދިޔަ ވާރކްޝޮޕް

އެންސީޓީސީން އިސްނަގައިގެން އަބޫދާބީގެ ހިދާޔާ ސެންޓަރާ ގުޅިގެން ކުރިއަށްގެންދިޔަ ވާރކްޝޮޕް

ފިކުރީ ގޮތުން ހައްދުފަހަނައަޅާ ދިޔުން ހުއްޓުވުމަށާއި އެކަމާ ގުޅޭ ގޮތުން ދީނީ އިލްމުވެރިންނަށް ކުރެވިދާނެ ކަންކަމާާ ގުޅޭ ދެ ދުވަހުގެ ވާރކްޝޮޕެއް ބުދަ ދުވަހު ފަށައިފިއެވެ.

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން އިސްނަގައިގެން އަބޫދާބީގެ ހިދާޔާ ސެންޓަރާ ގުޅިގެން ކުރިއަށްގެންދިޔަ މި ވާރކްޝޮޕް ފެށުމުގެ ރަސްމިއްޔާތު ބުދަ ދުވަހު ބާއްވާފައިވާއިރު، މި ރަސްމިއްޔާތު އިފްތިތާހު ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީއެވެ. އޭގެ އިތުރުން، ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުުﷲ ޝަމާލް އާއި، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ އިތުރުން، ސަރުކާރުގެ ބައެއް އިސްވެރިންނާއި، ޔޫއެންޑީޕީގެ ރެސިޑެންޓް ރިޕްރެޒެންޓޭޓިވުން ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންސީޓީސީގެ ޑިރެކްޓަރ އިބްރާހިމް ނައީމް ވިދާޅުވީ، ފިކުރީ ގޮތުން ހައްދުފަހަނައަޅާ ދިއުމަކީ މިއަދު ސަމާލުކަންދޭން ޖެހިފައިވާ މައްސަލައެއް ކަމަށާއި، ފަހުގެ ތާރީޚުގައި ދުނިޔޭގެ ކަންކޮޅު ތަކުގައި ހިނގާފައިވާ ބައެއް ޓެރަރިސްޓު ހަމަލާތަކުންވެސް އެކަން ދޭހަވާ ކަމަށެވެ. އެގޮތުން ނައީމް ވަނީ ކްރައިސްޗާރޗް ހަމަލާއަށް އަލިއަޅުވާލައްވާފައެވެ.

ޓެރަރިޒަމާއި ފިކުރީ ގޮތުން ހައްދުފަހަނައަޅާ ދިއުން ފަދަ ކަންކަމާ ދެކޮޅަށް ކުރައްވާ މިފަދަ މަސައްކަތްތަކަށް ޑިފެންސް މިނިސްޓަރަށް ޝުކުރު އަދާ ކުރައްވަމުން ނައީމް އިތުރަށް ވިިދާޅުވީ، މިފަދަ ކަންކަމާ ދުރުހެލި މުޖުތަމައެއް ބިނާ ކުރުމަށްޓަކައި އަސްކަރީ ބާރުތަކުގެ އިތުރުން ސަރުކާރާއި، މުޅި މުޖުތަމައުގެ އެހީތެރިކަން ވެސް ބޭނުންވާ ކަމަށެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު އަލީވެސް ވާހަކަފުޅު ދައްކަވާފައިވާއިރު، މިފަދަ ވޯރކްޝޮޕްތަކުގެ މުހިއްމުކަމާ ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ، ފިކުރީ ގޮތުން ހައްދުފަހަނައެޅުމުގެ ބިރު މަޑުމަޑުން ނަމަވެސް އުފެދެމުންދާ ކަމަށާއި، އެކަމުގެ ޝިކާރައަކަށް ގިނައިން ވަނީ ޒުވާނުން ކަމަށެވެ. އެގޮތުން ޒުވާނުން އެފަދަ ކަންކަމުގެ ޝިކާރައަކަށް ވެގެންދަނީ ތައުލީމެއް ނުވަތަ ވަޒީފާއެއް ނެތިގެން ނޫން ކަމަށާއި، ރަނގަޅަށް ތައުލީމު ހާސިލުކޮށްގެން ތިބޭ ޤާބިލު ޒުވާނުން ވެސް މި އަވައިގައި ޖެހެމުންދާ ކަމަށެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ "ޒީރޯ ޓޮލެރެންސް ޓު ޓެރަރިޒަމް" ގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ޑިފެންސް މިނިސްޓްރީން ކުރާ މަސައްކަތްތައް ފާހަގަކޮށް އެކަމަށްޓަކައި ޝުކުރުއަދާ ކުރައްވާފައެވެ.

އެންމެ ހިނގާ

1

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް