Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަހުމަދު އަދީބް

އަދީބުގެ ބޭސްފަރުވާގެ މުއްދަތު 10 ދުވަހަށް އިތުރުކޮށްފި

ބޭސްފަރުވާއަށް އަދީބު އިންޑީއާއަށް ފުރާވަޑައިގަންނަވާފައިވަނީ ޖޫން 14 ގައި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 25 ޖޫން 2019 | އަންގާރަ 18:52
އަހުމަދު އަދީބް އިންޑިއާއަށް ފުރާވަޑައިގެންނެވުމަށް އެއާޕޯޓަށް ވެވަޑައިގަންނަވަަނީ

އަހުމަދު އަދީބް އިންޑިއާއަށް ފުރާވަޑައިގެންނެވުމަށް އެއާޕޯޓަށް ވެވަޑައިގަންނަވަަނީ

ކުރީގެ ނައިބް ރައީސް އަހުމަދުގެ އަދީބުގެ ބޭސްފަރުވާގެ މުއްދަތު 10 ދުވަހަށް އިތުރުކޮށްފިއެވެ.

ކަރެކްޝަނަލް ސާރވިސް އިން އަހުމަދު އަދީބް ބޭސްފަރުވާއަށް އިންޑިއާއަށް ފުރުމުގެ ހުއްދަދިނުމާއެކު، އޭނާ އިންޑިއާއަށް ފުރާވަޑައިގެންނެވީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އޭނާ އިންޑިއާ އަށް ފުރާވަޑައިގެންނެވީ އަނބިކަބަލުން މަރިޔަމް ނަޝްވާއެކުއެވެ.

Advertisement - newsAdvertisement

ހޯމް މިނިސްޓްރީން ބުނެފައިވާގޮތުގައި އަދީބާއެކުުގައި ކަރެކްޝަނަލް ސަރވިސްގެ ތިން އޮފިސަރަކު އިންޑިއާ ގޮސްފައިވެއެވެ. އަދި އިންޑިއާގެ މުއައްސަސާތަކަށްވެސް އަދީބުގެ ދަތުރުގެ މައުލޫމާތު އަންގާފައިވާނެކަމަށާއި، ފލިމުގެ ފުރުސަތެއް ނޯންނާނެކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އަދީބުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދީފައިވާކަން ހާމަކޮށް ކަރެކްޝަނަލް ސާރވިސް އިން އާންމުކުރި ބަޔާނެއްގައި ބުނީ ބޭސްފަރުވާ އަށް އަދީބު ރާއްޖެއިން ބޭރަށް ފޮނުވާފައިވާ މުއްދަތުގައި ބޭސްފަރުވާގެ އެންމެހައި ކަންކަން ފުރިހަމަވެފައިނުވާ ކަމަށެވެ. އަދީބުގެ ކެންސަރ ސްކްރީނިންއެއް ހެދުމަށް ޑޮކްޓަރު ލަފާދީފައިވާ ގޮތަށް ކުރިޔަށް ގެންދިޔުމަށްޓަކައި އޭނާގެ ބޭސްފަރުވާގެ މުއްދަތު ޖުލައި މަހުގެ ހަވަނަ ދުވަހާއި ހަމަޔަށް އިތުރުކޮށްފައިވާ ކަމަށް އެ ސާރވިސްއިން ބުންޏެވެ.

އަދީބުގެ ބޭސްފަރުވާ އަށް ކުރިން ދިން މުއްދަތު ހަމަވާނީ ބުދަ ދުވަހުއެވެ.

އަދީބުގެ ބޭސްފަރުވާގެ މުއްދަތު އިތުރު ކޮށްދީފައިވާ ކަމަށް ކަރެކްޝަނަލް އިން ބުނެފައިވާއިރު، އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ސުޕްރީމް ކޯޓުން ވަނީ އިމިގްރޭޝަންގެ މައްޗަށް އަމުރުކޮށްފައެވެ. ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރެއް ނެރެފައިވަނީ، އަދީބަށް އިއްވާފައިވާ އަށްއަހަރުގެ ހުކުމް ބާތިލް ކޮށްފައިވާ މައްސަލާގައި ދައުލަތުން އިސްތިއުނާފް ކުރަން ސުޕްރީމް ކޯޓުގައި އެދިފައިވާތީއެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ

27 ފެބުރުއަރީ 2017
ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ
23 ފެބުރުއަރީ 2017

އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފި

23 ފެބުރުއަރީ 2017
އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފި
16 ފެބުރުއަރީ 2017

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި

16 ފެބުރުއަރީ 2017
ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި
12 ފެބުރުއަރީ 2017

ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

12 ފެބުރުއަރީ 2017
ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
11 ފެބުރުއަރީ 2017

ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

11 ފެބުރުއަރީ 2017
ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު