Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކިންގް ސަލްމާން މިސްކިތް

ކިންގް ސަލްމާން މިސްކިތް: އާންމުކުރި ކުރެހުމަކީ ތަސައްވުރެއް!

މިސްކިތުގެ 5 މުންނާރުގެ އުސްމިން ތިރިކުރެވުނީ އެމް.އޭ.ސީ.އެލްގެ ޤަވާޢިދަށް ފެއްތުމުގެ ގޮތުން

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 25 ޖޫން 2019 | އަންގާރަ 13:27
ކިންގް ސަލްމާން މިސްކިތް

ކިންގް ސަލްމާން މިސްކިތް

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކިންގް ސަލްމާން މިސްކިތުގެ މަޝްރޫޢުގެ ކޮންޓްރެކްޓުގައި ސޮއެކުރެވުނު އިރު، މިސްކިތް ހުންނާނެގޮތް ކަމަށް ބުނެ ޢާންމުކުރި ތަސްވީރަކީ، ޢިމާރާތުގެ ޑީޓެއިލްޑް އަދި ޓެކްނިކަލް ކުރެހުންތަކާއި، ޕްލޭންތައް އެކުލަވާލުމުގެ ކުރިން، ތަސައްވަރެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ތްރީ-ޑީ ރެންޑަރިންގއެކެވެ.

މި މަޝްރޫއުގެ %80 މަސައްކަތް ނިމިފައިވާއިރު މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެކި ފަހަރުތަކުގެ މަތިން މަޝްރޫޢުގެ ސްކޯޕަށް ގެނެވުނު ބަދަލުތަކާއި ގުޅިގެން ހުއްދަ ހޯދަންޖެހޭ ފަރާތްތަކުގެ ހުއްދައިގެ ދަށުންނެވެ.

އަދި ޢިމާރާތުގެ އެކި ފްލޯރތަކުގެ ބޭނުންތަކާއި އެއްގޮތަށް ޑިޒައިނަށް ވަނީ ބަދަލު ގެނެވިފައެވެ. މަޝްރޫޢުގެ ސްކޯޕަށް ގެނެވުނު ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން ސްޓްރަކްޗަރަ އަށް ބަދަލުތަކެއް ވަނީ ގެނެވިފައެވެ.

އެގޮތުން، މިސްކިތުގެ 5 މުންނާރުގެ އުސްމިން ތިރިކުރެވުނީ އެމް.އޭ.ސީ.އެލްގެ ޤަވާޢިދަށް ފެއްތުމުގެ ގޮތުންނެވެ. އަދި މިސްކިތުގެ 1 ފްލޯރ އުނިކުރުމުގެ ސަބަބުން މިސްކިތުގެ އުސްމިނަށްވެސް ވަނީ ބަދަލު އައިސްފައެވެ. މިސްކިތުގެ އިމާރާތުގައި ހިމެނޭގްރައުންޑް ފްލޯރގައި 4800 މީހުންގެ ޖާގައިގެ ކޯޓްޔާރޑްއެއްގެ އިތުރުން، ޢިމާރާތުގެ ތެރޭގައި ހިމެނޭނީ މެއިން ލޮބީ، އެޑްމިނިސްޓްރޭޝަން އޮފީސް، ޓެކްނިކަލް ފެސިލިޓީސް އަދި އަންހެން އަދި ފިރިހެން ފާޚާނައާއި ވުޟޫކުރުމުގެ އިންތިޒާމެވެ. މީގެ އިތުރުން މިސްކިތަށް ބޭނުންވާ ބެކްއަޕް ޖެނެރޭޓަރ އަދި އެއަރ ހޭންޑްލިންގ ޔުނިޓްސް ހިމެނޭ ވަކި ޢިމާރާތެއް މަޝްރޫޢުގައި ހިމެނިފައިވާނެއެވެ. އަދި ކޯޓްޔާރޑް އަޑީގައި ވާރޭފެން ރައްކާކުރެވޭ ޓޭންކްތަކެއް ޤާއިމުކުރެވޭނެއެވެ.

· 1 ވަނަ ފަންގިފިލާ: 2120 މީހުން ނަމާދުކުރާނެ ޖާގަ

· 2 ވަނަ ފަންގިފިލާ: 1823 މީހުން ނަމާދުކުރާނެ ޖާގަ

· 3 ވަނަ ފަންގިފިލާ: އިސްލާމިކް ލައިބްރަރީ، ސެމިނަރ ރޫމްސް، ކްލާސް ރޫމްސް، އެޑްމިނިސްޓްރޭޓިވް އޮފީސް އަދި 3 އަދި 4 ވަނަ ފަންގިފިލާ އެކުގައި ހިމެނޭ ގޮތަށް އޮޑިޓޯރިއަމެއް

· 4 ވަނަ ފަންގިފިލާ: 3 އަދި 4 ވަނަ ފަންގިފިލާ އެކުގައި ހިމެނޭ ގޮތަށް 320 މީހުން ޖާގައިގެ އޮޑިޓޯރިއަމެއް އަދި ޕްރީ ފަންކްޝަންސް އޭރިއާއެއް

· 5 ވަނަ ފަންގިފިލާ: މަލްޓި ޕަރޕަސް ހޯލް (އެންމެ ފަހުން ސްކޯޕަށް ގެނެވުނު ބަދަލެއް)

މަޝްރޫޢަށް މިހާތަނަށް ޚަރަދު ކޮށްފައިވަނީ ކިންގް ސަލްމާންގެ ހިލޭ އެހީގެ ދަށުންނާއި، ދިވެހި ސަރުކާރުގެ ބަޖެޓުންނެވެ. މަޝްރޫޢުގެ މެއިން ކޮންޓްރެކްޓަރަށް އަދާއި ހަމައަށް 11.392 މިލިޔަން ޔޫއެސް ޑޮލަރުވަނީ އަގުގެގޮތުގައި ދެއްކިފައެވެ. މެއިން ކޮންޓްރެކްޓަރަށް މަސައްކަތް ނިންމުމުން އެކު ޖުމުލަ 20.731 މިލިޔަން ޔޫއެސް ޑޮލަރު ދެއްކޭނެއެވެ.

މަސައްކަތް ލަސްވެފައި ވަނީ މަޝްރޫޢުގެ ސްކޯޕަށް އެކި ފަހަރު މަތިން ގެނެވުނު ބަދަލުތަކާއި، އެކަންކަމާއި ގުޅިގެން މަސައްކަތު ތާވަލަށް ބަދަލު އައުމާއި، މަސައްކަތަށް ގެންނަން ބޭނުންވާ ތަކެތި ގެނައުމުގައި ހުރި ދަތިތަކުގެ ސަބަބުންނެވެ.

އިތުރަށް ކިޔާލަން

06 މެއި 2022

މާލޭގެ މިސްކިތްތައް ގޮނޑު ވަނީ

06 މެއި 2022
މާލޭގެ މިސްކިތްތައް ގޮނޑު ވަނީ
19 ޑިސެމްބަރު 2021

ސައޫދީ ރަސްކަމާއި ދެން ހަވާލުވެވަޑައިގަންނަވާނީ ސަލްމާންގެ ދަރިކަލުން މުހައްމަދުތަ؟

19 ޑިސެމްބަރު 2021
ސައޫދީ ރަސްކަމާއި ދެން ހަވާލުވެވަޑައިގަންނަވާނީ ސަލްމާންގެ ދަރިކަލުން މުހައްމަދުތަ؟
06 ޑިސެމްބަރު 2021

މިސްކިތް މަރާމާތުކުރާނެ ޓެލެތޯނާއި މުއިއްޒުގެ 0.6 އެނިވާސަރީ

06 ޑިސެމްބަރު 2021
މިސްކިތް މަރާމާތުކުރާނެ ޓެލެތޯނާއި މުއިއްޒުގެ 0.6 އެނިވާސަރީ
21 ސެޕްޓެމްބަރު 2020

ފްރީސްޓައިލް ކިންގް އިތުރު ކުދިން ތަމްރީނުކުރުމުގެ އަޒުމުގައި

21 ސެޕްޓެމްބަރު 2020
ފްރީސްޓައިލް ކިންގް އިތުރު ކުދިން ތަމްރީނުކުރުމުގެ އަޒުމުގައި
21 ޖުލައި 2019

113 އަހަރުވީ ޤަދީމީ މިސްކިތް ސިމެންތި ގުދަނަކަށް !؟

21 ޖުލައި 2019
113 އަހަރުވީ ޤަދީމީ މިސްކިތް ސިމެންތި ގުދަނަކަށް !؟
19 ޑިސެމްބަރު 2018

ކަޅުވަކަރު މިސްކިތް ބަހުސް: ގިނަ ބަޔަކު ބޭނުންވަނީ މާލޭގައި ބަހައްޓަން!

19 ޑިސެމްބަރު 2018
ކަޅުވަކަރު މިސްކިތް ބަހުސް: ގިނަ ބަޔަކު ބޭނުންވަނީ މާލޭގައި ބަހައްޓަން!
08 މާރިޗު 2018

ނުރައްކަލުގައި 140 ދިވެހިން: ކެންޑީގެ މިސްކިތްތައް ރޯކުރިތަން ދިވެހިންނަށް ފެނުނު!

08 މާރިޗު 2018
ނުރައްކަލުގައި 140 ދިވެހިން: ކެންޑީގެ މިސްކިތްތައް ރޯކުރިތަން ދިވެހިންނަށް ފެނުނު!
28 ނޮވެމްބަރު 2017

ހުކުރު މިސްކިތް: އިސްލާމީ ވަޙްދަތާއި، ދީނީ ތާރީޙް ހެކިދޭ ބިނާއެއް

28 ނޮވެމްބަރު 2017
ހުކުރު މިސްކިތް: އިސްލާމީ ވަޙްދަތާއި، ދީނީ ތާރީޙް ހެކިދޭ ބިނާއެއް
16 ޖުލައި 2017

އަގްސާ މިސްކިތް އާދީއްތަ ދުވަހު އިޒްރޭލުން އަލުން ހުޅުވާލާނެބާ؟

16 ޖުލައި 2017
އަގްސާ މިސްކިތް އާދީއްތަ ދުވަހު އިޒްރޭލުން އަލުން ހުޅުވާލާނެބާ؟
17 މާރިޗު 2017

ޕްރޮފައިލް: ސަލްމާން ރަސްގެފާނު

17 މާރިޗު 2017
ޕްރޮފައިލް: ސަލްމާން ރަސްގެފާނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު