Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް 2019

ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ފަނޑިޔާރުކަމުން ވަކިކުރުމުގެ ބަހުސް ފަށައިފި

ފަނޑިޔާރު ކަމުން އިބްރާހިމް ރަޝީދު ވަކިކޮށްދިނުމަށް މަޖިލީހަށް ހުށަހެޅީ ޖޭއެސްސީ އިން

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 25 ޖޫން 2019 | އަންގާރަ 04:56
ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު

ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު

ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ފަނޑިޔާރުކަމުން ވަކިކުރުމުގެ ބަހުސް މަޖިލީހުގައި ފަށައިފިއެވެ.

މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅުއްވާ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ހުށަހަޅުއްވަމުން ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ތިނަދޫ ކޯޓްގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދާ މެދު ފިޔަވަޅު އަޅައިދެއްވުމަށް ޖޭއެސްސީއަށް މައްސަލަ ހުށަހަޅާފައި ވާތާ، ހަ އަހަރުވެފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ފަނޑިޔާރުކަމުން ވަކި ކުރުމަށް ޖޭއެސްސީން ފުރިހަމަ ކުރަން ޖެހޭ އިޖްރާއަތްތައް ފުރިހަމަކޮށް ނިންމާފައިވާ ކަމަށާއި، ދެން އޮންނާނީ މަޖިލީހުން މި ކަމަށް ގޮތެއް ކަނޑައެޅުން ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ޖޭއެސްސީން ފަނޑިޔާރަކު ވަކި ކުރުމަށް ނިންމުމަށް ފަހު، މަޖިލީހަށް ފޮނުވުމުން ދެ ގަނޑި އިރު މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމަށް ފަހު މި ކަމަށް ގޮތެއް މަޖިލީހުން ކަނޑައެޅެންޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ.

އެހެންކަމުން ހުރިހާ މެމްބަރުން މި މައްސަލައިގެ ބަހުސްގައި ބައިވެރިވެ، މި ކަމަށް ގޮތެއް ނިންމައިދެއްވުމަށް މަޖިލީހުގެ ރިޔާސަތުން ވަނީ އެދިވަޑައިގެންފައެވެ.

މިއީ ޖޭއެސްސީގެ ތާރީހުގައި ފަނޑިޔާރަކު މަގާމުން ވަކި ކުރަން މަޖިލީހަށް ހުށަހަޅައި، މަޖިލިސްގެ ތަޅުމުގައި ބަހުސް ކުރެވޭ ފުރަތަމަ ފަހަރުއެވެ.

މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މަގާމުން ވަކި ކުރުމަށް މަޖިލީހަށް ފޮނުވަން ޖޭއެސްސީން ނިންމީ މި މަހުގެ 12 ވަނަ ދުވަހު ބޭއްވި، އެ ކޮމިޝަންގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

އިބްރާހިމް ރަޝީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖޭއެސްސީން ނިންމާފައި ވަނީ ބަދުއަހްލާގީ މައްސަލައެއްގައެވެ.

މީގެ އިތުރުން ފަނޑިޔާރުންގެ މައްސަލަތައް ޖޭއެސްސީ އަށް ހުށަހެޅިފައިވާ އިރު އެ މައްސަލަތައް ޖޭއެސްސީ މިހާރު ދަނީ ބަލަމުންނެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް ވެސް ހިމެނެއެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

އެމްޔޫއޯގެ ހާއްސަ ޖަލްސާއެއް ތިނަދޫގައި ބާއްވަނީ

21 ފެބުރުއަރީ 2017
އެމްޔޫއޯގެ ހާއްސަ ޖަލްސާއެއް ތިނަދޫގައި ބާއްވަނީ
21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
19 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

19 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި
09 ފެބުރުއަރީ 2017

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު