Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް ޕޮލިސް ސަރވިސް

މާފުށީ ޖަލުގައި ހަމަނުޖެހުން ހިނގައި، ފުލުހުން ތައްޔާރީ ހާލަތަށް

ހަމަނުޖެހުން ތަކެއް ހިނގި ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނޭ

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 24 ޖޫން 2019 | ހޯމަ 20:39
ފުލުހުން ތިބީ ތައްޔާރި ހާލަތުގައި

ފުލުހުން ތިބީ ތައްޔާރި ހާލަތުގައި

މާފުށި ޖަލުގައި މިހާރު ކުރިޔަށް ގެންދާ އޮޕަރޭޝަން ގެންދަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ( އެމްސީއެސް) އިން ކަމަށާއި، އެ ސަރވިސްގެ އެދުމުގެ މަތިން ''ބެކް އަޕް'' ޓިމެއް ތައްޔާރީ ހާލަތުގައި ތިބި ކަމަށް ފުލުހުން ބުނެފިއެވެ.

މިރޭ މާފުށީ ޖަލުގައި ހަމަނުޖެހުން ތަކެއް ހިނގައި ގައިދީން ތިބި ގޮޅި ތަކަކަށް ކަރުނަ ގޭސް ޖަހާފައިވާ ކަމަށް މީޑިއާ ގައި ދަނީ ރިޕޯޓް ކުރަމުންނެވެ. ކަރުނަ ގޭސް ޖެހީ އެސްއޯ ފުލުހުން ކަމަށް ބައެއް މީޑިއާ ތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

Advertisement - newsAdvertisement

އެވާހަކަ ތަކާއި ގުޅިގެން ފުލުހުން މިރޭ ބުނީ، ޖަލުގައި ކުރިޔަށް ގެންދާ އޮޕަރޭޝަންތައް ހިންގާނީ ކަރެކްޝަނަލް ސަރވިސް އިން ކަމަށެވެ. އެހެން ނަމަވެސް އެ ސަރވިސްގެ އެދުމަށް ފުލުހުން ތިބީ '' ސްޓޭންޑް ބައި'' ގައި ކަމަށެވެ.

ކަރެކްޝަނަލް ސަރވިސްގެ މީޑިއާ އޮފިސަރު ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު މައުލޫމާތު ސާފުވާގޮތެއް ނުވެއެވެ. މާފުށީ ޖަލުގެ ހާލަތު ގޯސްވެގެން މި އުޅޭނީ ދާދީ ފަހުން ޖަލުގެ ގައިދީން ތަކަކާއި ޖަލު ބަލަހައްޓާ އޮފިސަރުންތަކަކާއި ދެމެދު ހިނގި ކުރިމަތިލުން ތަކެއްގައެވެ.

އެ ކުރިމަތިލުންތަކުގައި އޮފިސަރުން ގައިދީން ގައިގައި ތަޅާއި، ޕެޕަރ ސްޕްރޭ ވަނީ ޖަހާފައެެވެ. އެ ހާދިސާ ހިނގަން މެދުވެރިވީ އޮންނަ އުސޫލާއި ހިލާފަށް އޮފިސަރުން އަމަލުކުރުމުން ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަން އަބްދުﷲ މުއާޒް ވަނީ ވިދާޅުވެފައެވެ.

ގައިދީންނާއި މެދު އިންސާނީޔާތާ ހިލާފު އަމަލުކުުރުމަށް ފަހު އެކަން ފޮރުވަން އުޅުނު ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ދަނީ ސަރުކާރަށް އަމާޒުވަމުންނެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
21 ޖެނުއަރީ 2017

ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

21 ޖެނުއަރީ 2017
ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު