Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިނިވަން މުއްސަސާތައް

މަޖިލިސް ޒިންމާދާރު ނުވެ މުއްސަސާތައް ޒިންމާދާރެއް ނުކުރެވޭނެ: ޝަފީގު

18 ވަނަ ރައްޔިތުންގެ މަޖިލީސް ފެނުނީ އެ މަޖިލީހުގެ މަސައްކަތް ހުއްޓުވާފައިވާ ތަނެއްގެ ގޮތުގައި

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 25 ޖޫން 2019 | އަންގާރަ 02:26
ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހަމަދު އަބްދުﷲ ޝަފީގު

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހަމަދު އަބްދުﷲ ޝަފީގު

ރައްޔިތުންގެ މަޖިލީސް ޒިންމާދާރު ނުވެއްޖެ ނަމަ މިނިވަން މުއްސަސާތަކާއި ސަރުކާރުވެސް ޒިންމާދާރެއް ނުކުރެވޭނެ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ޝަފީގު ވިދާޅުވީ އުވިގެން ދިޔަ މަޖިލީހުން މުއައްސަސާތަކާއި ސަރުކާރު ޒިންމާދާރު ކުރުމުގެ އެއްވެސް މަސައްކަތެއް ކޮށްފައި ނެތުމުގެ ސަބަބުން ވަރަށް ގިނަ މަސައްކަތްތައް ހުއްޓިފައިވާކަމަށާއި ގޯސްކޮށް ކަންކަން ހިނގާފައި އެބަ ހުރި ކަމަށެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއްސަސާތަކާއި ބެހޭ ކޮމެޓީގެ މެމްބަރަކަށް ހުންނެވި ޝަފީގު ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކުރުމުން ދޭހަވި އެއްކަމަކީ މިނިވަން މުއްސަސާއަކަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާ މިންވަރު ކަމަށާއި މީ ވަރަށް ބޮޑަށް ކަންބޮޑުވި ކަމެއް ކަމަށެވެ. ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން ކޮމެޓީގައި ވިދާޅުވެ ދެއްވީ ކުޑަ މިންވަރެއް ކަމަށްވެސް ޝަފީގު ވިދާޅުވިއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބުގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރައްވާފައި ނުވާކަން ފާހަގަ ކުރައްވާ ޝަފީގު ވިދާޅުވީ އެ ކޮމިޝަންގެ މެމްބަރުން ހާޒިރު ކުރި ޝަހީބު އަމަލުކުރެއްވީ މެންބަރުން ނިންމެވި ނިންމުމަށް ކަމަށް ވިދާޅުވުމަކީ ޒިންމާދާރު ވާހަކައެއް ނޫން ކަމަށެވެ. ގާނޫނާއި ހިލާފަށް އަދި ނުފޫޒުގައި ޖެހި ކޮމިޝަނުން ކަންކަން ނިންމުމަށް ފަހު، އެ ޒިންމާތަކުން ބަރީއަވެގެން ނުދާނެ ކަމަށް ވެސް ޝަފީގު ވިދާޅުވިއެވެ.

ޝަފީގު ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަންގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ފޮނުވައި ދިނުމަށް ކޮމެޓީން އެދިފައިވާނެ ކަމަށާއި ނަމަވެސް މިއަދާއި ހަމައަށް ޔައުމިއްޔާ ލިބިފައި ނުވާ ކަމަށެވެ.

އެކޮމިޝަނުގެ މަސައްކަތްތައް ހިނގާފައި ހުރި ގޮތް އިތުރަށް ބަލަމުންދާ ކަމަށްވެސް ވެސް އޭނާ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
05 ފެބުރުއަރީ 2017

ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

05 ފެބުރުއަރީ 2017
ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު