Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ގައުމު ތަރައްގީ ވާނީ ގައުމުގެ ވަކިވަކި ފަރުދުންނަށް ލިބޭ ކުރިއެރުންތަކާއެކު: ރައީސް ސޯލިހު

20 ޖޫން 2019 | ބުރާސްފަތި 14:40

ގައުމީ ތަރައްގީއާ ގެންގުޅޭގޮތުން ގެންގުޅޭ އެންމެ އިސް ސިޔާސަތަކީ މީހުން ބިނާ ކުރުން

އަމްނާ އިމާދު
އަމްނާ އިމާދު | 20 ޖޫން 2019 | ބުރާސްފަތި 14:40
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގައުމު ތަރައްގީ ވާނީ ގައުމުގެ ވަކިވަކި ފަރުދުންނަށް ލިބޭ ކުރިއެރުންތަކާއެކު، ކޮންމެ ފަރުދެއްގެ އިލްމީ ގާބިލްކަން އިތުރު ކުރެވުނު މިންވަރަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރު ޖީސީއީ އޭ-ލެވެލް އިމްތިޙާނުގައި ބައިވެރިވި ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސޮކްލަރޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވުމަށް ސްޓެލްކޯގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ ގައުމީ ތަރައްގީއާ ގެންގުޅޭ އެންމެ އިސް ސިޔާސަތަކީ މީހުން ބިނާ ކުރުން ކަމަށެވެ. އަދި ރައްޔިތުން އެދޭފަދަ ކުރިއެރުން ހާސިލްކުރުމަށްޓަކައި ފުރަތަމަ ކުރަންޖެހޭ ކަމަކީ ތައުލީމާ ތަޖުރިބާ ލިބިފައިވާ ގާބިލް ޖީލެއް ބިނާ ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރައީސް ސޯލިހު ވިދާޅުވީ މީގެ ކުރިން ރައީސްގެ އެވޯޑް ލިބޭ ދަރިވަރުން ކިޔަވަންޖެހެނީ ސަރުކާރުން ކަނޑައަޅާފައި ހުންނަ ދާއިރާތަކުގެ ތެރެއިން ކޮންމެވެސް ދާއިރާއަކަށް ކަމަށާއި، ނަމަވެސް މިހާރު އެއުސޫލު ބަދަލުކޮށްފައިވާ ކަމަށެވެ. މިއަހަރުން ފެށިގެން ރައީސްގެ އެވޯޑް ލިބޭ ދަރިވަރުންނަށް އެކުދިން ބޭނުންވާ ދާއިރާއަކުން ބޭނުން ގައުމެއްގައި ކިޔެވުމުގެ ފުރުސަތު ލިބޭނެކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ހައި އެޗީވަރސް ސްކޮލާޝިޕްގެ އުސޫލު ތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި ހައި އެޗީވާސް ސްކޮލާޝިޕް ދެމުން އައީ ވަކި ދާއިރާތަކަކުން އަދި ވަރަށް މަދު ގައުމުތަކުން ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ކިޔަވާކުދިންގެ ކަމުގައި ވިޔަސް ގައުމު ބިނާ ކުރުމުގައި އެކުދިންގެ ދައުރު ވަރަށް މުހިންމު ކަމަށާއި، ދަރިވަރުން މަސައްކަތް ކުރަންވީ ގައުމު ބިނާކޮށް އާރާސްތު ކުރުމަށް ކަމަށެވެ.

ރާއްޖޭގައި ތިބެގެން ހިލޭ ފުރަތަމަ ޑިގްރީ ހާސިލްކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ މިސަރުކާރުން ތައުލީމަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދީފައިވާ ކަމަށެވެ. އެގޮތުން ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް ތިން އިންސައްތައަށް ކުޑަކޮށް ލޯނު ދައްކަންޖެހޭ މުއްދަތު 25 އިންސައްތައަށް އިތުރުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ ތައުލީމީ ދާއިރާއަށް މިފަދަ ބަދަލުތައް ސަރުކާރުން ގެންނަނީ ހަމައެކަނި އިންތިޚާބީ ވައުދުތަކެއް ފުއްދަން ނޫން ކަމަށާއި، އަމާޒަކީ ރާއްޖެ ތަރައްގީކުރުން ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ދިރިއުޅުމުގެ ތަފާތު މަރުހަލާތަކުގައި ކާމިޔާބާ އުފާވެރިކަން ބައްދަލުކުރާނީ ދިރިއުޅެން ދަސްކޮށްގެން ކަމަށާއި، މިހާރު ވެސް މަސައްކަތް ކުރަންވީ އަނެކުންނަށް އިހުތިރާމްކޮށް އޯގާތެރިވެ އަޅާލާ ލޯބިވުމުގެ ސިފަ ދެމެހެއްޓުމަށް ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ތައުލީމީ ކޮންމެ މަރުހަލާއެއްގައި ދަރިވަރުންގެ ކިޔެވި ނަމަވެސް އެންމެ ވަރުގަދަ އަޒުމަކަށްވާންވާނީ އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގަ ސާބިތު ކަމާއެކު ދެމިތިބުން ކަމަށާއި، ދިވެހި ފަސްގަނޑަށް އުފަން ދިވެހި ދަރިންކަން އަބަދު ވެސް ހަނދާނުގަ ބަހައްޓަން ޖެހޭ ކަމަށެވެ. މަތީތައުލީމަކީ ހަމައެކަނި ޔުނިވާސިޓީގައި ކިޔަވާ ކިޔެވުން އެކަނި ނޫންކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ދަރިވަރުން އުނގެނެންވީ އުފެއްދުންތެރި އާ ގޮތްތައް އީޖާދު ކުރަން ކަމަށާއި، މަތީތައުލީމު ހާސިލްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ކަންކަންކުރާނެ ރަނގަޅު މޮޅު ގޮތްތައް ދެނެގަނެ އެކަމުގެ ހުނަރު ލިބިގަތުން ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ މަތީތައުލީމު މަރުހަލާގައި ދަރިވަރުން އުނގެނޭ ކޮންމެ އަކުރަކީ ގައުމު ބިނާކުރުމުގައި ކުރެވޭ ވަރަށް އަގުބޮޑު އިންވެސްޓެއްކަން ކަމަށާއި، ސަރުކާރުން ދޭ ސްކޮލާޝިޕްގެ ހަގީގީ މަގުސަދު ހާސިލްވެގެންދާނީ ކުދިންގެ ގާބިލް ހުނަރުވެރި އަދި ގައުމު އާރާސްތުކުރުމުގައި މުހިންމު ރޯލެއް ކުޅޭނެ ބަޔަކަށްވެގެން ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

07 ފެބުރުއަރީ 2017
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ
05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
02 ފެބުރުއަރީ 2017

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017
ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
23 ޖެނުއަރީ 2017

ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ

23 ޖެނުއަރީ 2017
ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް