Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަފީރުންގެ ބައްދަލުވުން

ދިވެހި ސަފީރުންގެ ބައްދަލުވުން ބާއްވައިފި

19 ޖޫން 2019 | ބުދަ 16:18

ކާމިޔާބު ޕާޓްނާޝިޕް ފޯރަމަކަށް ރައީސް ޝުކުރު އަދާކުރެއްވި

އަމަން ހަލީމް
އަމަން ހަލީމް | 19 ޖޫން 2019 | ބުދަ 16:18
ރައީސް ސޯލިހާ ވަޒީރުންނާ އެކު ސަފީރުން

ރައީސް ސޯލިހާ ވަޒީރުންނާ އެކު ސަފީރުން

ދިވެހިރާއްޖެއިން ދުނިޔޭގެ އެކި ޤައުމުތަކަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންގެ ބައްދަލުވުން މާލޭގައި ބާއްވައިފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު 3 ދަންފަޅިއަކަށް ބަހާލައިގެން ބޭއްވި މި ބައްދަލުވުން އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްއެވެ.ސަފީރުންގެ ބައްދަލުވުން އިފްތިތާޙްކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ނިމިގެން ދިޔަ މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމް ކާމިޔާބުކަމާއިއެކު ނިންމާލެވުނުކަމަށްޓަކައި ސަފީރުންނަށާއި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ މުވައްޒަފުންނަށް މަރުޙަބާ ދެންނެވިއެވެ. އަދި ޖަޒީރާ ރާއްޖެ މެނިފެސްޓޯގައި ހިމެނޭ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ބައްދަލުވުމުގެ ދެވަނަ ދަންފަޅީގައި ސަފީރުން ވަނީ އެމްބަސީތައް ހިންގުމުގައި ހުރި ދަތިތަކާއި، ކުރިމަތިވާ ގޮންޖެހުންތަކާއި ބެހޭ ގޮތުން މަޝްވަރާކޮށް، ޚިޔާލުބަދަލުކުރައްވާފައެވެ. މި ދަންފަޅީގައި އާސަންދަ ކުންފުނިން ރާއްޖެއިން ބޭރުގައި ތިއްބަވާ ދިވެހިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި ބެހޭ ގޮތުން އާސަންދަ ކޮމްޕެނީ ލިމިޓެޑުން ސަފީރުންނަށް މައުލޫމާތު ފޯރުކޮށްދިނެވެ. އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބޭރު ޤައުމުތަކަށް އިޝްތިހާރުކުރުމާއި ބެހޭ ގޮތުން މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރް ކޯޕަރޭޝަނުންވެސް ޕްރެޒެންޓޭޝަނެއް ވަނީ ދީފައެވެ.

މީގެ އިތުރުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއިލް އާއި މިނިސްޓަރ އޮފް ފައިނޭންސް އިބްރާހިމް އަމީރު ވަނީ ސަފީރުންނާއި ބައްދަލުކުރައްވައި، ދިވެހިރާއްޖޭގެ އިޤްތިޞާދީ ދާއިރާއާއި މާލީ ދާއިރާއާއި ބެހޭ ގޮތުންނާއި ރާއްޖޭގައި ބޭރުގެ ފަރާތްތަކުން އިންވެސްޓްކުރުމާއި ބެހޭ މައުލޫމާތު ސަފީރުންނަށް ދެއްވާފައެވެ. އަދި ޖިނާޢީ ކަންކަމާއި ބެހޭ ގޮތުން ސަފީރުންގެ ސުވާލުތަކަށް ޕްރޮސިކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ވަނީ ޖަވާބު ދެއްވާފައެވެ.

ސަފީރުންގެ ބައްދަލުވުން ނިންމާލާފައިވަނީ އެކި ޤައުމުތަކުގައި ހުރި ދިވެހިރާއްޖޭގެ އެމްބަސީތަކަށް ދިމާވާ އެކި ގޮންޖެހުންތަކާއި، އެގޮންޖެހުންތަކުން އަރައިގަތުމުގެ ޙައްލުތަކާއި ބެހޭ ގޮތުން މަޝްވަރާކުރެއްވުމަށްފަހުގައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް