Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަފީރުންގެ ބައްދަލުވުން

ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ވެސް ރާއްޖެއިން ވަކާލާތުކުރަނީ، ޤާނޫނުގެ ބާރު ނަގަހައްޓައި، އިންސާފު ދަމަހައްޓަން: ރައީސް ސޯލިހް

19 ޖޫން 2019 | ބުދަ 06:40

ބޭރު ގައުމުތަކަށްދާ ދިވެހިންގެ ދަތިތައް ޙައްލުކޮށްދިނުމަކީ، އެމްބަސީތަކުގެ އެންމެ މުހިންމު މަސައްކަތް

ޝަރޫނާ އަބްދުﷲ
ޝަރޫނާ އަބްދުﷲ | 19 ޖޫން 2019 | ބުދަ 06:40
ސަފީރުންގެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަަވަނީ

ސަފީރުންގެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަަވަނީ

ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ވެސް ރާއްޖެއިން ވަކާލާތުކުރަނީ، ޤާނޫނުގެ ބާރު ނަގަހައްޓައި، ހަމަޔާއި އިންސާފު ދަމަހައްޓަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ދިވެހި ސަފީރުންގެ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖެއަކީ ނިސްބަތުން ކުޑަ ޤައުމެއް ނަމަވެސް، ސާބިތުކަމާއެކު ގޮންޖެހުންތަކާ ކުރިމަތިލާ، ޢަޒުމް ވަރުގަދަ ޤައުމެއް ކަމަށެވެ. ޤައުމީ ފެންވަރުގަޔާއި ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ވެސް ރާއްޖެއިން ވަކާލާތުކުރަނީ، ޤާނޫނުގެ ބާރު ނަގަހައްޓައި، ހަމަޔާއި އިންސާފު ދަމަހައްޓަން ކަމަށާއި ދިވެހިރާއްޖޭގެ ޑިޕްލޮމަސީގެ އަސާސްތަކަކީ ވެސް އެއީ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ސޯލިހް ވިދާޅުވީ ސަފީރުންގެ އެންމެ އިސް މަސްއޫލިއްޔަތަކީ ދިވެހި ގައުމާއި ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުން ކަމަށެވެ.

ސަފީރުން ތިއްބަވާ ޤައުމުތަކުގައި ދިރިއުޅޭ ދިވެހީންނާއި، އެކި ބޭނުންތަކުގައި ޒިޔާރަތްކުރާ ދިވެހިންނަށް ދިމާވާ ދަތިތައް ޙައްލުކޮށްދިނުމަކީ، ދިވެހި އެމްބަސީތަކުގެ އެންމެ މުހިންމު މަސައްކަތް ކަމުގައި ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހި ޤައުމުގެ ހައިބަތު އުފުލައިދެނީ، މި ހަރުދަނާ ޑިޕްލޮމަސީ ކަމަށާއި ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަމަކީ މި ޤައުމުގެ ދިފާޢު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ސަފީރުންނަކީ، ޑިޕްލޮމަސީ ހިންގަވަން ތިއްބެވި ފަހުލަވާނުން ކަމަށާއި ޚާރިޖީ ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ހީނަރުވެފައިވާ ގުޅުންތައް އަލުން ބަދަހިކުރުމުގައި، ސަފީރުންގެ ދައުރު ވަރަށް މުހިންމު ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް، ޚާއްޞަކޮށް، ދިވެހި ކިޔަވާކުދިންނަށް ދޭންޖެހޭ ކޮންސިއުލަރ ޚިދުމަތްތައް ފަސޭހަކޮށްދިނުމާ އެކު، އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަކީ، ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމަށާއި މިކަމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވޭނީ ސަފީރުންނަށް ކަމަށެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ އިސް އަމާޒަކީ، ރާއްޖޭގެ ސިޔާދަތީ މިނިވަންކަން ޙިމާޔަތްކޮށް، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެހެން ޤައުމުތަކާ އެކު ގުޅުން އުފައްދައި ދަމަހައްޓާނީ، ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަމަށް، ކިތަންމެ ކުޑަ ނަމަވެސް އުނިކަމެއް ނާންނާނެ ގޮތުގެ މަތިން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ދިވެހިންގެ އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމާ އެކު، ފުރިހަމަ ޑިމޮކްރެޓިކް ނިޒާމެއް ޤާއިމުކޮށް، އިޤްތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށްވުމަކީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު އަސާސް ކަމަށާއި ބައިނަލްއަޤްވާމީ މަސްރަޙުގައި ސާބިތުކަމާ އެކު އިސްއުފުލައި، ޢަދުލުވެރިކަމާއި ހަމަޔާއި އިންސާފަށް އަޑުއުފުލުމަކީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު ރުކުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ދިވެހި ޚާރިޖިއްޔާގެ މަސައްކަތަކީ ވެސް ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯ ފުރިހަމަކުރާނެ ގޮތްތަކެއް ހޯދުން ކަމަށާއި ބޭރުގެ ޤައުމުތަކާ އެކު މުޢާމަލާތުކޮށް، ދިވެހިރާއްޖޭގެ ތަރައްޤީގައި ބައިވެރިވެ، އެހީވެދޭނެ ފަރާތްތަކެއް ހޯދުން ކަމަށް ވާއިރު، އެކަމުގައި ޢަމަލީ ގޮތުން، އެންމެ އިސް ދައުރެއް އަދާކުރެވޭނެ އެއްބަޔަކީ، ސަފީރުން ކަމުގައި ރައީސް ސިފަކުރެއްވިއެވެ.

މީގެ އިތުރުން، ރައީސް ވިދާޅުވީ ބޭރު ދުނިޔޭގައި ދިވެހި ދައުލަތް ތަމްސީލު ކުރައްވާ ބޭފުޅުންނަކީ ސަފީރުން ކަމަށެވެ. އަދި ސަފީރުންގެ ބައްދަލުވުމުގެ އެންމެ މައިގަނޑު އެއް މަޤްޞަދަކީ، ޒިންމާތައް އަދާކުރުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދުމަށް މަޝްވަރާކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

01 ޖޫން 2017

ބައިނަލްއަޤުވާމީ މާކެޓްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބޮންޑް ވިއްކައިފި

01 ޖޫން 2017
ބައިނަލްއަޤުވާމީ މާކެޓްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބޮންޑް ވިއްކައިފި
31 މެއި 2017

ރާއްޖެއިން ލަންކާއަށްދޭ ފައިސާގެ އެހީ އެގައުމުގެ ސަރުކާރާއި ހަވާލުކޮށްފި

31 މެއި 2017
ރާއްޖެއިން ލަންކާއަށްދޭ ފައިސާގެ އެހީ އެގައުމުގެ ސަރުކާރާއި ހަވާލުކޮށްފި
31 މެއި 2017

ރާއްޖެއިން ފުރަން ހުއްދަ ނުދީ، ފާރިސް އަނެއްކާވެސް ފުލުހަށް ހާޒިރުކުރަނީ

31 މެއި 2017
ރާއްޖެއިން ފުރަން ހުއްދަ ނުދީ، ފާރިސް އަނެއްކާވެސް ފުލުހަށް ހާޒިރުކުރަނީ
20 އެޕްރީލު 2017

ރާއްޖެއިން ބޭރުގައި ނިންމާފައިވާ އާބިޓްރަލް އެވޯޑެއް ރާއްޖޭގައި ތަންފީޒް ކުރާނީ ސިވިލް ކޯޓުން: ހައިކޯޓް

20 އެޕްރީލު 2017
 ރާއްޖެއިން ބޭރުގައި ނިންމާފައިވާ އާބިޓްރަލް އެވޯޑެއް ރާއްޖޭގައި ތަންފީޒް ކުރާނީ ސިވިލް ކޯޓުން: ހައިކޯޓް
07 މާރިޗު 2017

އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި

07 މާރިޗު 2017
އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި
03 މާރިޗު 2017

ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ

03 މާރިޗު 2017
ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ
28 ފެބުރުއަރީ 2017

އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި

28 ފެބުރުއަރީ 2017
އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި
26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް