Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަންޑާރަ ނާއިބް އިބްރާހިމް ރިއްފަތު

އިންސާފު ގާއިމު ވާނީ ފަނޑިޔާރުން ޖަވާބުދާރީ ކޮށްގެން: ބަންޑާރަ ނާއިބް

ޤާނޫނު އަސާސީގައި ވަނީ ދައުލަތުގެ ބާރުތަކުގެ އިންތައް ސާފުކޮށް ބަޔާންކޮށްދީފައި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 17 ޖޫން 2019 | ހޯމަ 15:56
ަބަންޑާރަ ނާއިބް އިބްރާހިމް ރިއްފަތު

ަބަންޑާރަ ނާއިބް އިބްރާހިމް ރިއްފަތު

ފަނޑިޔާރުން ޖަވާބުދާރީކޮށް، ފާރަވެރިވެގެން މެނުވީ އިންޞާފު ޤާއިމުވެއްޖެކަމުގެ އިޚްސާސެއް ނުކުރެވޭނެ ކަމަށް ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ރިއްފަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޤާނޫނު އަސާސީގައި ވަނީ ދައުލަތުގެ ބާރުތަކުގެ އިންތައް ސާފުކޮށް ބަޔާންކޮށްދީފައި ކަމަށެވެ. އަދި ޢަދުލު އިންޞާފުގެ ބާރުކަމަށްވާ ސުޕްރީމް ކޯޓުވެސް ހިނގަންވާނީ އިންޞާފުގެ މަގުން ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އިންސާފު ގާއިމު ވާނީ ފަނޑިޔާރުގެ ޖަވާބުދާރި ކޮށްގެން ކަމަށް ބަންޑާރަ ނައިބް ވިދާޅުވެފައިވާއިރު، ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) ނިންމާ ނިންމުމަކާއި ގުޅިގެން އެ ކޮމިޝަން ޖަވާބުދާރީ ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް އެކަނިކަމަށާއި، ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުޞޫލުތައް ނެގެހެއްޓުމަށް ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިސިއްޔަތުން ކުރާންޖެހޭ އެންމެހައި ކަންކަން ފަސްޖެހުމެއްނެތި ކުރާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ހޯމަ ދުވަހު ނެރުއްވި ބަޔާނެއްގައި ވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިހު އިޝާރާތް ކޮށްފައިވަނީ ހޯމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅޭ ގޮތުންނެވެ. ސުޕްރީމް ކޯޓުން ގެންދަނީ ފުލުފުލުގައި އަމުރުތައް ނެރެ، ޖޭއެސްސީއާއި ދައުލަތުގެ ބާރުތަކުގެ ބާރުތައް ކަނޑުވާލަމުންނެވެ. ސުޕްރީމް ކޯޓު އަމުރާ ޚިލާފަށް ނިންމާ ކޮންމެ ނިންމުމެއް ބާތިލްވާނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ވަނީ އަމުރެއް ނެރެފައެވެ.

ޖޭއެސްސީއާ ސުޕްރީމް ކޯޓާ ދެމެދު ނުތަނަވަސްކަން އުފެދިގެން މިއުޅެނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމާއި ގުޅިގެންނެވެ. އޭނާގެ ސަސްޕެންޝަނާ ދެކޮޅަށް ސުޕްރީމް ކޯޓުން ދަނީ ބަޔާނަކަށް ފަހު ބަޔާނެއް ނެރެ ޖޭއެސްސީގެ ބާރެއް ނެތްކަމަށް ބުނަމުންނެވެ. ސުޕްރީމް ކޯޓުގެ ނުފޫޒު ޖޭއެސްސީ އަށް އިންތިހާ އަށް ފޯރާފައިވާ ކަމަށް ހުދު ބަންޑާރަ ނައިބްވެސް ވަނީ ވިދާޅުވެފައެވެ.

ޖޭއެސްސީގެ ދުސްތޫރީ އަދި ގާނޫނީ ވާޖިބަށް ހުރަސްއެޅުން ހުއްޓުވުމަށްޓަކައި ސުޕްރީމް ކޯޓުގެ ބާރުތައް ހަނިކޮށްދިނުމަށް އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންފައެވެ. އަދި އެ ކޯޓުގެ ނޭދެވޭ އަސަރު އެތައް ގޮތަކުން ޖޭއެސްސީ އަށް ފޯރުވަމުންދާ ކަމަށް ރިފްއަތު ވަނީ ފާހަގަކުރައްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ޖޭއެސްސީން މެމްބަރުންގެ ދެއްވި މައުލޫމާތުގެ މައްޗަށް އެ ކޮމިޓީން ރިޕޯޓެއް އެކުލަވާލައި މަޖިލީހުގައި ތަޅުމަށް ފޮނުވުމަށް އާދިއްތަ ދުވަހު ވަނީ ފާސްކޮށްފައެވެ.ޖޭއެސްސީގެ ނިންމުމަކީ ސައްހަ ނިންމުމެއް ކަން މަޖިލީހުން ކަނޑައަޅައި ދިނުމަށްވެސް އެ ރިޕޯޓުގައި ވަނީ އެކުލަވާލާފައެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު