Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް

އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމްކޮށްދޭނަން: މިނިސްޓަރ އަމީރް

ފޯރަމްގެ މަގުސަދަކީ ތަރައްގީގެ ބައިވެރިންނާ އެކު ހީނަރުވެފައިވާ ގުޅުން ބަދަހިކުރުން

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 17 ޖޫން 2019 | ހޯމަ 13:43
މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި އިބްރާހިމް އަމީރު ވާހަކަފުޅު ދައްކަވަނީ

މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި އިބްރާހިމް އަމީރު ވާހަކަފުޅު ދައްކަވަނީ

ރާއްޖޭގައި އިންވެސްޓްކުރަން އަންނަ ފަރާތްތަކަށް، ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން ވިޔަފާރިކުރަން ފަހި މާހައުލެއް ގާއިމްކޮށްދޭނެ ކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރުނބާ ވިލެޖްގައި ކުރިޔަށްދާ މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އަމީރު ވިދާޅުވީ، މި ފޯރަމްގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ތަރައްގީގެ ބައިވެރިންނާއި އެކު ހީނަރުވެފައި އޮތް ގުޅުން އަލުން ބަދަހިކުރުން ކަމަށެވެ. އަމީރު ވިދާޅުވީ ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކުގެ ފަހަތުގައި ވަނީ އެ ބައިވެރިންތައް ކަމަށެވެ. މި ސަރުކާރުން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކުރެވޭނީ އަމިއްލަ ފަރުދުންނާއި ބޭރުގެ ބައިވެރިންގެ އެހީތެރިކަމާއި އެކުކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ފޯރަމް ނިމިގެންދާ އިރު އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ކުރިޔަށް ގެންދަން ބޭނުންވާ މަޝްރޫއުތަކާއި ބެހޭ މައުލޫމާތާއި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް އެނގިގެން ދާނެ ކަމަށެވެ.

ރާއްޖެއިން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތަރައްގީގެ ގިނަ ލަނޑުދަނޑިތަކަށް ވާސިލްވެވުނު ނަމަވެސް، އެހެން ކުރިއަރަމުން އަންނަ ގައުމުތަކެކޭ އެއް ފަދައިން، ހަމަހަމަކަމާއި އެކީ ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމުގައި ދަތިތަކެއް އެބަހުރި ކަމަށް ވެސް އަމީރު ވިދާޅުވިއެވެ. ރާއްޖެއަކީ ކަނޑުތަކުން ވަކިވެފައިވާ ޖަޒީރާ ގައުމަކަށް ވުމުން، މި މައްސަލަ އެހެން ގައުމުތަކަށް ވުރެ ބޮޑުކަމަށް ވެސް އަމީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ސަރުކާރުން ތަރައްގީ ގެންނަން ބޭނުންވަނީ މި ހަގީގަތް ހިތުގެ އަޑިން ގަބޫލުކޮށްގެން، ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ރައްކާތެރިކޮށްގެން ކަމަށެވެ.

އަމީރު ވިދާޅުވީ މި ސަރުކާރުން ކަންކަން ކުރާނީ ދުރާލާ ތައްޔާރުވެގެން ކަމަށާއި، މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރއަކީ އޭގެ އަލިގަދަ ހެއްކެއް ކަމަށެވެ. އަދި ވަރަށް އަވަހަށް އެ ވުޒާރާއިން ގައުމީ ޑިވެލޮޕްމަންޓްގެ ޕްލޭނެއް އެކުލަވާލާނެ ކަމަށާއި، މި ރާއްޖެ ދުވަހަކުވެސް ނުދެކޭހާ ތަރައްގީ ގެނެސްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަމީރު ވިދާޅުވީ ތަރައްގީ ގެންނާނީ ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅުތަކާއި އެއްގޮތަށް ކަމަށެވެ.

މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި މި އަހަރު 32 ގައުމަކުން 150އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ. މި ފޯރަމްގެ ޕެނަލްތަކުގައި ކެބިނެޓުގެ ވަޒީރުން އެ ވުޒާރާއެއްގެ މެންޑޭޓުގައި ހިމެނޭ ކަންކަމާއި ގުޅޭ ސެޝަންތަކުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޚަރަދުތައް މެނޭޖްކުރަން ކޮންސަލްޓަންޓެއް ހޯދަނީ އެމަގާމު ހުސްވާތީ، މިއީ އިތުރު ޚަރަދެއްނޫން: މިނިސްޓަރ

ޚަރަދުތައް މެނޭޖްކުރަން ކޮންސަލްޓަންޓެއް ހޯދަނީ އެމަގާމު ހުސްވާތީ، މިއީ އިތުރު ޚަރަދެއްނޫން: މިނިސްޓަރ

27 ފެބުރުއަރީ 2020
އެއްމިލިއަން ވަނަ ފަތުރުވެރިއާ ރާއްޖެއައީ 2 އޯގަސްޓުގައި : މިނިސްޓަރ

އެއްމިލިއަން ވަނަ ފަތުރުވެރިއާ ރާއްޖެއައީ 2 އޯގަސްޓުގައި : މިނިސްޓަރ

21 އޯގަސްޓު 2019
ސަރުކާރުން އަބަދުވެސް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓަށް މަރުހަބާ ކިޔާނެ: މިނިސްޓަރ އަމީރު

ސަރުކާރުން އަބަދުވެސް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓަށް މަރުހަބާ ކިޔާނެ: މިނިސްޓަރ އަމީރު

27 މާރިޗު 2019
ޓޫރިޒަމް މިނިސްޓަރު އައްޑޫ އަދި ފުވައްމުލަކު ސިޓީ އަށް ވަޑައިގެންފި

ޓޫރިޒަމް މިނިސްޓަރު އައްޑޫ އަދި ފުވައްމުލަކު ސިޓީ އަށް ވަޑައިގެންފި

11 ޖެނުއަރީ 2019
ޖޯންސަންސް ބޭބީ ކެންސަރަށް މަގުފަހިވާ ކަމަށް ނިންމައި 4.7 ބިލިއަން ޑޮލަރު ދައްކަން ހުކުމް ކޮށްފި

ޖޯންސަންސް ބޭބީ ކެންސަރަށް މަގުފަހިވާ ކަމަށް ނިންމައި 4.7 ބިލިއަން ޑޮލަރު ދައްކަން ހުކުމް ކޮށްފި

13 ޖުލައި 2018

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު