Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސްޕޯޓްސް ކައުންސިލް އުވާލުން

ސްޕޯޓްސް ކައުންސިލް އުވާލުން، އެސޯސިއޭޝަންތަކުގެ ޝުކުރު މިނިސްޓަރ މަހްލޫފަށް

16 ޖޫން 2019 | އާދީއްތަ 23:18

ސްޕޯޓްސް ކައުންސިލް އެކުލެވެނީ 11 މެމްބަރުންގެ މައްޗަށް

ލީވާން އަލީ
ލީވާން އަލީ | 16 ޖޫން 2019 | އާދީއްތަ 23:18
މިނިސްޓަރ މަހްލޫފް

މިނިސްޓަރ މަހްލޫފް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެކުލަވާލާފައިވާ ސްޕޯޓްސް ކައުންސިލް ޤާނޫނާއި، އެއްގޮތަށް އުވާލާފައިވަނީ އާދީއްތަ ދުވަހުއެވެ. ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅޭ ކަންކަން ބެލެހެއްޓުމާއި އެތުލީޓުން ކުރިއަރުވައި ތަރައްގީކުރަން އެކުލަވާލާފައިވާ ސްޕޯޓްސް ކައުންސިލް 11 މެމްބަރުންގެ މައްޗަށް އެކުލެވޭއިރު، މި ކައުންސިލް ދެން އަލުން އެކުލަވާލާނީ އިންތިހާބު ކުރަންޖެހޭ މެމްބަރުންނާއި އެއްކޮށް ކަމަށް މިނިސްޓަރ އޮފް ޔޫތު ސްޕޯރޓްސް އެންޑް ކޮމިޔުނިޓީ އެންޕަވަރމަންޓް އަހުމަދު މަހްލޫފް ވަނީ ވިދާޅުވެފައެވެ.

ކުޅިވަރު ގިނަ އެސޯސިއޭޝަންތަކުން ވަނީ މިނިސްޓަރ މަހްލޫފްގެ މި ނިންމެވުމަށް ޝުކުރު އަދާކޮށްފައެވެ.

އެގޮތުން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ، ކުޅިވަރުގެ ދާއިރާގެ އިދާރީ ނިޒާމް ހަރުދަނާ ކުރުމަށް މިނިސްޓަރ މަހްލޫފް ކުރައްވާ މަސައްކަތަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރާ ކަމަށާއި، އަލުން އެކުލަވާލާ ކައުންސިލްއަކީ ކުރިމަގުގުއި މުޅި ކުޅިވަރު އާއިލާއަށް ހިދުމަތްތެރި ހަރުދަނާ ގާބިލް ކައުންސިލަކަށްވުން އެދޭ ކަމަށެވެ.

މިނިސްޓަރ މަހްލޫފްގެ ނިންމެވުމަށް ބާސްކެޓް އެސޯސިއޭޝަނުންވެސް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، ކުޅިވަރުގެ ގަނޫނާ އެއްގޮތަށް ކުޅިވަރުގެ ގައުމީ މަޖިލީސް އެކުލަވާލުމަށްޓަކައި މިހާރު އޮތް ކުޅިވަރުގެ ގައުމީ މަޖިލިސް އުވާލައްވަން މިނިސްޓަރ މަހްލޫފް ނިންމެވި ހިތްވަރުގަދަ ނިންމެވުމަށް މަރުހަބާ ކިޔާ ކަމަށް ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފައިވާއިރު، މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނުން ބުނީ، ކުޅިވަރު ތަރައްގީ ކުރުމަށް މިނިސްޓަރ މަހްލޫފް ކުރައްވަމުން ގެންދަވާ ކަންކަމަށް ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ، ގާނޫނާ އެއްގޮތަށް ސްޕޯޓްސް ކައުންސިލް އެކުލަވާލަން މިނިސްޓަރ މަހްލޫފް ނިންމެވި ނިންމުމަށް ޝުކުރު އަދާކުރާ ކަމަށާއި، އުންމީދަކީ އަލަށް އެކުލަވާލެވޭ ކައުންސިލަކީ ކުޅިވަރުގެ ހެވާ ލާބައަށް، ގާނޫނީ އިމުގެ ތެރެއިން މަސައްކަތްކުރާ ކައުންސިލަކަށްވުން ކަމަށެވެ.

މީގެއިތުރުން މިނިސްޓަރ މަހްލޫފްގެ ނިންމެވުމަށް ބޮޑީބިލްޑިންގ އެސޯސިއޭޝަނުން ބުނީ، ކުޅިވަރުގެ ކަންކަން ހަރުދަނާ ކުރެއްވުމަށްޓަކައި، އެޅުއްވި މުހިންމު ފިޔަވަޅަށް ބޮޑީބިލްޑިންގ އެސޯސިއޭޝަނުން މަރުހަބާ ދަންނަވާ ކަމަށާއި، ކުރިމަގުގައި ކުޅިވަރުތަކަށް، އިތުރުދިރުމާއި، އާރާސްތުކަން ގެނެސްދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތް ކަމަށެވެ. އަދި އުވިދިޔަ ކުޅިވަރު ކައުންސިލްގެ މެމްބަރުން ކޮށްދެއްވި ހިދުމަތަށް ބޮޑީބިލްޑިންގ އެސޯސިއޭޝަނުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ޓީޓީ އެސޯސިއޭޝަން އަދި ކްރިކެޓް އެސޯސިއޭޝަނުންވެސް މިނިސްޓަރ މަހްލޫފްގެ ނިންމެވުމަށް ޝުކުރު އަދާކޮށްފައިވާއިރު، އެ ދެ އެސޯސިއޭޝަނުންވެސް އުންމީދުކުރަނީ އަލަށް އެކުލަވާލާ ސްޕޯޓްސް ކައުންސިލުން ކުޅިވަރަށް ފައިދާ ހުރި ގޮތްތައް ނިންމަވާނެ ކަމަށެވެ.

ސްޕޯޓްސް ކައުންސިލްގައި ހިމެނެނީ ކުޅިވަރާބެހޭ ވުޒާރާއިން މިނިސްޓަރު އައްޔަންކުރައްވާ ދެ ބޭފުޅަކާއި، ކުޅިވަރާބެހޭ ވަޒީރު އައްޔަންކުރައްވާ އަންހެން ދެ ބޭފުޅަކާއި، ކުޅިވަރާބެހޭ ވަޒީރު އައްޔަންކުރައްވާ ގާނޫނީ ވަކީލަކާއި، އެޑިޔުކޭޝަން މިނިސްޓްރީ ތަމްސީލް ކުރުމަށް އެ ވުޒާރާގެ ވަޒީރު އައްޔަންކުރައްވާ މެންބަރަކާއި، ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން އޮލިމްޕިކް ކުޅިވަރުތައް ތަމްސީލް ކުރުމަށް ދެ މެންބަރުންނާއި ނޮން އޮލިމްޕިކް ކުޅިވަރުތައް ތަމްސީލް ކުރުމަށް ދެ މެންބަރުން އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީން ކަނޑައަޅާ މެންބަރެކެވެ.

ސްޕޯޓްސް ކައުންސިލުން މިހާރު ކުރާ އެންމެ ބޮޑު މަސައްކަތަކީ ކުޅިވަރުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތަކާއި އުސޫލުތައް ހެދުމެވެ. އެ މަސައްކަތުގެ 90 ޕަސެންޓް ނިމިފައިވާ ކަމަށް ދާދި ފަހުން ކައުންސިލްގެ ރައީސް އިބްރާހިމް އިސްމާއިލް ވަނީ ވިދާޅުވެފައެވެ. އަދި ހުރިހާ މަސައްކަތްތަކެއް މި އަހަރުގެ ނިޔަލަށް ނިންމައި ކްލަބްތަކާއި ޖަމިއްޔާތައް އިތުރަށް ހަރުދަނާކުރާނެ ގޮތްތަކާ މެދު އަންނަ އަހަރު ފުޅާ ދާއިރާއެއްގައި ވިސްނައި މަސައްކަތްކުރެވޭނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

07 ނޮވެމްބަރު 2019

ފެރިދޫ ކައުންސިލްގެ ރައީސް: ފިކުރު ތަފާތުވިޔަސް ތަރައްގީގެ އުއްމީދުގައި

07 ނޮވެމްބަރު 2019
ފެރިދޫ ކައުންސިލްގެ ރައީސް: ފިކުރު ތަފާތުވިޔަސް ތަރައްގީގެ އުއްމީދުގައި
10 އޮކްޓޯބަރު 2019

ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދިނުން: ބުއްދިވެރިކަމެއްތަ؟

10 އޮކްޓޯބަރު 2019
ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދިނުން: ބުއްދިވެރިކަމެއްތަ؟
14 ޖުލައި 2019

ބާ ކައުންސިލް: ޖުޑީޝަރީގެ ވަކިތަކުން ވަކީލުންނަށް މިންޖު

14 ޖުލައި 2019
ބާ ކައުންސިލް: ޖުޑީޝަރީގެ ވަކިތަކުން ވަކީލުންނަށް މިންޖު
09 މާރިޗު 2019

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ

09 މާރިޗު 2019
މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ
22 ފެބުރުއަރީ 2019

ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ނެތް

22 ފެބުރުއަރީ 2019
ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ނެތް
22 ފެބުރުއަރީ 2019

ހިއްކާފައި އޮތް ސަރަހައްދު ޕްލޭން ކުރަން ކައުންސިލާ ހަވާލުކުރަން މުހިއްމު: ހުރާ ކައުންސިލް

22 ފެބުރުއަރީ 2019
ހިއްކާފައި އޮތް ސަރަހައްދު ޕްލޭން ކުރަން ކައުންސިލާ ހަވާލުކުރަން މުހިއްމު: ހުރާ ކައުންސިލް
15 ޖެނުއަރީ 2018

ހިންނަވަރުގެ ފަސްގަނޑު 50 އަހަރަށް ބޭރުގެ ކުންފުންޏަކަށް، ކައުންސިލް "ފިލައިފި"، ރައްޔިތުން ވާނުވާގައި!

15 ޖެނުއަރީ 2018
ހިންނަވަރުގެ ފަސްގަނޑު 50 އަހަރަށް ބޭރުގެ ކުންފުންޏަކަށް، ކައުންސިލް "ފިލައިފި"، ރައްޔިތުން ވާނުވާގައި!
13 ޑިސެމްބަރު 2017

ދެން ނުވެ އޮތްކަމަކި ކައުންސިލްތައް އުވާލުމެވެ. އެކަންވެސް ކުރައްވާށެވެ.

13 ޑިސެމްބަރު 2017
ދެން ނުވެ އޮތްކަމަކި ކައުންސިލްތައް އުވާލުމެވެ. އެކަންވެސް ކުރައްވާށެވެ.
23 މެއި 2017

ކަންކަން ވާކަން ދައްކަން އުޅެންހަދައިގެން މީޑިއާ ކައުންސިލް ގޮވީ "އަތަށް"!

23 މެއި 2017
ކަންކަން ވާކަން ދައްކަން އުޅެންހަދައިގެން މީޑިއާ ކައުންސިލް ގޮވީ "އަތަށް"!
23 ޖެނުއަރީ 2017

އީއައިއޭ ހަދަން ނުޖެހުން، ތިމާވެއްޓާ މިނިސްޓްރީ އުވާލުންފަދަ ކަމެއް؟!

23 ޖެނުއަރީ 2017
އީއައިއޭ ހަދަން ނުޖެހުން، ތިމާވެއްޓާ މިނިސްޓްރީ އުވާލުންފަދަ ކަމެއް؟!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް