Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕައުލް ޕޮގްބާ

ޔުނައިޓެޑު ދޫކޮށްލާނެކަމުގެ އިޝާރާތެއް ޕޮގްބާ ދީފި

16 ޖޫން 2019 | އާދީއްތަ 15:54

ޕޮގްބާގެ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރު

ލީވާން އަލީ
ލީވާން އަލީ | 16 ޖޫން 2019 | އާދީއްތަ 15:54
ޕައުލް ޕޮގްބާ

ޕައުލް ޕޮގްބާ

މެންޗެސްޓާ ޔުނައިޓެޑު ދޫކޮށްލާނެކަމުގެ އިޝާރާތެއް އެ ކްލަބަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފިލްޑަރ ޕައުލް ޕޮގްބާ ދީފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ޕޮގްބާ ބުނީ، މިދުވަސްވަރު ތަފާތު ވާހަކަތައް މީޑިއާގައި ފެތުރެމުން އަންނަ ކަމަށާއި، ނަމަވެސް ހަގީގަތަކީ މި ސީޒަނަށްފަހު ތަފާތު ތަޖުރިބާއެއްކުރަން ބޭނުންވެފައިހުރި ކަމަށެވެ.

ޕޮގްބާ ބުނީ، ޔުނައިޓެޑާއެކު ތިން ސީޒަން ހޭދަކުރެވިފައިވާ ކަމަށާއި، ކްލަބުގައި ރަނގަޅު ކުޅުމެއްވެސް ދެއްކޭ ކަމަށެވެ. އަދި އެހެން ކުޅުންތެރިން ފަދައިން ރަނގަޅު ދުވަސްތަކާއި، ހިތާމަވެރި ދުވަސްތައް ކްލަބުގައި ހޭދަކުރެވިފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މި ސީޒަން ޕޮގްބާއަށް ނިމިފައިވާއިރު، އޭނާގެ ކްލަބް ޔުނައިޓެޑަށް މި ސީޒަނަކީ ކާމިޔާބު ސީޒަނެއް ނޫނެވެ. އެޓީމު ޕްރިމިއާ ލީގުގެ ހަވަނައިގައި ނިންމާލާފައިވާއިރު، ކުރިޔަށް އޮތް ސީޒަނުގެ ޗެމްޕިއަންސް ލީގުންވެސް ޖާގަ ނުލިބެއެވެ. އަދި އެ ކްލަބް ޖެހޭނީ ޔޫރޮޕާ ލީގުގެ ވެސް ކޮލިފައިން ކުޅޭށެވެ.

ޔުނައިޓެޑާ އެކު ޕޮގްބާ ހަދާފައިވާ އެއްބަސްވުން 2021 ވަނަ އަހަރު ހަމަވާ އިރު، އޭނާ އަށް މިހާރު ލިބެނީ ހަފްތާ އަކު 290،000 ޕައުންޑެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޔުނައިޓެޑާ އެކު ޕޮގްބާ ހަދާފައިވާ އެއްބަސްވުން ހަމަވަންދެން އޭނާ އެ ކްލަބުގައި މަޑުކުރާނެއެވެ. ނަމަވެސް މިކަން އަދި ކަށަވަރެއް ނުވެއެވެ.

ޔުނައިޓެޑުން 2010 ވަނަ އަހަރު ކެރިޔަރު ފެށި އުމުރުން26 އަހަރުގެ ޕޮގްބާ ވަނީ މިހާތަނަށް އެ ޓީމަށް ކުޅުނު 135 މެޗުގައި 31 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ އެ ޓީމާ އެކު ލީގް ކަޕް އަދި ޔޫރޮޕާ ލީގު ވެސް ކާމިޔާބު ކޮށްފައެވެ.

ފްރާންސާ އެކު 2013 ވަނަ އަހަރު 20 އަހަރުން ދަށުގެ ވޯލްޑްކަޕް އަދި މިދިޔަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ޕޮގްބާ ވަނީ ސީނިއާ ޓީމުގައި ހިމެނި 66 މެޗު ކުޅެ 10 ލަނޑު ކާމިޔާބު ކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
06 ފެބުރުއަރީ 2017

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

06 ފެބުރުއަރީ 2017
މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
20 ޖެނުއަރީ 2017

ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ

20 ޖެނުއަރީ 2017
ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
11 ޖެނުއަރީ 2017

ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ

11 ޖެނުއަރީ 2017
ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް