Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަނގުރާމަތަކަށް ގޮސްފައިވާ ދިވެހިން

ހަނގުރާމައަށް ދިޔަ މީހުން ގެންނާކަށް ތާއީދެއް ނުކުރަން: ރައީސް ނަޝީދު

16 ޖޫން 2019 | އާދީއްތަ 04:44

އެކަން ހުއްޓުވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި

އަމަން ހަލީމް
އަމަން ހަލީމް | 16 ޖޫން 2019 | އާދީއްތަ 04:44
ނައިބު ރައީސް ފައިސަލް ނަސީމް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ނައިބު ރައީސް ފައިސަލް ނަސީމް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ބޭރުގެ ހަނގުރާމަތަކުގައި ބައިވެރިވާން ރާއްޖެ ދޫކޮށް ގޮސްފައިވާ މީހުން އަނބުރާ ރާއްޖެ ގެންނަން ބޭނުންނުވާ ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް އާއި ސަރުކާރުގެ ވަޒީރުންނާއި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ބައެއް މެމްބަރުންނާއި އެ ޕާޓީގެ ގައުމީ މަޖިލީގުގެ އިސް ފަރާތްތަކާ އެކު މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނަޝީދު ވިދާޅުވީ އެ މީހުންނަށް އަނބުރާ ނާދެވޭ ގޮތަށް ހަދަން ބޭނުންވާ ކަމަށެވެ. ސަބަބެއް ކަމަށް އެމަނިކުފާނު ވިދާޅުވީ އެ މީހުންގެ ފަރާތުން މުޖުތަމައަށް ކުރިމަތިވެދާނެ ނުރައްކާ ވަޒަން ކުރަން ނޭނގޭނެތީ ކަމަށެވެ. އަދި އެ މީހުން އަނބުރާ ގެނެސްގެން ރިހެބިލިޓޭޓް ކުރެވޭނެ ގޮތެއް ނެތް ކަމަށް ވިދާޅުވެ އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ވެސް ހަރުކަށި ފިކުރަށް ތާއީދުކުރާ ބަޔަކު އަޑީގައި ތިބެގެން ބަޔަކު ހަނގުރާމަތަކަށް ފޮނުވާފައިވާ ކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެ މީހުންނާ ބެހޭ ފުރިހަމަ މައުލޫމާތު ސަރުކާރަށް ލިބިފައިވާ ކަމަށާއި، އެ މީހުންގެ ހަރަކާތްތައް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ސަރުކާރުން އެ މީހުންގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި، އެ މީހުން ހަނގުރާމަ ކުރަމުން ދަނީ ކޮންތަނެއްގައި ކަން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. އޭގެ ތެރެއިން އެއްވެސް ބަޔަކު އަނބުރާ ގައުމަށް އައިސްފައި ނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ހަރުކަށި ފިކުރު ފެތުރުން ހުއްޓުވަން ސަރުކާރުން ކުރާ ހުރިހާ މަސައްކަތަކަށް އެއްބާރުލުންދީ އެކަން ހުއްޓުވަން މަޖިލީހުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ ހަރުކަށި ހިޔާލުތައް ފެތުރެނީ ގާނޫނުތަކާ ގަވައިދުތަކާ ނެތިގެން ނޫން ކަމަށެވެ. އެ ޒާތުގެ ކަންކަމަށް މަގުފަހި ކޮށްދެނީ އެއިރެއްގައި އެކަންކަން ބެލުމުގެ ޒިންމާ އެޅިފައި ތިބި ބަޔަކު އެކަންކަމަށް އަޅާނުލުމުން ނުވަތަ ގަސްތުގައި މަގުފަހިކޮށްދިނުމުން ކަމަށް ވެސް ވިދާޅުވިއެވެ.

އޭގެ އިތުރަށް ނަޝީދު ވިދާޅުވީ ޓެރަރިޒަމްގެ ނުރައްކާ އޮތް މިންވަރާ މެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށާއި އެކަން ހުއްޓުވަން ރާއްޖެއިން އެކުވެރި ގައުމުތަކާ އެކު އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން މިއީ ވަކި ގައުމެއްގެ މައްސަލައެއް ނޫން ކަމަށާއި މިއީ ބައިނަލްއަގްވާމީ މައްސަލައެއް ކަމަށް ބުނެ، ބައިނަލްއަގްވާމީ މުޖުތަމައު ގުޅިގެން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ޓެރަރިޒަމްގެ މައްސަލައަކީ ދުނިޔޭގެ ގައުމުތަކުމް، ހާއްސަކޮށް ދެކުނު އޭޝިއާގެ ގައުމުތަކަށް ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ. ނަޝީދު ވިދާޅުވީ ޓެރަރިޒަމްގެ ނުރައްކާ އޮތް މިންވަރާ މެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށާއި އެކަން ހުއްޓުވަން ރާއްޖެއިން، އެކުވެރި ގައުމުތަކާ އެކު އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ. މި ފަހުން ލަންކާގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ވެސް ދިވެހިރާއްޖެއިން ވެދެވެން އޮތް ހުރިހާ އެހީއެއް ވެދެއްވާފައިވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތް ތަނުގައި ވެސް ދެ ގައުމު އެއް ގައުމު އަނެއް ގައުމަށް މި ޒާތުގެ މައްސަލަތަކުގައި އެހީވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އަދި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަރޫ ޖަޔަސޫރިޔާއާ ބައްދަލުކުރައްވަން ހަމަޖެހިފައިވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް