Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުހީ

މަތީ ތައުލީމާ ބެހޭ ގާނޫނެއް އެކުލަވާލަނީ

16 ޖޫން 2019 | އާދީއްތަ 02:59

ހަޔަރ އެޑިއުކޭޝަންގެ ކޮލިޓީ ރަނގަޅުކުރަން އިސްކަމެއްދެއްވާ ކަމަށް ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް | 16 ޖޫން 2019 | އާދީއްތަ 02:59
ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން

ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން

ދިވެހިރާއްޖޭގައި ދެވޭ މަތީ ތައުލީމު އިތުރަށް ހަރުދަނާ ކުރުމުގެ މަގްސަދުގައި މަތީ ތައުލީމާ ބެހޭ ގާނޫނެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. ހަސަން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން އެ މިނިސްޓްރީއާ ހަވާލުކުރި ވައުދުތައް ނިމުމާ އެކު މިހާރު އެ މިނިސްޓްރީން އަމާޒު ހިފާފައި ވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ އެކްޝަން ޕްލޭންގައި ހުރި ކަންތައްތައް ފުރިހަމަ ކުރުމުގެ މަސައްކަތަށް ކަމަށެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން ރާއްޖޭގެ މަތީ ތައުލީމު ކަންތައްތައް ފުރިހަމަ ކުރުމަށްޓަކައި އިތުރު މަސައްކަތްތަކެއް ކުރަމުންދާ ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އޭގެ ތެރެއިން އެންމެ އިސްކަމެއް ދެއްވަނީ ހަޔަރ އެޑިއުކޭޝަންގެ ކޮލިޓީ ރަނގަޅުކުރުން ކަމަށާއި، މުސްތަގުބަލުގައި އެއާ ގުޅުން ހުރި ކަންތައްތައް ފެނިގެން ދާނެ ކަމަށް ވިދާޅުވިއެވެ.

އެ މިނިސްޓްރީން ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ ފަރާތްތަކަށް ގަވަރނެންސްގެ ދާއިރާއިން އެކި ކަހަލަ ޓްރެއިނިންގެ ފުރުސަތުތައް ދިނުމާއި، ރާއްޖޭގައި މަތީ ތައުލީމަށް ކިޔަވާ ކުދިންނަށް އޮންލައިން ލައިބްރަރީ ސަރވިސްގެ ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން މަތީ ތައުލީމަށް ކިޔަވާ ދަރިވަރުންނަށް އެކި ކަހަލަ ޓްރެއިނިންގ ދިނުން ހިމެނެއެވެ. އަދި އޭގެ އިތުރުން ނެޝަނަލް ރިސަރޗް ކައުންސިލެއް ގާއިމް ކުރުން ވެސް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޑރ. ހަސަން ވިދާޅުވީ، އެ މިނިސްޓްރީއާ ހަވާލުކޮށްފައިވާ ޖޫނިއަރ ކޮލެޖް ހެދުމުގެ މަސައްކަތަކީ ވެސް މިހާރު އިސްކަމެއް ދީގެން މިނިސްޓްރީން ކުރަމުން އަންނަ ކަމެއް ކަމަށެވެ. ޖޫނިއަރ ކޮލެޖަކީ، ސެކަންޑަރީ ނިންމާ ދަރިވަރުންނަށް ބޭނުންވާ ތައުލީމާއި ތަމްރީނު ހުނަރު އެހެން ގޮތަކަށް ފޯރުކޮށްދީގެން އެ ދަރިވަރުންނަށް ވަޒީފާގެ ފުރުސަތު ފޯރުކޯށްދިނުމަށްޓަކައި އުފައްދަން ގަސްތުކުރާ އިންސްޓިޓިއުޝަނެކެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
01 ފެބުރުއަރީ 2017

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017
ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް