ޓޯކޮށްފައިވާ ގިނަ އަދަދެއްގެ ވެހިކަލްތައް ނައްތާލައިފި
15 ޖޫން 2019 | ހޮނިހިރު 08:23ނައްތާލީ 64 ސައިކަލާއި 4 ފުރޮޅުލީ 10 ވެހިކަލާއި 5 ބައިސްކަލް

އަމްނާ އިމާދު | 15 ޖޫން 2019 | ހޮނިހިރު 08:23
ވެހިކަލް ނައްތާލުމުގެ މަސައްކަތް ކުރަނީ
ޓޯކޮށްފައިވާ ގިނަ އަދަދެއްގެ ވެހިކަލްތައް ނައްތާލައިފިއެވެ.
ފުލުހުން ބުނީ ޓޯކުރެވިފައިވާ ވެހިކަލްގެ ތެރެއިން ނައްތާލީ ޖުމްލަ 74 ވެހިކަލް ކަމަށެވެ.
ނައްތާލާފައި ވަނީ 64 ސައިކަލާއި ހަތަރު ފުރޮޅުލީ 10 ވެހިކަލާއި ފަސް ބައިސްކަލް ކަމަށް ފުލުހުން ބުންޏެވެ.
ގަވައިދާ ހިލާފަށް ޕާކްކުރުމުގެ ސަބަބުން ޓޯކޮށްފައިވާ ގިނަ އަދަދެއްގެ ވެހިކަލް މީގެ ކުރިން ވެސް ފުލުހުން ވަނީ ނައްތާލާފައެވެ. އަދި ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްފައި އެބަހުއްޓެވެ.
ޓޯކުރާ ވެހިކަލްތައް ނައްތާލަނީ އެ ތަކެއްޗާ ހަވާލުވުމަށް އިއުލާނުކޮށްގެން ވެސް ދޭ މުއްދަތުގެ ތެރޭގައި ހަވާލުވާން ނައުމުން ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ފަހުއެވެ.





