Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތާރީހުގެ ތެރެއިން ތިމާވެށީގެ ވަޒީރުން

އީޕީއޭ މިނިވަންކޮށް، ތިމާވެށީގެ ސިޔާސަތުތައް ހަރުދަނާކުރާނަން: ރައީސް

13 ޖޫން 2019 | ބުރާސްފަތި 18:00

ރައީސް ވިދާޅުވީ އީޕީއޭ މިނިވަންކުރަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަށް ހުށައަޅުއްވާނެ ކަމަށެ

އަމަން ހަލީމް
އަމަން ހަލީމް | 13 ޖޫން 2019 | ބުރާސްފަތި 18:00
ރައިސް އިބްރާހިމް މުހައްމަދު ސޯލިހު

ރައިސް އިބްރާހިމް މުހައްމަދު ސޯލިހު

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) މިނިވަން ތަނަކަށް ހަދާ، ތިމާވެއްޓާ ބެހޭ ސިޔާސަތުތައް މިހާރަށް ވުރެ ހަރުދަނާ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

"ތާރީޚުގެ ތެރެއިން ތިމާވެށީގެ ވަޒީރުން" ގެ ނަމުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މި ސަރުކާރުގެ އެންމެ މުހިންމު އަމާޒަކީ ތިމާވެށި ހިމާޔަތް ކުރުން ކަމަށެވެ. ކުރިން ތިމާވެށީގެ ވަޒީރުކަން ކުރެއްވި ގިނަ ވަޒީރުންތަކަކާއި އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ތިމާވެށި ހިމާޔަތް ކުރުން ކަމަށެވެ. އެގޮތުން އީޕީއޭއަށް ގާނޫނީ ބާރުވެރިކަން ދިނުމަށް ސަރުކާރުން ވަރަށް އަވަހަށް މަސައްކަތް ފައްޓާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ މިނިސްޓްރީތަކުގެ މެދުގައި އޮންނަ ވާދަވެރިކަމުގެ ސަބަބުން ބައެއް ފަހަރު ސިޔާސަތުތައް ތަންފީޒުކުރަން ހުރަސްއެޅޭ ކަމަށެވެ. އެގޮތުން ރައީސް ވިދާޅުވީ ބައެއް މިނިސްޓްރީތަކުން ގޮތް ދޫނުކުރުމުގެ ސަބަބުން ބައެއް މަޝްރޫއުތައް ހުއްޓާލަން ޖެހިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ ތަރައްގީވަމުން އަންނަ ގައުމަކަށް ވުމުން، ތިމާވެށި ހިމާޔަތްކުރަން އުނދަގޫވެދާނެ ކަމަށެވެ. އެގޮތުން މައްސަލަތައް ފެންމަތިވަނީ ވިޔަފާރިވެރިންނާއި ޑިވެލޮޕަރުން އެއްކޮޅުގައި ތިބެފައި އަނެއް ކޮޅުގައި ތިމާވެށި ހިމާޔަތްކުރަން ބޭނުންވާ ފަރާތްތައް ތިބުމުން ކަމަށް ވިދާޅުވެ އެފަދަ ދަނޑިވަޅުތަކުގައި ނިންމަން ޖެހޭ އުނދަގޫ ނިންމުންތައް ނިންމަން، ހާޒިރުވެ ތިބި މިނިސްޓަރުންގެ ލަފަޔަކަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ކުރިން ތިމާވެށީގެ ވަޒީރުކަން ކުރެއްވި ބޭފުޅުންނާ އެކު ބޭއްވި ބައްދަލުވުމަކީ މި އަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ. މި އަހަރުގެ ތިމާވެށީގެ ދުވަހުގެ ތީމަކީ "އެއަރ ޕޮލިއުޝަން" އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
16 އޮކްޓޯބަރު 2017

ކެންދޫ ފަރަށް ލިބުނު ގެއްލުމުގެ މައުލޫމާތު އީޕީއޭއަށް އަދިވެސް އެއް ނުކުރެވޭ!

16 އޮކްޓޯބަރު 2017
ކެންދޫ ފަރަށް ލިބުނު ގެއްލުމުގެ މައުލޫމާތު އީޕީއޭއަށް އަދިވެސް އެއް ނުކުރެވޭ!
08 އޮކްޓޯބަރު 2017

މުލީ މޫދު ސަރަހައްދަށް ކަޅުތެޔޮ އެޅުނު މައްސަލަ ދަނީ ބަލަމުން: އީޕީއޭ

08 އޮކްޓޯބަރު 2017
މުލީ މޫދު ސަރަހައްދަށް ކަޅުތެޔޮ އެޅުނު މައްސަލަ ދަނީ ބަލަމުން: އީޕީއޭ
24 ޖޫން 2017

ކޯޑިނޭޓަރު މުއާ ކަފާލާތުގެ ދަށުން މިނިވަންކޮށްފި

24 ޖޫން 2017
ކޯޑިނޭޓަރު މުއާ ކަފާލާތުގެ ދަށުން މިނިވަންކޮށްފި
19 ޖޫން 2017

އިއާދަ ކުރަނިވި ހަކަތައިގެ ސިޔާސަތުތައް ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމަނަންޖެހޭ – ރައީސް ނަޝީދު

19 ޖޫން 2017
އިއާދަ ކުރަނިވި ހަކަތައިގެ ސިޔާސަތުތައް ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމަނަންޖެހޭ – ރައީސް ނަޝީދު
30 މެއި 2017

ޖުލައި 1 ން ފެށިގެން ކުނި ނަގާ އުކޭނީ ހަމައެކަނި ވެމްކޯއަށް: އީޕީއޭ

30 މެއި 2017
ޖުލައި 1 ން ފެށިގެން ކުނި ނަގާ އުކޭނީ ހަމައެކަނި ވެމްކޯއަށް: އީޕީއޭ
30 މެއި 2017

ފުވައްމުލަކު ފަރަށް އެރި ބޯޓް ޖޫރިމަނާ ކުރުމުގެ ގާނޫނީ ލަފަޔަކަށް އީޕީއޭ އިން އެދިއްޖެ

30 މެއި 2017
ފުވައްމުލަކު ފަރަށް އެރި ބޯޓް ޖޫރިމަނާ ކުރުމުގެ ގާނޫނީ ލަފަޔަކަށް އީޕީއޭ އިން އެދިއްޖެ
08 އެޕްރީލު 2017

އިދިކޮޅު ލީޑަރުން މިނިވަންކޮށް، ރައީސް ޔާމީން ހައްޔަރުކުރަން ގޮވާލައި މުޒާހަރާކޮށްފި

08 އެޕްރީލު 2017
އިދިކޮޅު ލީޑަރުން މިނިވަންކޮށް، ރައީސް ޔާމީން ހައްޔަރުކުރަން ގޮވާލައި މުޒާހަރާކޮށްފި
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް