Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުލިކަމެކް ހުޅުމާލެ ނައިޓް މާރކެޓް

ލިކަމެކް އިން ހުޅުމާލޭގައި ބާއްވާ ބޮޑު ނައިޓް މާރކެޓްގެ ސްޓޯލް ދޫކުރަން ފަށައިފި

13 ޖޫން 2019 | ބުރާސްފަތި 13:49

މި ނައިޓް މާރކެޓް އޮންނާނީ އޮގަސްޓް 29 އިން 7 ސެޕްޓެމްބަރުގެ ނިޔަލަށް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 13 ޖޫން 2019 | ބުރާސްފަތި 13:49
ލިކަމެކްއިން އޭޕްރިލް މަހުވެސް ވަނީ ނައިޓް މާރކެޓެއް ބާއްވާފައި

ލިކަމެކްއިން އޭޕްރިލް މަހުވެސް ވަނީ ނައިޓް މާރކެޓެއް ބާއްވާފައި

ލިކަމެކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިންތިޒާމް ކޮށްގެން "ލިކަމެކް ނައިޓް މާކެޓް" ހުޅުމާލޭގައި ބޭއްވުމަށް ނިންމާފައިވާ ނައިޓް މާރކެޓްގެ ސްޓޯޅް ދޫކުރަން ފަށައިފި އެވެ.

ލިކަމެކް ނައިޓް މާކެޓްގެ ސްޓޯލް ދޫކުރަން ފަށާފައިވަނީ ޖޫން މަހުގެ 12 ވަނަ ދުވަހު މާލެއިން ނަމަ އަސަރީ މާލަމް (ޝީ ބިލްޑިންގ 3 ވަނަ ފަންގިފިލާ) އަދި ހުޅުމާލެއިން ނަމަ ކޮމިއުނިޓީ ސެންޓަރ އިން ހެނދުނު 9 އިން ފެށިގެންނެވެ.

މިނައިޓް މާކެޓްގައި 6 މީޓަރުގެ ޖުމްލަ 450 ސްޓޯލް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮންމެ ސްޓޯލް އެއްގެ އަގަކީ 6000 ރުފިޔާ އެވެ.

ލިކަމެކުން ބުނީ މި ނައިޓް މާކެޓް ބޭއްވުމަށް ތައްޔާރުވަމުންދަނީ އޮގަސްޓް މަހުގެ 29 އިން 7 ސެޕްޓެމްބަރުގެ ނިޔަލަށެވެ.

ހުޅުމާލެ ސެންޓަރަލް ޕާރކް ސަރަހައްދުގައި ބޭއްވުމަށް ނިންމާފައިވާ މިނައިޓް މާކެޓްގެ އެންމެ ހާއްސަ އެއްކަމަކީ މިއީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ މީހުންނަށް މުދާ ގަތުމަށް ހުޅުމާލެއަށް އާދެވޭނެ މަގު ފަހިވެގެންދާނެ އިވެންޓަކަށް ވާތީ ކަމަށް ލިކަމެކުން ބުންޏެވެ.

އަދި އެއާއިއެކު، ރަށުން ސީދާ ލޯންޗުގައި ހުޅުމާލެއަށް އައިސް މުދާ ގަނެގެން އެނބުރި ރަށަށް ދެވޭނެ އިންތިޒާމް ހަމަޖައްސައިދީފައިވާނެ ކަމަށް ވެސް ލިކަމެކުން ބުންޏެވެ.

ލިކަމެކް ނައިޓް މާކެޓްއިން ސްޓޯލް ބައްލަވައިގަންނަ ފަރާތްތަކަށް ވެސް ވަރަށް ހާއްސަ ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށާއި އޭގެ ތެރޭގައި މާލޭގެ ވިޔަފާރިވެރިންނަށް ހުޅުމާލެއަށް ހިލޭ މުދާ ގެންދެވޭނެ ގޮތް މަގުފަހިކޮށްދިނުމަށް ކޮންމެ ދުވަހަކު 80 ފޫޓުގެ މުދާ އުފުލާ ދޯންޏެއް މާލެއިން ހުޅުމާލެއަށް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އަދި މުދާ ގަންނަންދާ ފަރާތްތަކަށް ވެސް ލިކަމެކް އިން ދަނީ ހާއްސަ ހިދުމަތްތަކެއް ފޯރުކޮށްދޭން މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސެންޓަރަލް ޕާރކް ސަރަހައްދުގައި މުދާ ގަންނަންދާ ފަރާތްތަކަށް ހާއްސަ ހެލްމެޓް ސްޓޭންޑް ތަކެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މުދާ ގަންނަންދާ ފަރާތްތަކަށް މުދާތައް ހުޅުމާލެއިން މާލެއަށް ލިކަމެކްއިން ބަހައްޓާފައިވާ ހާއްސަ ކައުންޓަރުތަކުން ޗެކިން ކުރުމުން ޖެހިގެން އަންނަ ދުވަހު މާލެއިން ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސައިދީފައެވެ.

ލިކަމެކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިންތިޒާމް ކޮށްގެން "ލިކަމެކް ނައިޓް މާކެޓް"ގެ ނަމުގައި ނިމިދިޔަ އެޕްރީލް މަސްތެރޭގައި ދަރުބާރުގޭގައި މިވަނީ ރާއްޖޭގައި ބޭއްވި އެންމެ ފުރަތަމަ އަދި އެންމެ ބޮޑު އިންޑޯ ނައިޓް މާކެޓް ވަރަށް ކާމިޔާބު ކަމާއިއެކު ނިންމާލާފައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

16 މެއި 2017

ފިޓްޒޯންގެ "ހަވާއި ނައިޓް" ތަޖްރިބާ ކޮށްލުން ކީއްތޯ؟

16 މެއި 2017
ފިޓްޒޯންގެ "ހަވާއި ނައިޓް" ތަޖްރިބާ ކޮށްލުން ކީއްތޯ؟
12 މެއި 2017

ހުޅުމާލޭގައި ބީއެމްއެލްގެ އިންވެސްޓްމަންޓްތައް ފުޅާކުރަނީ

12 މެއި 2017
ހުޅުމާލޭގައި ބީއެމްއެލްގެ އިންވެސްޓްމަންޓްތައް ފުޅާކުރަނީ
09 މެއި 2017

ފެން އަގޮބޮޑުކޮށް ނުވިއްކުމަށް އިލްތިމާސްކޮށްފި!

09 މެއި 2017
ފެން އަގޮބޮޑުކޮށް ނުވިއްކުމަށް އިލްތިމާސްކޮށްފި!
27 އެޕްރީލު 2017

ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި

27 އެޕްރީލު 2017
ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި
24 މާރިޗު 2017

އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ

24 މާރިޗު 2017
އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ
19 މާރިޗު 2017

ކޮޓަރިތައް ފުރާނެ ގޮތެއް ނެތި ރިސޯޓުތަކުގެ ވެރިން ކަންބޮޑުވެފައި

19 މާރިޗު 2017
ކޮޓަރިތައް ފުރާނެ ގޮތެއް ނެތި ރިސޯޓުތަކުގެ ވެރިން ކަންބޮޑުވެފައި
24 ފެބުރުއަރީ 2017

ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

24 ފެބުރުއަރީ 2017
ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
06 ޖެނުއަރީ 2017

އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި

06 ޖެނުއަރީ 2017
އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް