Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް އޮފީސް

ކޮރަޕްޝަންގެ މައްސަލަ ބަލާ ކޮމިޝަންގެ މަސައްކަތް އެކަށީގެންވާ ވަރަށް ކުރިޔަށް ނުދޭ: ރައީސް އޮފީސް

13 ޖޫން 2019 | ބުރާސްފަތި 09:19

ކޮރަޕްޝަނާ ގުޅޭ 400 މައްސަލައެއް ހުށަހެޅިފައިވޭ

އަލީ ސަމާޚް
އަލީ ސަމާޚް | 13 ޖޫން 2019 | ބުރާސްފަތި 09:19
ކޮރަޕްޝަންގެ މައްސަލަ ބަލާ ކޮމިޝަންގެ މެމްބަރުންނާ ރައީސް ސޯލިހު ބައްދަލުކުރައްވަނީ

ކޮރަޕްޝަންގެ މައްސަލަ ބަލާ ކޮމިޝަންގެ މެމްބަރުންނާ ރައީސް ސޯލިހު ބައްދަލުކުރައްވަނީ

ނިމިގެންދިޔަ ރައީސް އަބްދުﷲ ޔާމިނުގެ ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލާފައިވާ ކޮމިޝަންގެ މަސައްކަތް އެކަށީގެންވާ ބާރުމިނުގައި ކުރިޔަށް ނުދާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

"ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ނަމުގައި ރައީސް ސޯލިހު ކޮމިޝަނެއް އެކުލަވާލާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އެ ކޮމިޝަންގައި ފަސް މެމްބަރުން ހިމެނިވަޑައިގަންނަވައެވެ.

Advertisement - newsAdvertisement

ސަރުކާރުގެ މަސައްކަތްތަކާ ބެހޭ ގޮތުން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި އެ އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ، އެ ކޮމިޝަންގެ މަސައްކަތް ދަނީ މަޑު ދުވެއްޔެއްގައި ކަމަށެވެ.

އެ ކޮމިޝަނުގެ މަސައްކަތް ކުރިން ހަ މަސް ތެރޭގައި ނިންމާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާ ކަމަށް ހޫދު ވިދާޅުވިއެވެ. މަސައްކަތް ހުއްޓުމަކަށް އައީ މަޖިލީހުން ގާނޫނީ ބާރު ނުލިބުން ފަދަ ކަންތައްތައް ދިމާވެގެން ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ހޫދު ވިދާޅުވީ، ވިސްލްބްލޯވާ ޕޯޓަލް މެދުކޮށް ކޮރަޕްޝަނާ ގުޅޭ 400 މައްސަލަ ހުށައެޅިފައިވާ ކަމަށެވެ. ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅު ސިޔާސަތު ކަމަށްވާ '' ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން "ގެ ދަށުން ކާކުކަން ނޭނގެ ގޮތަށް ރައީސް އޮފީހަށް ކޮރަޕްޝަނުގެ މައްސަލަތައް ހުށައެޅޭ ގޮތަށް ވިސްލް ބްލޯވާ ޕޯޓަލްއެއް ގާއިމް ކޮށްފައިވަނީ ފެބްރުއަރީ މަހުއެވެ.

މި ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުގެ ދަށުން ރައީސްއާ ނައިބު ރައީސްގެ އިތުރުން ވަޒީރުންގެ މާލީ ބަޔާން ވެސް ވަނީ އައްމުކުރައްވާފައެވެ.

ސަރުކާރުގެ ސްޕީޑް ލަސްކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު ހޫދު ވިދާޅުވީ މި ސަރުކާރުގެ ހަ މަސް ދުވަހު ކުރި ކަންކަމާ ބަލާއިރު "ސްލޯ" ނޫން ކަމަށެވެ. ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ކުރަން ކަނޑައެޅި ކަންތައްތައް ވެސް ގާތްގަނޑަކަށް އެއްކޮށް ކަހަލަ ގޮތަކަށް ފުރިހަމަކުރެވިފައިވާ ކަމަށާއި އެއްވެސް ސަރުކާރަކުން ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ބޮޑެތި މަޝްރޫއުތައް ނުހިންގާނެ ކަމަށެވެ. އަދި ފާއިތުވި ދުވަސްތަކުގައި ކުރިއަށް ދިޔައީ ފަސް އަހަރަށް ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކަމަށާއި ކުރީ ސަރުކާރުން ދޮޅު އަހަރުން ކުރި އެ މަސައްކަތް ވެސް މި ސަރުކާރުން ހަ މަސް ދުވަހުގެ ތެރޭގައި ނިންމާފައިވާ ކަމަށެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ބެހޭ ގޮތުން ހޫދު ވިދާޅުވި ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ބޯހިޔާވަހިކަމުގެ އާ މަޝްރޫއުތައް ވެސް އިއުލާނުކުރެވި، ފެށިގެންދާނެ ކަމަށެވެ.

ކޯލީޝަން ލީޑަރުންގެ ބައްދަލުވުންތައް ކުރިއަށް ނުދާތީ ނޫސްވެރިން ކުރި ސުވާލަކާ ގުޅިގެން ހޫދު ވިދާޅުވީ ކޯލީޝަންގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި ލީޑަރުންގެ ބައްދަލުވުންތައް ނުބޭއްވިގެން އުޅެނީ އެ ބޭފުޅުންގެ މަސައްކަތްތައް ހުރި ގޮތުން ކަމަށް "ވެދާނެ" ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް