Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިބްރާހީމް ހޫދު

މިނިވަން މުއައްސަސާތައް މުށުތެރެއަށް ލައިގެން ކަންކަން ކުރަން ބޭނުމެއް ނޫން: ހޫދު

13 ޖޫން 2019 | ބުރާސްފަތި 08:32

އޭސީސީގެ ރައީސް އަދި ބްރޯޑްކޮމްގެ ނައިބު ރައީސް އޮފީހަށް ވަޑައިނުގެން މުސާރަ ނަންގަވާ

އަލީ ސަމާޚް
އަލީ ސަމާޚް | 13 ޖޫން 2019 | ބުރާސްފަތި 08:32
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ރައީސް ސޯލިހާ އެކު

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ރައީސް ސޯލިހާ އެކު

މި ސަރުކާރުން މިނިވަން މުއައްސަސާތައް މުށުތެރެއަށް ލައިގެން ކަންކަން ކުރަން ބޭނުން ނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޫދު ވިދާޅުވީ މިނިވަން މުއައްސަސާތަކާ ގުޅޭ މައްސަލަތަކުގައި ކަންކަން ކުރާނީ މަޖިލީހުން ކަމަށާއި "އަދިކިރިޔާ މަޖިލިސް ހިނގައިގަތީ" ކަމަށެވެ.

Advertisement - newsAdvertisement

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ހަސަން ލުތުފީ އާއި ބްރޯޑްކާސްޓިން ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ޞަފްވާން އާއި ބައެއް އެހެން މެންބަރު އޮފީހަށް ހާޒިރުވަޑައިނުގެން މުސާރަ ނަންގަވާތީ އެކަމާ މެދު ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅަނީ ކީއްވެގެންތޯ ރާއްޖެއެމްވީން ސުވާލުކުރުމުން ހޫދު ވިދާޅުވީ، "ޑިއު ޕްރޮސެސް" އިން އެކަން ކުރިއަށްދާނެ ކަމަށެވެ.

މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ ކަންތައްތައް ކުރެވޭނީ މަޖިލީހުގެ ތެރެއިން ކަމަށް ހޫދު ވިދާޅުވެފައިވާއިރު، އޭސީސީގެ ރައީސް ހަސަން ލުތުފީ އާއި ބްރޮޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ސޮފްވާން ވަޒީފާ އަށް ނުނިކުންނާވާ މުސާރަ ނަންގަވާތާ ހައެއްކަ މަސްވެފައިވާ އިރު ގާނޫނުގައި ބުނާ ގޮތަށް އެ ކޮމިޝަންތަކުން ވަނީ އެ މައްސަލަ ރައީސް އޮފީހުގެ ސަމާލުކަމަށް ގެނެސްފައެވެ. ސޮފްވާން ވަޒީފާއަށް ނުނިކުންނަވާތީ ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އެކަމުގައި ފިޔަވަޅެއް އަޅައިދިނުމަށް އެދި ރައީސް އޮފީހަށާއި، ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފައެވެ. ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ 5 ވަނަ ނަމްބަރުގައި ބުނެފައިވާ ގޮތުގައި އެކަށީގެންވާ ސަބަބެއް ނެތި ވިދިވިދިގެން ކޮމިޝަންގެ ތިން ޖަލްސާއަށް ހާޒިރު ނުވެއްޖެ ނަމަ، އެ މެމްބަރަކު މަޤާމުން ވަކިކުރެވޭނެ އެވެ. ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ރައީސް އޮފީހަށާއި، މަޖިލީހަށް ފޮނުވި ސިޓީގައި ޤާނޫނީ މާއްދާތައް ވެސް ފާހަގަކޮޮށްފައި ވެއެވެ.

ކޮރަޕްޝަނާއި ޖިނާއި ބައެއް ކުށްތަކުގެ ތުހުމަތުކުރެވޭ ބައެއް މީހުން ސަރުކާރުގެ ބޯޑުތަކަށް ލަމުން ގެންދާ މައްސަލައާ ގުޅޭ ގޮތުން ހޫދު ވިދާޅުވީ، ކޯޓަކަށް މައްސަލައެއް ހުށައަޅައިގެން ކަމާބެހޭ އިދާރާއިން ޝަކުވާއެއް ހުށައެޅިފައިވާ ނަމަ މައްސަލަ ބަލާނެ ކަމަށެވެ.

ހޫދު މިހެން ވިދާޅުވި އިރު އެމްޓީސީސީގެ ބޯޑަށް އައްޔަންކުރި ސަން އޮންލައިންގެ ކުރީގެ ސީއީއޯ ސިނާން އަލީ އަންހެނުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީގެ ކުރިން ދައުވާކުރަން ފުލުހުން ވަނީ ޕީޖީ އޮފީހަށް ވެސް ފޮނުވާފައެވެ. އަދި އެކަމާ ގުޅޭ ވީޑިއާތަކެއް ވައިރަލްވެފައި ވެއެވެ. ފެބްރުއަރީ މަހު އޭނާ ބޯޑަށް އައްޔަންކުރިކަން ދާދި ފަހުން އާންމުވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައި ވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް