Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދީބް ބޭސްފަރުވާ އަށް ފުރުވުން

އަދީބް ފިލައިފިނަމަ، އެއީ މުޅި ސަރުކާރުގެ ފެއިލްވުމެއް: އިމްރާން

12 ޖޫން 2019 | ބުދަ 15:07

އަދީބް ފިލުވުމަށް އެއްވެސް ޖާގައެއް ނުދެއްވާނެ ކަމަށް ވިދާޅުވި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 12 ޖޫން 2019 | ބުދަ 15:07
ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގެ ބައްދަލުވުމުގައި ހޯމް މިނިސްޓްރީގެ އިސް ބޭފުޅުން

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގެ ބައްދަލުވުމުގައި ހޯމް މިނިސްޓްރީގެ އިސް ބޭފުޅުން

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ބޭސްފަރުވާއަށް ގޮސް ފިލައިފިނަމަ، އެއީ މުޅި ސަރުކާރުގެ ފެއިލަކަށް ވެގެންދާނެކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވަން ހުއްދަ ދިނުމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައާއި ގުޅިގެން، ގައުމީ ސަލާމަތާއި، ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބުދަ ދުވަހުގެ ހަވީރު ވަނީ ބާއްވާފައެވެ. ކޮމިޓީގެ ބައްދަލުވުމަށް ވަނީ އެ ކަމާއި ގުޅުން ހުރި 4 މުއައްސަސާ ހާޒިރުކޮށްފައެވެ.

Advertisement - newsAdvertisement

ކޮމިޓީއަށް ހާޒިރުކޮށްފައިވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒުގެ އިތުރުން އިމިގްރޭޝަންގެ ޒިންމާދާރުވެރިންނެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ އަދީބު ބޭސްފަރުވާއަށް ބޭރަށް ފުރުވާލުމަށްފަހު، އޭނާ ފިލައިގެން ގޮސްފިނަމަ އެކަމުގެ ޒިންމާ ނަންގަވާނެ ކަމަށެވެ.

އަދީބް ފިލުވުމުގެ ފުރުސަތެއް ހޯމް މިނިސްޓްރީގެ ދަށުގައި ހުރި އެއްވެސް މުއައްސަސާއަކުން ނުދޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އަދީބާއި ގުޅުން ހުރި ބޮޑެތި މައްސަލަތަކެއް ފުލުހުންގެ އިދާރާއިން ތަހްގީގް ކުރަމުންދާ ކަމަށާއި، ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އަދީބްއާއި ގުޅުން ހުރި މައްސަލަތަކުގައި ހޯދިފައިނުވާ ފަދަ ކުރިއެރުންތަކެއް 4 މަސް ދުވަހު ތެރޭގައި ހޯދިފައި އެބަހުރި ކަމަށެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އަދީބް ބޭސްފަރުވާއަށް ފުރުވުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު އެ އިދާރާއިން ވަމުން އަންނަ ކަމަށެވެ. އެގޮތުން ޕޮލިހުންގެ އެޑްވާންސް ޓީމެއް ބުރާސްފަތި ދުވަހު އިންޑިޔާއަށް ފުރާނެ ކަމަށާއި، އަދީބް ބޭސްފަރުވާ ހޯދާ އިންސްޓިޓިއުޓް އާއި، ހުންނަ ހޮޓެލް އެ ޓީމުން ޗެކްކުރަމުންދާނެ ކަމަށެވެ. އަދީބްގެ ބޭސްފަރުވާ ނިމެންދެން ކަރެކްޝަންގެ ތިން އޮފިސަރުންނާއި، ފުލުހުންގެ 4 އޮފިސަރުންނާއި އެކު 7 މީހުންގެ ޓީމެއް އިންޑިޔާގައި ހަރަކާތްތެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މި ކަމުގައި އިންޑިޔާ ސަރުކާރުގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އަދީބް ބޭސް ފަރުވާއަށް ފުރުވާލުމަށްޓަކައި ދޫކޮށްފައިވަނީ 1 އަހަރުގެ ޓްރެވަލް ޑޮކިއުމަންޓެއް ކަމަށާއި، އެ ޑޮކިއުމެންޓް މެދުވެރިކޮށް އިންޑިޔާ ނޫން އެހެން ގައުމަކަށް ދަތުރުނުކުރެވޭނެ ކަމަށް އިމިގްރޭޝަނުން ކޮމިޓީއަށް ވަޑައިގެންނެވި ޒިންމާދާރުވެރިޔާ ވަނީ ވިދާޅުވެފައެވެ.

އިމިގްރޭޝަނުން ބުނީ އެންމެ ކުރު މުއްދަތަކަށް ބޭސްފަރުވާ އަށް ދާން ދޫކުރެވެނީ 1 އަހަރުގެ މުއްދަތުގެ ޓްރެވަލް ޑޮކިއުމެންޓެއް ކަމަށާއި، ޑޮކިއުމެންޓް އެއަށްވުރެ ކުރު މުއްދަތަކަށް ދޫކުރަނަމަ،އެކަން ދުރާލާ ކުރަންޖެހޭނަމަ ކަމަށެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ މުނާޒް ވިދާޅުވީ އަދީބް ބޭސް ފަރުވާއަށް ފުރުވާލަން ކުރަންޖެހޭ ހުރިހާ ކަމެއްކޮށް ނިންމާފައިވާ ކަމަށާއި، އަދީބް ފިލައިގެން ދެވޭނެ އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށެވެ. އެ ޔަގީންކަން ދެއްވާ ކަމަށް މުނާޒް ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް