Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖުޑީޝަލް ސާރވިސް ކޮމިޝަން

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

12 ޖޫން 2019 | ބުދަ 12:59

ދެ ފަނޑިޔާރުންވެސް ސަސްޕެންޑްކުރީ ޖޭއެސްސީގެ ބައްދަލުވުމުގެ އަގުލަބިއްޔަތުން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 12 ޖޫން 2019 | ބުދަ 12:59
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (މ)

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (މ)

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ހަސަން ސައީދު ސަސްޕެންޑްކުރުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖުޑީޝަލް ސާރވިސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރުމަށް ކޮމިޝަނުން ނިންމީ ކޮމިޝަންގެ ބައްދަލުވުމަށް ހާޒިރުވި މެމްބަރުންގެ އަޤުލަބިއްޔަތުންކަމަށެވެ. އަދި އެއީ ކޮމިޝަނަށް ހުށަހެޅިފައިވާ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ އާއި ގުޅިގެން އެޅުއްވި ފިޔަވަޅެއްކަމަށްވެސް ޒަހީން ވިދާޅުވިި އެވެ.

Advertisement - newsAdvertisement

އެގޮތުން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރުމަށް ނިންމީ ޖޭއެސްސީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ހުށަހެޅުއްވި މައްސަލައަކާއި ގުޅިގެންނެވެ. އެއީ ފަނޑިޔާރާއި ގުޅޭ ރިޝްވަތުގެ މައްސަލައަކަށްވާއިރު، އެ މައްސަލަ ފުލުހުން ތަހުޤީޤްކުރަމުން އަންނަކަމަށް ޒަހީން ވިދާވި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ގުޅެގޮތުން ޖޭއެސްސީއަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް ނަޝީދު ހުށައެޅުއްވީ އެމަނިކުފާނަށް 13 އަހަރުގެ ހުކުމްކުރުމަށް އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތުކުރެވޭ މައްސަލައެކެވެ. ރާއްޖެ.އެމްވީއަށް އެނގިފައިވާގޮތުގައި ރައީސް ނަޝީދަށް ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ޖަމާކޮށްފައި ވަނީ އަނބިކަނބަލުންގެ އެކައުންޓަށެވެ. އަދި ރައީސް ނަޝީދަށް ހުކުމް ކުރެއްވުމަށް އެއް މިލިއަން ޑޮލަރު ނަންގަވައި، އަނބިކަނބަލުންގެ އެކައުންޓަށް ޖަމާކުރެއްވިއިރު އެފައިސާ ދީފައިވަނީ ކޮން ފަރާތަކުން ކަމެއް ސާފުވާކަށެއް ނެތެވެ.

އޭގެއިތުރުން ޒަހީން ވިދާޅުވީ، ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު ސަސްޕެންޑްކުރުމަށް ނިންމީވެސް އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ބުދަ ދުވަހު ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގެ އަޤުލަބިއްޔަތުން ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް ޖޭއެސްސީން ހާމައެއް ނުކުރެ އެވެ. ޒަހީން، އޭނާ ސަސްޕެންޑްކުރުމަށް ނިންމީ، އިސް ގާޒީ ހަސަން ސައީދުގެ މައްސަލަ ބައްލަވާ ކޮމެޓީއަށް، އެ މައްސަލަ ބެލުމުގެ މަސައްކަތް ކުރިއަށްގެންދާއިރު، އޭނާ ސަސްޕެންޑްކުރުމަށް ފެނުމުން އެކަން ކޮމިޝަނަށް ހުށަހެޅުމުން ކަމަށެވެ.

އެ ދެ ފަނޑިޔާރުން ސަސްޕެންޑްކުރުމުގެ އިތުރުން ބުދަ ދުވަހު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ވަނީ ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަން ނިންމައި، ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށްވެސް ފާސްކޮށްފަ އެވެ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް މަޤާމުން ވަކިކުރުމަށް ނިންމީ ކޮމިޝަންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ފުރިހަމަ އަޤުލަބިއްޔަތުންކަމަށް ޒަހީން ވިދާޅުވި އެވެ. އޭނާ ވަކިކުރުމަށް ނިންމީ، އޭނާއާއި ގުޅެގޮތުން ހުށަހެޅުނު ބަދުއަހުލާޤީ މައްސަލައަކާއި ގުޅިގެންނެވެ.

މިއީ ޖޭއެސްސީގެ ތާރީހްގައިވެސް ފަނޑިޔާރެއްގެ މައްސަލަ ބެލުމަށްފަހު، ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް ނިންމި ފުރަތަމަ ފަހަރު އެވެ.

ބުދަ ދުވަހު ބޭއްވި ޖޭއެސްސީގެ 33 ވަނަ ބައްދަލުވުމުގައި ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހިސާން ހުސެއިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އެ ދެބޭފުޅުންނާއެކު ބައްދަލުވުމުގައި 9 ބޭފުޅުން ބައިވެރިވެވަޑައިގެންނެވިކަމަށް ޖޭއެސްސީން ބުންޏެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
22 ޖެނުއަރީ 2017

ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!

22 ޖެނުއަރީ 2017
ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް