Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނަރުދަމާ ނިޒާމު ގާއިމުކުރުން

9 ރަށެއްގައި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ނަރުދަމާ ނިޒާމު ގާއިމުކުރަން ހަމަޖެހިފައިވަނީ ބ. ހިތާދޫ، ރ. ރަސްގެތީމު، ރ. ވާދޫ، ށ.ފޯކައިދޫ، ށ. ކަނޑިތީމު، ތ.ކަނޑޫދޫ ތ. ވަންދޫ، ށ. ކޮމަންޑޫގެ އިތުރުން ށ.މަރޮށީ ގައި

ޝަރޫނާ އަބްދުﷲ
ޝަރޫނާ އަބްދުﷲ | 12 ޖޫން 2019 | ބުދަ 13:12
ޕްލޭނިންގ މިނިސްޓްރީގައި ގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޕްލޭނިންގ މިނިސްޓްރީގައި ގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހަތަރު ކުންފުންޏަކާއެކު، ނުވަ ރަށެއްގައި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ އެކަމަށްޓަކައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު އެވެ.

200 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން، ފެނާއި ނަރުދަމާގެ ނިޒާމު ފަރުމާ ކުރުމާއި، ރަށުގައި ފެނާއި ނަރުދަމާގެ ވިޔުގަ އެޅުމާއި ނަރުދަމާގެ ޕަމްޕް ސްޓޭޝަން ގާއިމްކުރުން އަދި އާރއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމުގެ އިތުރުން ސީ އައުޓް ފޯލް އެޅުމާއި އިދާރީ އޮފީސް ގާއިމްކުރުން އަދި ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ.

މި މަޝްރޫއުގެ ދަށުން ނަރުދަމާ ނިޒާމު ގާއިމުކުރަން ހަމަޖެހިފައިވަނީ ބ. ހިތާދޫ، ރ. ރަސްގެތީމު، ރ. ވާދޫ، ށ.ފޯކައިދޫ، ށ. ކަނޑިތީމު، ތ.ކަނޑޫދޫ ތ. ވަންދޫ، ށ. ކޮމަންޑޫގެ އިތުރުން ށ.މަރޮށީ ގައެވެ.

ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މި މަޝްރޫއުގައި ސަރުކާރާއެކު އެއްބަސް ވުމުގައި ސޮއި ކުރައްވާފައިވާ މޯހަން މުތާ އެކްސްޕޯޓް ޕްރައިވެޓް ލިމިޓެޑް އަދި ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑުން ގުޅިގެން ފަސް ރަށެއްގައި ނަރުދަމާގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ބ. ހިތާދޫ ގައި 35،345،856.14 (ތިރީސް ފަސް މިލިއަން ތިން ލައްކަ ސާޅީސް ފަސް ހާސް އަށް ސަތޭކަ ފަންސާސް ހައެއް ޕޮއިންޓް ސާދަ ރުފިޔާ) ގެ މަޝްރޫއަކާއި، ރ. ރަސްގެތީމުގައި 24،294،037.12 (ސައުވީސް މިލިއަން ދެލައްކަ ނުވަދިހަ ހަތަރު ހާސް ތިރިީސް ހަތެއް ޕޮއިންޓް ބާރަ ރުފިޔާ) ގެ މަޝްރޫއު އެއް، އަދި ށ. ފޯކައިދޫގައި ގާއިމުކުރަނީ 16،999،586.09 (ސޯޅަ މިލިއަން ނުވަ ލައްކަ ނުވަދިހަ ނުވަ ހާސް ފަސް ސަތޭކަ އައްޑިހަ ހަ ހާސް ޕޮއިންޓް ނުވަ ރުފިޔާ) ގެ މަޝްރޫއެއްގެ އިތުރުން، ށ. ކަނޑިތީމުގައި ގާއިމުކުރަނީ 17،942،104.31 (ސަތާރަ މިލިއަން ނުވަ ލައްކަ ސާޅީސް ދެހާސް އެއްސަތޭކަ ޕޮއިންޓް ތިރީސް އެއް ރުފިޔާ) ގެ މަޝްރޫއަކާއި ތ. ވަންދޫގައި 20،818،524.86 (ވިހި މިލިއަން އަށްޑިހަ އެއް ލައްކަ އަސާރަ ހާސް ފަސް ސަތޭކަ ސައުވިސް ޕޮއިންޓް އަށްޑިހަ ހަ ރުފިޔާ) ގެ މަޝްރޫއު އެއް ކުރިއަށް ގެންދާނެއެވެ.

މި މަޝްރޫއުގައި ސަރުކާރާއެކު އެއްބަސްވުމުގައި ސޮއި ކުރައްވާފައިވާ އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ވޯޓަރ އިންޖިނިއަރިންގ ސަރވިސަސް އެފް.ޒެޑް.އީ ގުޅިގެން ތިން ރަށެއްގައި ނަރުދަމާގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ރ. ވާދޫގައި 19،274،086 (ނަވާރަ މިލިއަން ދުއިސައްތަ ހަތްދިހަ ހަތަރު ހާސް އަށްޑިހަ ރުފިޔާ) ގެ މަޝްރޫއަކާއި، ށ. ކޮމަންޑޫގައި 23،535،180 (ތޭވިސް މިލިއަން ފަސްލައްކަ ތިރީސް ފަސް ހާސް އެއސަތޭކަ އަށްޑިހަ ރުފިޔާ) ގެ މަޝްރޫއެއްގެ އިތުރުން ތ. ކަނޑޫދޫގައި 19،260،200 (ނަވާރަ މިލިއަން ދުއިސައްތަ ފަސްދޮޅަސް ހާސް ދުއިސައްތަ ރުފިޔާ) ގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ސްޓޭޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން ށ. މަރޮށީގައި 35،345،850 (ތިރީސް ފަސް މިލިއަން ތިން ލައްކަ ސާޅީސް ފަސް ހާސް އަށްސަތޭކަ ފަންސާސް ހައެއް ޕޮއިންޓް ސާދަ ރުފިޔާ) ގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

15 ފެބުރުއަރީ 2017
ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ
12 ފެބުރުއަރީ 2017

ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

12 ފެބުރުއަރީ 2017
ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
11 ފެބުރުއަރީ 2017

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި
06 ފެބުރުއަރީ 2017

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017
އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު