Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫރޯ ކޮލިފައިން

ޔޫރޯ ކޮލިފައިން: އިޓަލީ، ޖަރުމަން، ބެލްޖިއަމް އަދި ފްރާންސަށް މޮޅެއް

އިޓަލީ މޮޅުވީ ބޮސްނިއާއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 12 ޖޫން 2019 | ބުދަ 09:49
އިޓަލީ އަދި ބޮސްނިއާ ބައްދަލުކުރި މެޗުގެ ތެރެއިން

އިޓަލީ އަދި ބޮސްނިއާ ބައްދަލުކުރި މެޗުގެ ތެރެއިން

ޔޫރޯ ކޮލިފައިންގައި އިޓަލީ، ޖަރުމަން، ބެލްޖިއަމް އަދި ފްރާންސް ކުޅުނު މެޗުތަކުން މޮޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ގްރޫޕް ގްރޫޕް ޖޭގައި ކުޅުނު މެޗުން އިޓަލީ މޮޅުވީ ބޮސްނިއާއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުންނެވެ.

އިޓަލީ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބޮސްނިއާ އިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެޑިން ޒެކޯއެވެ. މިއީ އޭނާ ގައުމީ ޓީމަށް ކާމިޔާބުކުރި 56 ވަނަ ލަނޑެވެ.

ފުރަތަމަ ހާފްގައި އިޓަލީގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔަ ނަމަވެސް، ލަނޑު ޖެހުމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި އެޓީމަށް ހިފިފައެއް ނުވެއެވެ.

ދެވަނަ ހާފް ފެށިގެން އިޓަލީން އެ ޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށްފައިވާއިރު، 49 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ބެނާޑްސްކީގެ އެހީތެރިކަމާ އެކު ކާމިޔާބުކުރީ އިންސިންގްނޭއެވެ.

މެޗުގެ ފަހު 15 މިނެޓް ތެރޭގައި ދެ ޓީމުގެ ފަރާތުން ވެސް ގިނަ ހަމަލާތަކެއް ވަނީ ފެނިގެންގޮސްފައެވެ. މެޗުން އިޓަލީ މޮޅުވި ލަނޑު 86 ވަނަ މިނެޓުގައި އިންސިންގްނޭގެ އެހީތެރިކަމާ އެކު ކާމިޔާބުކުރީ ވެރާޓީއެވެ.

މި ގްރޫޕްގައި ހިމެނޭ އަރްމީނިއާ އިން ގްރީސްގެ މައްޗަށް 2-3 ގެ ނަތީޖާއަކުން ކުރިހޯދާފައިވާއިރު، ލެއިޓެންސްޓައިންއިންގެ މައްޗަށް 0-2 ގެ ނަތީޖާއަކުން ފިންލޭންޑް ވަނީ ކުރިހޯދާފައެވެ.

ގްރޫޕްގެ އެއްވަނައިގައި 12 ޕޮއިންޓާ އެކު އިޓަލީ އޮތްއިރު، ދެވަނައިގައި ނުވަ ޕޮއިންޓާއެކު އޮތީ ފިންލޭންޑެވެ. ތިންވަނައިގައި އަރްމީނިއާ އޮތްއިރު، ހަތަރުވަނައިގައި އޮތީ ގްރީސްއެވެ. ފަސްވަނައިގައި ބޮސްނިއާ އޮތްއިރު، ފުލުގައި އޮތީ ލެއިޓެންސްޓައިންއެވެ.

ބުދަ ދުވަހުގެ ރޭ ގްރޫޕް ސީގައި ކުޅުނު މެޗުން ޖަރުމަން މޮޅުވީ އެސްޓޯނިއާއާ ވާދަކޮށް 0-8 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ޖަރުމަނުގައި ކުޅުނު މި މެޗު ފެށިގެން 10 ވަނަ މިނެޓުގައި މާކޯ ރެއުސް ވަނީ އެޓީމަށް ލީޑު ނަގައިދީފައެވެ. ދެވަނަ ލަނޑު 17 ވަނަ މިނެޓުގައި ގަބްރީ ކާމިޔާބުކުރިއިރު، 20 ވަނަ މިނެޓުގައި ގޮރެޒްކާ ވަނީ ތިންވަނަ ލަނޑު ޖަހާފައެވެ.

ޖަރުމަނުގެ ހަތަރުވަނަ ލަނޑު 26 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ގުންޑޮގަން ކާމިޔާބުކޮށްފައިވާއިރު، 37 ވަނަ މިނެޓުގައި ރެއުސް ވަނީ ޖަރުމަނުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ފުރަތަމަ ހާފް 0-5 ގެ ނަތީޖާއަކުން ޖަރުމަން ނިންމާލިއިރު، މި ހާފްގައި އެސްޓޯނިއާގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިގެންގޮސްފައެއް ނުވެއެވެ. ނަމަވެސް ޖަރުމަނުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ދެވަނަ ހާފްގައި އެސްޓޯނިއާގެ ފަރާތުން ޑިފެންސިވް ކުޅުމެއް ފެނިގެންދިޔައިރު، ޖަރުމަނުން ވަނީ 62 ވަނަ މިނެޓުގައި ހަވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު ކާމިޔާބުކުރީ ގަބްރީއެވެ.

ޖަރުމަނުގެ ހަތްވަނަ ލަނޑު 79 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެވަނަ ހާފްގައި ކުޅެން އެރި ވާނާ ކާމިޔާބުކުރިއިރު، 8 ވަނަ ލަނޑު ކާމިޔާބުކުރީ 88 ވަނަ މިނެޓުގައި ލީރޯއި ސާނޭއެވެ.

މި ގްރޫޕްގައި ހިމެނޭ ނޮދަން އަޔަލޭންޑުން ވަނީ 0-1 ގެ ނަތީޖާއަކުން ބެލަރުސްގެ މައްޗަށް ކުރިހޯދާފައެވެ.

ގްރޫޕްގެ އެއްވަނައިގައި 12 ޕޮއިންޓާއެކު ނޮދަން އަޔަލޭންޑް އޮތްއިރު، ދެވަނައިގައި ނުވަ ޕޮއިންޓާއެކު އޮތީ ޖަރުމަނެވެ. ތިންވަނައިގައި ނެދަލޭންޑްސް އޮތްއިރު، ހަތަރުވަނައިގައި އޮތީ ބެލަރުސްއެވެ. އަދި ފުލުގައި އޮތީ އެސްޓޯނިއާއެވެ.

ބުދަ ދުވަހުގެ ރޭ ގްރޫޕް އައިގައި ކުޅުނު މެޗުން ބެލްޖިއަމް މޮޅުވީ ސްކޮޓްލޭންޑާ ވާދަކޮށް 0-3 ގެ ނަތީޖާއަކުންނެވެ.

ބެލްޖިއަމްގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން ފުރަތަމަ ހާފްގައި ބެލްޖިއަމްގެ ފަރާތުން ވަނީ ގިނަ ހަމަލާތަކެއް ފެނިގެންގޮސްފައެވެ.

މި ހާފްގައި ސްކޮޓްލޭންޑްގެ ފަރާތުން މާއެދެވޭ ކުޅުމެއް ފެނިގެން ގޮސްފައިނުވާއިރު، ލަނޑު ޖެހުމަށްވެސް މާ އެދެވޭ ފުރުސަތެއް ނުލިބެއެވެ. ނަމަވެސް އެޓީމުގެ ފަރާތުން މޮޅު ޑިފެންސެއް ވަނީ ފެނިގެންގޮސްފައެވެ.

ބެލްޖިއަމްއިން މެޗުގެ ލީޑު ނެގީ ފުރަތަމަ ހާފްގެ އިތުރުވަގުތުގައެވެ. މި ލަނޑު ކާމިޔާބުކުރީ އެޑެން ހަޒާޑްގެ އެހީތެރިކަމާއެކު ރޮމެލޫ ލުކާކޫއެވެ. އެޓީމުން ލީޑު ފުޅާކުރީ 57 ވަނަ މިނެޓުގައެވެ. މި ލަނޑުވެސް ކާމިޔާބުކުރީ ލުކާކޫއެވެ.

ބެލްޖިއަމްގެ ތިންވަނަ ލަނޑު އިތުރުވަގުތުގައި ފެނިގެންދިޔައިރު، މި ލަނޑު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެވަނަ ހާފްގައި ކުޅެން އެރި މާޓެންސްގެ އެހީތެރިކަމާއެކު ކެވިން ޑިބްރޭނާއެވެ.

މި ގްރޫޕްގައި ހިމެނޭ ކަޒަކަސްތާނުން 0-4 ގެ ނަތީޖާއަކުން ސެން މެރީނޯގެ މައްޗަށް ކުރިހޯދާފައިވާއިރު، ރަޝިއާއިން ވަނީ 0-1 ގެ ނަތީޖާއަކުން ސައިޕްރަސްގެ މައްޗަށް ކުރިހޯދާފައެވެ.

މި ނަތީޖާތަކާއެކު ގްރޫޕްގެ އެއްވަނައިގައި 12 ޕޮއިންޓާއެކު ބެލްޖިއަމް އޮތްއިރު، ދެވަނައިގައި ނުވަ ޕޮއިންޓާއެކު އޮތީ ރަޝިއާއެވެ. ތިންވަނައިގައި ކަޒަކަސްތާން އޮތްއިރު، ހަތަރުވަނައިގައި އޮތީ ސްކޮޓްލޭންޑެވެ. ފަސްވަނައިގައި ސައިޕްރަސް އޮތްއިރު، ފުލުގައި އޮތީ ސެން މެރީނޯއެވެ.

ބުދަ ދުވަހުގެ ރޭ ގްރޫޕް އެޗްގައި ކުޅުނު މެޗުން ފްރާންސް މޮޅުވީ އެންޑޯރާއާ ވާދަކޮށް 0-4 ގެ ނަތީޖާއަކުންނެވެ.

އެންޑޯރާގައި ކުޅުނު މި މެޗު ފެށިގެން 11 ވަނަ މިނެޓުގައި ފްރާންސުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެންޓޯނިއޯ ގްރިޒްމަންގެ އެހީތެރިކަމާއެކު ކީލިއަން އެމްބަޕޭއެވެ. މިއީ އެމްބަޕޭ އޭނާގެ ކެރިޔަރުގައި ކްލަބު އަދި ގައުމަށް ކާމިޔާބުކޮށްދިން 100 ވަނަ ލަނޑެވެ.

ފްރާންސްގެ ދެވަނަ ލަނޑު 30 ވަނަ މިނެޓުގައި ތައުވިންގެ އެހީތެރިކަމާއެކު ބެން ޔެޑާ ކާމިޔާބުކުރިއިރު، ފުރަތަމަ ހާފް ނިމުމުގެ ކުރިން ފްރާންސްގެ ތިންވަނަ ލަނޑު އެމްބަޕޭގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ތައުވިންއެވެ.

ފްރާންސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ 60 ވަނަ މިނެޓުގައި ޒޯމާއެވެ. މި ލަނޑަށްފަހުވެސް ފްރާންސަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި ގްރޫޕްގައި ހިމެނޭ އަލްބޭނިއާއިން 0-2 ގެ ނަތީޖާއަކުން މޮލްޑޯވާގެ މައްޗަށް ކުރިހޯދާފައިވާއިރު، އައިސްލޭންޑުން ވަނީ 1-2 ގެ ނަތީޖާއިން ތުރުކީގެ މައްޗަށް ކުރިހޯދާފައެވެ.

މި ނަތީޖާތަކާއެކު ގްރޫޕްގެ އެއްވަނައިގައި އޮތީ ނުވަ ޕޮއިންޓާއެކު ފްރާންސެވެ. ދެވަނައިގައި ފްރާންސްއާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ތުރުކީ އޮތްއިރު، ތިންވަނައިގައި އޮތީ އައިސްލޭންޑެވެ. ހަތަރުވަނައިގައި އަލްބޭނިއާ އޮތްއިރު، ފަސްވަނައިގައި އޮތީ މޮލްޑޯވާއެވެ. އަދި ފުލުގައި އޮތީ އެންޑޯރާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާގެ 17 އަހަރުންދަށުގެ ޓީމު އިޓަލީގެ މައްޗަށް ތާރީހީ މޮޅެއް ހޯދައިފި

އިންޑިއާގެ 17 އަހަރުންދަށުގެ ޓީމު އިޓަލީގެ މައްޗަށް ތާރީހީ މޮޅެއް ހޯދައިފި

20 މެއި 2017
ވެރާޓީ ހޯދުމަށް ބަޔާން އިން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅަނީ!

ވެރާޓީ ހޯދުމަށް ބަޔާން އިން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅަނީ!

14 މެއި 2017
ބަޔާން ބަލިކޮށް ޑޯޓްމަންޑް ޖަރުމަން ކަޕްގެ ފައިނަލަށް

ބަޔާން ބަލިކޮށް ޑޯޓްމަންޑް ޖަރުމަން ކަޕްގެ ފައިނަލަށް

27 އެޕްރީލު 2017
އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ އަށް ފަސޭހަ ގްރޫޕެއް؟

އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ އަށް ފަސޭހަ ގްރޫޕެއް؟

22 އެޕްރީލު 2017
ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް

ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް

26 މާރިޗު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު