Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަދީބުގެ ބޭސްފަރުވާ

އަދީބާއެކު ފުލުހުންނާއި ކަރެކްޝަނުން ދާނެ

އިންސާފުގެ ކުރިމައްޗަށް އޭނާ ހާޒިރުކުރުމަށް ހުރަސްއެޅޭނެ ފަދަ ކަމެއް ވިޔަނުދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ

ޝަރޫނާ އަބްދުﷲ
ޝަރޫނާ އަބްދުﷲ, ރާއްޖެ އެމްވީ | 12 ޖޫން 2019 | ބުދަ 08:18
ބޭރުގެ ސިއްހީ މާހިރުން ގެނެސްގެންވެސް އަދީބުގެ ބައްޔަށް ފަރުވާއެއް ލިބިފައެއް ނުވޭ

ބޭރުގެ ސިއްހީ މާހިރުން ގެނެސްގެންވެސް އަދީބުގެ ބައްޔަށް ފަރުވާއެއް ލިބިފައެއް ނުވޭ

ބޭސް ފަރުވާއަށް ބޭރަށް ދިއުމަށް އަދީބުއަށް ހުއްދަ ދީފައިވާއިރު އޭނާއާއެކު ފުލުހުންނާއި ކަރެކްޝަނުން ދާނެ ކަމަށް ހޯމް މިނިސްޓްރީއިން ބުނެފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އެއްވެސް ސިއްހީ އިދާރާއަކުން ލިބެންނެތް ފަރުވާއެއް އަދީބަށް ދިނުމަށް ޑޮކްޓަރުން ލަފާދެމުންދާތީ އަދި ބޭރުގެ ސިއްހީ މާހިރުން ގެނެސްގެންވެސް އެކަމަށް ފަރުވާއެއް ލިބިފައި ނުވާތީ އޭނާ ބޭސްފަރުވާއަށް ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދީފައިވާނެ ކަމަށާ, އެކަމާއި ގުޅޭގޮތުން ހަމަޖައްސަންޖެހޭ ސަލާމަތީ ކަންކަން ހަމަޖައްސާފައިވާނެ ކަމަށެވެ.

އެގޮތުން، އަދީބު ބޭސްފަރުވާއަށް، އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، އޭނާއާ އެކު ދިވެހި ފުލުހުންނާއި ކަރެކަޝަނަލް ސަރވިސްގެ އޮފިސަރުން ބައިވެރިވާނެ ކަމަށް ހޯމް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، އޭނާ ރާއްޖެއިން ބޭރަށް ފޮނުވި ނަމަވެސް އެކަމުގެ ސަބަބުން އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް ނޭޅޭނެ ކަމަށާއި އިންސާފުގެ ކުރިމައްޗަށް އޭނާ ހާޒިރުކުރުމަށް ހުރަސްއެޅޭނެ ފަދަ ކަމެއް ވިޔަނުދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖެއިން ބޭރުން އަދީބު ފަރުވާ ހޯއްދެވުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަލް ސާވިސްގެ މެޑިކަލް ބޯޑުން ދިނުމުގެ ކުރިން، ރާއްޖެއިން ލޮލުގެ ހާއްސަ ޑޮކްޓަރުން ގެނެސްގެން އެ މަނިކުފާނު ލޮލުގެ ހާލަތު ބެއްލެވި އެވެ. އެ ޑޮކްޓަރުން ވެސް ލަފާ ދެއްވީ ރާއްޖޭން ބޭރުން ލޮލުގެ އޮޕަރޭޝަން ކުރުމަށެވެ.

ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމުގެ ހުއްދަ އަދީބަށް ދިނުމާ ގުޅިގެން އާންމުންގެ ފާޑުކިޔުން ވަނީ ކަރެކްޝަނަށާ ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ އަދީބްގެ މައްސަލަ ދައުވާ އުފުލައި ތިން މައްސަލައެއް ސާބިތުކޮށް 33 އަހަރުގެ ޖަލު ހުކުމް އިއްވި އެވެ. ނަމަވެސް އެ ހުކުމްތައް މިހާރު ވަނީ ބާތިލްކޮށްފައެވެ.

ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ ހުކުމް ހައި ކޯޓުން ބާތިލްކޮށް، އެ މައްސަލަ ވެސް އަލުން ބަލަން ދަށު ކޯޓަށް އެންގިއިރު އެ މައްސަލައާ ގުޅިގެން އަދީބު 15 ދުވަހަށް ބަންދުގައި ބަހައްޓަން ވެސް އެ ކޯޓުން އޮތީ އަމުރުކޮށްފަ އެވެ.

ބަލި ހާލަތު ހުރި ގޮތުން މީގެ ދުވަސްތަކެއް ކުރިން ފެށިގެން ގޭބަންދުގައި ހުންނެވި އަދީބު މި ވަގުތު ހުންނެވީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ކޮށްފައިވާ 15 ދުވަހުގެ ހުކުމެއްގައެވެ. ނަމަވެސް އެ ހުކުމްގެ މުއްދަތު ވެސް ބުރާސްފަތި ދުވަހު ހަމަވާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މި ވެރިކަން އޮވެއްޖެނަމަ ޤައުމިއްޔަތާއި ދީން ގެއްލިގެން ދާނެ:އަފީފް

މި ވެރިކަން އޮވެއްޖެނަމަ ޤައުމިއްޔަތާއި ދީން ގެއްލިގެން ދާނެ:އަފީފް

13 އެޕްރީލު 2017
މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން

މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން

08 މާރިޗު 2017
އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން

އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން

08 މާރިޗު 2017
ވެރިކަން ބަދަލުކޮށް އަންހެންވެރިންނަން އަނިޔާކުރި ފުލުހުންނާއި ސިފައިން ލަދުގަންނަންޖެހޭ: ޝިފާ

ވެރިކަން ބަދަލުކޮށް އަންހެންވެރިންނަން އަނިޔާކުރި ފުލުހުންނާއި ސިފައިން ލަދުގަންނަންޖެހޭ: ޝިފާ

08 މާރިޗު 2017
މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި

މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި

02 މާރިޗު 2017

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު