Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފިހާރަތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރުން

ފިހާރަތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ޚާއްސަ މެޝިނެއް ރީޓެއިލް ކުރަނީ

މިއީ ސެންސޮމެޓިކް ބްރޭންޑުގެ މެޝިނެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 ޖޫން 2019 | ބުދަ 08:15
ފިހާރަތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ގެންނަ މެޝިން

ފިހާރަތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ގެންނަ މެޝިން

ފިހާރަތަކާއި އެފަދަ ވިޔަފާރިކުރާ ތަންތަނުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ޚާއްސަ މެޝިނެއް ރީޓެއިލްކޮށް ގެނައުމަށް ފީއެސް ސިސްޓަމް ޕްރައިވެޓް ލިމިޓެޑުން ތައްޔާރުވެއްޖެއެވެ.

ޓައިކޯ ރީޓެއިލް ސޮލިއުޝަންސްއާ ގުޅިގެން އެ ކުންފުނިން ތައާރަފްކުރާ މި ޚިދުމަތާ ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ފީއެސް ކުންފުނީގެ ފައިނޭންޝިއަލް ކޮންޓްރޯލަރ ނަޒްމީ ހަމީދު ވިދާޅުވީ، މި މެޝިންގެ މަޤްސަދަކީ ފިހާރަތަކުން ވައްކަން ކުރުން ފަދަ ކަންކަން މަދުކޮށް، ވިޔަފާރިތަކުގެ މުދާ ރައްކާތެރި ކުރުމަށް ކަމަށެވެ.

ސެންސޮމެޓިކް ބްރޭންޑުގެ މި މެޝިނާ ގުޅޭގޮތުން ވިޔަފާރިތަކަށް މައުލޫމާތު ދިނުމަށް ބުދަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓައިކޯ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ، މެޝިންގެ ސަބަބުން ފިހާރައިން މުދާ ގެއްލުން ހުއްޓުވޭނެ ކަމަަށެވެ.

އެގޮތުން ސެކިއުރިޓީ ފީޗަރއެއްގެ ގޮތުން ފިހާރަތަކުގައި ހުންނަ މުދަލުގައި ޚާއްސަ ޓެގެއް ހަރުކުރެވޭނެ ކަމަށާއި، ޓެގް ޑީއެކްޓިވޭޓް ކުރުމަށް ކޮންމެ ކައުންޓަރެއްގައިވެސް ޑީއެކްޓިވޭޓަރެއް ބެހެއްޓިފައި ހުންނާނެ ކަމަށެވެ. އަދި ކައުންޓަރުން ޓެގް ޑީއެކްޓިވޭޓް ނުކޮށް ނުކުންނަން މަސައްކަތް ކޮށްފިނަމަ މެޝިން އެލާރމްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގިނަ ސެކިއުރިޓީ ފީޗަރތަކެއް އެކުލެވޭ މި މެޝިން މެދުވެރިކޮށް ފިހާރައަށް އަންނަ މީހުންގެ އަދަދާއި، ތަފްސީލު ރެކޯރޑް ކުރެވޭއިރު، މިއީ ވައްކަން ފަދަ ކުއްތަށް ގިނަ ޒަމާނެއްގައި ވިޔަފާރިތަކަށް ނުހަނު ބޭނުންތެރި މެޝިނަކަށްވާނެ ކަމަށް ޓައިކޯ ކުންފުނިން ބުނެއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2018

ލަންކާއަށް ޚާއްސަ ޕެކޭޖްތަކެއް ތަޢާރަފްކޮށްފި

10 ޖެނުއަރީ 2018
ލަންކާއަށް ޚާއްސަ ޕެކޭޖްތަކެއް ތަޢާރަފްކޮށްފި
01 ޑިސެމްބަރު 2017

އުރީދޫ ކަސްޓަމަރުންނަށް އިންޑިއާ އާއި ލަންކާއަށް ގުޅުމަށް ޚާއްސަ ރޭޓެއް

01 ޑިސެމްބަރު 2017
އުރީދޫ ކަސްޓަމަރުންނަށް އިންޑިއާ އާއި ލަންކާއަށް ގުޅުމަށް ޚާއްސަ ރޭޓެއް
14 ނޮވެމްބަރު 2017

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އާއި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮމްޕެނީގެ ސީއީއޯ މަގާމަށް އައުޝަން ލަތީފް އައްޔަން ކޮށްފި

14 ނޮވެމްބަރު 2017
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް އާއި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮމްޕެނީގެ ސީއީއޯ މަގާމަށް އައުޝަން ލަތީފް އައްޔަން ކޮށްފި
10 އޮކްޓޯބަރު 2017

މޯލްޑިވިއަންގެ ފްލީޓް ވަރުގަދަކުރަން އިތުރު މަތިންދާ ބޯޓް ގެންނަން ނިންމައިފި

10 އޮކްޓޯބަރު 2017
މޯލްޑިވިއަންގެ ފްލީޓް ވަރުގަދަކުރަން އިތުރު މަތިންދާ ބޯޓް ގެންނަން ނިންމައިފި
13 އޯގަސްޓު 2017

އުރީދޫގެ ޚާއްސަ ކަސްޓަމަރުންނަށް އަރާމު ކްލަބު ޕްރިމިއާ ލައުންޖެއް!

13 އޯގަސްޓު 2017
އުރީދޫގެ ޚާއްސަ ކަސްޓަމަރުންނަށް އަރާމު ކްލަބު ޕްރިމިއާ ލައުންޖެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު