Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަދީބުގެ ބޭސްފަރުވާ

އަދީބް ފޮނުވަނީ އިންޑިއާއަށް، ވަޑައިގަންނަވަނީ ފުލުހުންނާއި ކަރެކްޝަންސްގެ އޮފިސަރުންނާ އެކު!

ދެ ދުވަހެއްގެ ތެރޭގައި އިންޑިއާ އަށް ފުރާވަޑައިގަންނަވާނެ

| 12 ޖޫން 2019 | ބުދަ 05:21
އަދީބް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ފަހު އަނބުރާ ޖަލަށް ގެންދިއުމަށް ފުލުހުންގެ ވެހިކަލަށް އަރުވަނީ

އަދީބް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ފަހު އަނބުރާ ޖަލަށް ގެންދިއުމަށް ފުލުހުންގެ ވެހިކަލަށް އަރުވަނީ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަަޑައިގަންނަވާއިރު، އެ މަނިކުފާނާ އެކު ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ވަޑައިގަންނަވާކަން ރާއްޖެއެމްވީއަށް އެނގިއްޖެ އެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އަދީބަށް ހުއްދަ ދީފައި ވަނީ އިންޑިއާ އަށް ވަޑައިގަތުމަށެވެ. ދެ ދުވަހެއްގެ ތެރޭގައި އެ މަނިކުފާނު ފުރާވަޑައިގަންނަވާނެ އެވެ.

ރާއްޖޭން ބޭރުން އަދީބު ފަރުވާ ހޯއްދެވުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަލް ސާވިސްގެ މެޑިކަލް ބޯޑުން ދިނުމުގެ ކުރިން، ރާއްޖެއިން ލޮލުގެ ހާއްސަ ޑޮކްޓަރުން ގެނެސްގެން އެ މަނިކުފާނު ލޮލުގެ ހާލަތު ބެއްލެވި އެވެ. އެ ޑޮކްޓަރުން ވެސް ލަފާ ދެއްވީ ރާއްޖޭން ބޭރުން ލޮލުގެ އޮޕަރޭޝަން ކުރުމަށް ކަމަށް ރާއްޖެ އެމްވީއަށް ވަނީ އެނގިފަ އެވެ.

އަދީބުގެ ލޮލަށް ވަނީ ގްލޮކޯމާ ޖެހިފައި ކަމަށް އާއިލާ އިން ބުނެ އެވެ.

ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމުގެ ހުއްދަ އަދީބަށް ދިނުމާ ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާތީ އެކަމާ ގުޅޭ ގޮތުން މިއަދުގެ ވަގުތެއްގައި ހޯމް މިނިސްޓްރީން ބަޔާނެއް ނެރޭނެކަން ރާއްޖެ އެމްވީއަށް ވަނީ އެނގިފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ރާއްޖޭ ބޭރުން ފަރުވާ ހޯދުމަށް އަދީބް އެތައް ފަހަރަކު ހުށަހެޅުއްވި ނަމަވެސް، ހުއްދަ ދިނުމުގެ ބަދަލުގައި ރައީސް ޔާމީނާއި އެ މަނިކުފާނުގެ ސަރުކާރުގެ އިސް ވެރިން ވިދާޅުވީ އަދީބަށް ހުއްދަ ދެވޭނީ، އެ މަނިކުފާނުގެ އަތުގައި ހުރި އެމްއެމްޕީއާރުސީގެ ފައިސާ ރައްދުކުރުމުން ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ އަދީބްގެ މައްސަލަ ދައުވާ އުފުލައި ތިން މައްސަލައެއް ސާބިތުކޮށް 33 އަހަރުގެ ޖަލު ހުކުމް އިއްވި އެވެ. ނަމަވެސް އެ ހުކުމްތައް މިހާރު ވަނީ ބާތިލްކޮށްފައެވެ.

ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ ހުކުމް ހައި ކޯޓުން ބާތިލްކޮށް، އެ މައްސަލަ ވެސް އަލުން ބަލަން ދަށު ކޯޓަށް އެންގިއިރު އެ މައްސަލައާ ގުޅިގެން އަދީބު 15 ދުވަހަށް ބަންދުގައި ބަހައްޓަން ވެސް އެ ކޯޓުން އޮތީ އަމުރުކޮށްފަ އެވެ.

ބަލި ހާލަތު ހުރި ގޮތުން މީގެ ދުވަސްތަކެއް ކުރިން ފެށިގެން ގޭބަންދުގައި ހުންނެވި އަދީބު މި ވަގުތު ހުންނެވީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ކޮށްފައިވާ 15 ދުވަހުގެ ހުކުމެއްގައެވެ. ނަމަވެސް އެ ހުކުމްގެ މުއްދަތު ވެސް ބުރާސްފަތި ދުވަހު ހަމަވާނެއެވެ.

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ ޕާކިސްތާނަށް ވަޑައިގަންނަވަނީ

23 އެޕްރީލު 2017
ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ ޕާކިސްތާނަށް ވަޑައިގަންނަވަނީ
06 އެޕްރީލު 2017

ގާސިމް، އަބްދުﷲ ރިޔާޒު އަދި ތޮއްޔިބުގެ މައްޗަށް ވަރަށް އަވަހަށް ދައުވާ ކުރަން ކޯޓަށް ފޮނުވަނީ!

06 އެޕްރީލު 2017
ގާސިމް، އަބްދުﷲ ރިޔާޒު އަދި ތޮއްޔިބުގެ މައްޗަށް ވަރަށް އަވަހަށް ދައުވާ ކުރަން ކޯޓަށް ފޮނުވަނީ!
15 މާރިޗު 2017

ނިހާންގެ ތަޢުރީފު އަދީބަށް، ރައީސް ޔާމީނަށްވުރެ އަދީބްގެ ބަސް އަހާ!

15 މާރިޗު 2017
ނިހާންގެ ތަޢުރީފު އަދީބަށް، ރައީސް ޔާމީނަށްވުރެ އަދީބްގެ ބަސް އަހާ!
12 މާރިޗު 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވަނީ އަންނަ ހޮނިހިރު ދުވަހު

12 މާރިޗު 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވަނީ އަންނަ ހޮނިހިރު ދުވަހު
08 މާރިޗު 2017

ވެރިކަން ބަދަލުކޮށް އަންހެންވެރިންނަން އަނިޔާކުރި ފުލުހުންނާއި ސިފައިން ލަދުގަންނަންޖެހޭ: ޝިފާ

08 މާރިޗު 2017
ވެރިކަން ބަދަލުކޮށް އަންހެންވެރިންނަން އަނިޔާކުރި ފުލުހުންނާއި ސިފައިން ލަދުގަންނަންޖެހޭ: ޝިފާ
21 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި
20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
13 ފެބުރުއަރީ 2017

ރައީސް ހިންމަފުއްޓާއި ތުލުސްދޫ އަށް މިއަދު ވަޑައިގަންނަވަނީ

13 ފެބުރުއަރީ 2017
 ރައީސް ހިންމަފުއްޓާއި ތުލުސްދޫ އަށް މިއަދު ވަޑައިގަންނަވަނީ
11 ފެބުރުއަރީ 2017

ލަންކާ ދަތުރުފުޅަށް ފަހު ރައީސް ނަޝީދު ހޯމަ ދުވަހު ލަންޑަނަށް ވަޑައިގަންނަވަނީ

11 ފެބުރުއަރީ 2017
ލަންކާ ދަތުރުފުޅަށް ފަހު ރައީސް ނަޝީދު ހޯމަ ދުވަހު ލަންޑަނަށް ވަޑައިގަންނަވަނީ
28 ޖެނުއަރީ 2017

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު