Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެނދުނުގެ ނާސްތާ ޕްރޮގްރާމް

ތަޅުންމަތީ ނާސްތާ ދިން ސުކޫލްގެ މައްސަލަ ބަލައި ފިޔަވަޅު އަޅައިފިން، ތަކުރާރެއް ނުވާނެ: އެޑިއުކޭޝަން

11 ޖޫން 2019 | އަންގާރަ 14:08

213 ސުކޫލެއްގައި 57817 ދަރިވަރުންނަށް ނާސްތާ ދެވިފައިވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 11 ޖޫން 2019 | އަންގާރަ 14:08
ހެނދުނުގެ ނާސްތާ ޕްރޮގްރާމްގައި ސުކޫލެއްގެ ދަރިވަރުން ނާސްތާ ނަގަނީ

ހެނދުނުގެ ނާސްތާ ޕްރޮގްރާމްގައި ސުކޫލެއްގެ ދަރިވަރުން ނާސްތާ ނަގަނީ

ރާއްޖޭގެ ހުރިހާ ސުކޫލެއްގައި ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ފެށިއިރު، އެއް ސުކޫލެއްގެ ތަޅުންމަތީގައި ދަރިވަރުންނަށް ނާސްތާ ދިން މައްސަލަ ބަލައި، ފިޔަވަޅު އަޅާފައިވާކަމަށާއި، އެކަން ތަކުރާރުނުވާނެގޮތަށް ފިޔަވަޅު އަޅާފައިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގެ ހުރިހާ ސުކޫލެއްގައި ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ފެށީ، އަންގާރަ ދުވަހު އެވެ. އެ ޕްރޮގްރާމް ފެށިއިރު، ރަށެއްގެ ސުކޫލްގެ ތަޅުންމަތީގައި ދަރިވަރުން ހެނދުނުގެ ނާސްތާ ނަގަމުންދިޔަ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވެ ގިނަ ބައެއް ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.

Advertisement - newsAdvertisement

ރާއްޖެ.އެމްވީއަށް އެނގިފައިވާގޮތުގައި އެއީ ތިނަދޫ އަބޫބަކުރު ސުކޫލްގެ އެލްކޭޖީ ދަރިވަރުންތަކެއް ނާސްތާ ނެގުމަށް ތިބި ފޮޓޯއެކެވެ.

އެކަމާއި ގުޅެގޮތުން އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި ނޫސްބަޔާނެއްގައި ބުނީ ސުކޫލްތަކުގެ ދަރިވަރުންްނަށް ނާސްތާ ދިނުމުގެ ޕްރޮގްރާމް ކުރިއަށްގެންދިއުމުގައި ދެ ކްލާސްރޫމެއްގައި ދަރިިވަރުންނަށް ނާސްތާދީފައިވަނީ ނާސްތާ ޕްރޮގްރާމްގެ އުސޫލާއި ހިލާފަށްކަމަށް މިނިސްޓްރީއަށް ފާހަގަކުރެވިފައިވާކަމަށެވެ. އަދި 213 ސުކޫލެއްގައި 57817 ދަރިވަރުންނަށް ނާސްތާ ދެވިފައިވާއިރު، މަދު ކްލާސްރޫމްތަކުގައި މިފަދަ އަމަލެއް ހިންގުމުން، މާތް މަޤްސަދެއްގައި ސަރުކާރުން ހިންގާ ޕްރޮގްރާމްތަކަށް ރައްޔިތުންކުރާ އިތުބާރު ގެއްލިގެންދާކަމަށް މިނިސްޓްރީން ބުންޏެވެ.

އެޑިއުކޭޝަނުން ބުނީމަދު މުވައްޒިފުންތަކެއް މިފަދަ އަމަލެއް ހިންގާފައިވާތީ އެކަން މިނިސްޓްރީން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި އެކަން ކޮށްފައިވާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅަފައިވާކަމަށް މިނިސްޓްރީން ުންޏެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން އަބޫބަކުރު ސުކޫލްގެ ޕްރިންސިޕަލް ޖަމްޝީދަ ވިދާޅުވީ އެލްކޭޖީގެ ދަރިވަރުންނަކީ މީގެކުރިންވެސް އެގޮތަށް އިންޓަވަލް ނަގާ ކުދިންތަކެއްކަމަށާއި، މީގެކުރިން ބޭނުންކުރީ އިންޓަވަލް ބޮކްސް ކަމަށެވެ. އަދި އަންގާރަ ދުވަހުވެސް ހެނދުނުގެ ނާސްތާ ދިނުމުން އެކުދިން، ނާސްތާއާއިއެކުގައި ގޮސް އެގޮތަށް، ވަށް ބުރަކަށްވާގޮތަށް އިށީނީކަމަށް ޖަމްޝީދާ ވިދާޅުވި އެވެ.

އޭނާ ވިދަޅުވީ އެއީ ގަސްދުގައި ހިނގިކަމެއް ނޫންކަމަށާއި، އަދި އެކަން ފާހަގަކުރެވުމާއެކު، އެފަދަކަމެއް ތަކުރާރުނުވާނެގޮތަށް ފިޔަވަޅު އަޅާފައިވާނެކަމަށެވެ.

ހުރިހާ ސުކޫލެއްގައި ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ފައްޓަވައިދެއްވީ އަންގާރަ ދުވަހު ނައިބް ރައީސް ފައިސަލް ނަސީމެވެ. ހެނދުނުގެ ނާސްތާ ދިނުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް