Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަމަލް ރާޖަޕަކްސް

ކޯލިޝަންގެ ލީޑަރުންނާ ނަމާލް ބައްދަލުކުރައްވައިފި

11 ޖޫން 2019 | އަންގާރަ 13:38

ނައިބް ރައީސް އާ ވެސް ވަނީ ބައްދަލުކުރައްވާފައި

އަލީ ސަމާޚް
އަލީ ސަމާޚް | 11 ޖޫން 2019 | އަންގާރަ 13:38
ނަމަލް ރައީސް ނަޝީދާ އެކު

ނަމަލް ރައީސް ނަޝީދާ އެކު

އަވަށްޓެރި ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްްސާގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ ސަރުކާރު ކޯލިޝަންގެ ބައެއް ލީޑަރުންނާ ބައްދަލުކުރައްވައިފިއެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ނަމާލް ވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ އިތުރުން އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވާފައެވެ. ނަމާލްގެ މި ދަތުރުފުޅަކީ ލަންކާ އަށް ދިން ހަމަލާއަށް ފަހު އެގައުމުގެ ހާލަތު ރާއްޖެއަށް އޮޅުން ފިލުވައިދީ، ލަންކާގައި ނުރެއްކަލެއް ނެތްކަމަށް ބަޔާންކޮށް ދިނުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ. އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާވެސް ބައްދަލުކުރައްވާފައެވެ.

Advertisement - newsAdvertisement

ރައީސް މައުމޫނާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި ނަމާލް ވިދާޅުވީ، މައުމޫނާ ބައްދަލުވެވަޑައިގަތުމުން ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށާއި، މައުމޫނަކީ އޭނާގެ ބައްޕާފުޅާ ވަރާށް ގާތް ބޭފުޅެއް ކަމަށެވެ.

ނަމާލް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރެއްވީ މަޖިލީހުގެ އިދާރާގައެވެ. އެ ބައްދަލުވުމާއި ބެހޭ ގޮތުން ކުރެއްވި ޓްވީޓެއްގައި ނަމާލް ވިދާޅުވީ، ރައީސް ނަޝީދާ އެކު ގިނަ ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ.

ރައީސް ނަޝީދު ލަންކާ އަށް ކުރައްވާ ދަތުރުފުޅުގައި ބައްދަލުވެވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. ރައީސް ނަޝީދާ އެމްޑީޕީގެ ޕާލިމެންޓަރީ މެމްބަރުން ސްރީލަންކާ އަށް ވަޑައިގެންނުވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ނަމަލް ވަނީ ނައިބް ރައީސް ފައިސަލް ނަސީމާ ބައްދަލުކުރައްވާފައެވެ.

ނަމާލް ވަނީ އަންގާރަ ދުވަހު ރާއްޖެއަށް ޓީވީއަށް ޒިޔާރަތް ކުރައްވާއި، އިންޓަވިއުއަށް ދެއްވާފައެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ނަމަލް ސްރީލަންކާ އަށް ވަޑައިގަންނަވާނީ އަންގާރަ ދުވަހުގެރެއެވެ. ނަމަލް ވަނީ ރައީސް ސޯލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރާއްޖެ ވަޑައިގެންފައެވެ.

ނަމަލް އަކީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ހަމްބަންދޮޓަ ޑިސްޓްރިކްޓްގެ މެމްބަރެކެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

22 އެޕްރީލު 2017

މެންބަރު ސައުދު ރައީސް ނަޝީދާ ބައްދަލުކުރައްވައިފި

22 އެޕްރީލު 2017
މެންބަރު ސައުދު ރައީސް ނަޝީދާ ބައްދަލުކުރައްވައިފި
13 އެޕްރީލު 2017

ޖައިޝަންކަރު ރާއްޖޭގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި

13 އެޕްރީލު 2017
ޖައިޝަންކަރު ރާއްޖޭގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި
13 އެޕްރީލު 2017

އިދިކޮޅު ލީޑަރުންނާއިމެދު ކުރާ ޝައްކު ފިލުވާލަން ޖެހޭ: އަސްލަމް

13 އެޕްރީލު 2017
އިދިކޮޅު ލީޑަރުންނާއިމެދު ކުރާ ޝައްކު ފިލުވާލަން ޖެހޭ: އަސްލަމް
20 މާރިޗު 2017

ޕީޕީއެމް-އެމްޑީއޭގެ މަޖިލިސް މެމްބަރުންނާ ރައީސް ޔާމީން ބައްދަލުކުރައްވައިފި

20 މާރިޗު 2017
ޕީޕީއެމް-އެމްޑީއޭގެ މަޖިލިސް މެމްބަރުންނާ ރައީސް ޔާމީން ބައްދަލުކުރައްވައިފި
10 މާރިޗު 2017

ރައީސް ނަޝީދު ޖޯން މެކެއިންއާ ބައްދަލުކުރައްވައިފި

10 މާރިޗު 2017
ރައީސް ނަޝީދު ޖޯން މެކެއިންއާ ބައްދަލުކުރައްވައިފި
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
21 ފެބުރުއަރީ 2017

އދ. ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސްއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

21 ފެބުރުއަރީ 2017
އދ. ގެ ހައިކޮމިޝަނަރ ފޯ ހިއުމަން ރައިޓްސްއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި
12 ފެބުރުއަރީ 2017

ރައީސް ނަޝީދު ސްރީ ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

12 ފެބުރުއަރީ 2017
ރައީސް ނަޝީދު ސްރީ ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި
11 ފެބުރުއަރީ 2017

ލަންކާގެ ރައީސް ސިރިސޭނާއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

11 ފެބުރުއަރީ 2017
ލަންކާގެ ރައީސް ސިރިސޭނާއާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް