ކަރަންޓު ބިލްގައި މައްސަލައެއް އުޅޭނަމަ ހުށަހަޅުއްވާ، ބަލައިދޭނަން: ސްޓެލްކޯ
11 ޖޫން 2019 | އަންގާރަ 12:30ބިލު ބޮޑުވުމުގައި އެއްވެސް ކަހަލަ ނޭދެވޭ ކަމެއް ނޫޅޭ

ސްޓެލްކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ކަރަންޓު ބިލުގައި މައްސަލައެއް އުޅޭ ކަމަށް ފާހަގަކުރެވޭނަމަ މައްސަލަ ހުށަހެޅުމުން ބަލައިދޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ވިދާޅުވީ ސްޓެލްކޯއިން ބިލް ކުރަނީ މީޓަރއަށް ބަލާގެން ކަމަށާއި، މިޓަރުން އޮޅުވާ ނުލެވޭ ކަމަށެވެ. މުގުނީ ވިދާޅުވީ އެއީ ސްޓެލްކޯއަށްވެސް ކަސްޓަމަރުންނަށްވެސް ކުޅެ، ބަދަލުކުރެވޭނެ އެއްޗެއް ނޫން ކަމަށާއި، ކަރަންޓު ބިލު ބޮޑުވުމުގައި އެއްވެސް ކަހަލަ ނޭދެވޭ ކަމެއް ނޫޅޭ ކަމަށެވެ.
މުގުނީ ވިދާޅުވީ ކަރަންޓު ބިލް ބޮޑުވީ ކަރަންޓު ބޭނުންކުރާ ނިސްބަތް އިތުރުވެފައިވާތީ ކަމަށާއި، ޝައްކުވާކަމެއް އުޅޭނަމަ މައްސަލަ ހުށަހަޅާ ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ. އަދި މައްސަލަ ބެލުމުގައި އެގެއަކަށް ދާންޖެހިއްޖެނަމަ ސްޓެލްކޯގެ ބޭފުޅުން ގޮސް ވެސް މައްސަލަ ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މުގުނީ ވިދާޅުވީ ކަރަންޓުގެ ރޭޓްތައް ހަދަމުން ދަނީ އެންވަޔަރަންމަންޓް މިނިސްޓްރީން ހަދާ ރޭޓްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި ވިދާޅުވީ މާލެގެ ޓެރިފް ރޭޓުތަކަށް އެއްވެސް ބަދަލެއް ނާންނަކަމަށާއި، ގެނައި ބަދަލަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކަރަންޓު ފޯރުކޮށްދެމުންގެންދާ ޓެރިފް ރޭޓުތައް އެއްހަމައަކަށް ގެނައުންކަމަށެވެ.
ފާއިތުވި ދެމަސްދުވަހުގެ ކަރަންޓު ބިލް ކުއްލިއަކަށް ބޮޑުވުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.







