Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހޯރަފުށި

ހޯރަފުށި އަމިއްލަ ޖަމިއްޔާއަކުން އިސްނަގައިގެން ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރަނީ

ބޭރުގެ އާޓިސްޓަކު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހައިޑްސް އިން ބުނި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 10 ޖޫން 2019 | ހޯމަ 22:35
ހޯރަފުށީ ދާއިރާގެ މެމްބަރު ސައްލެ ހައިޑްސްގެ ކޮމިޓީގެ މެމްބަރުންނާއެކު

ހޯރަފުށީ ދާއިރާގެ މެމްބަރު ސައްލެ ހައިޑްސްގެ ކޮމިޓީގެ މެމްބަރުންނާއެކު

ހޯރަފުށީގެ އަމިއްލަ ޖަމިއްޔާ އެއް ކަމަށްވާ ޔޫތް ޑިވޮލޮޕްމެންޓް ސޮސައިޓީ (ހައިޑްސް) އިން ކުލަގަދަ ގޮތެއްގައި އެ ރަށުގައި އަލްޙާ އީދު ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

ހައިޑްސް އިން ބުނީ، އެ ހަރަކާތަކީ ހޯރަފުށި ދާއިރާގައި ހިމެނޭ ހޯރަފުށި، ތުރާކުނު، އުލިގަމަށް ހާއްސަ ކޮށްގެން ބާއްވާ ހަރަކާތެއް ކަމަށެވެ.

Advertisement - newsAdvertisement

ހައިޑްސް ޖަމްއިއްޔާ އިން ވަނީ ރަށު ކައުންސިލް މެމްބަރުންނާއި ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުން ހިމެނޭ ގޮތަށް 33 މީހުންގެ މައްޗަށް ''އީދު ސްޓިއަރިންގ ކޮމިޓީ'' އެއް އެކުލަވައިލާފައެވެ.

ހައިޑްސްގެ އެކްސެކްޓިވް ކޮމިޓީގެ ކޯޗެއަރ ހުސައިން ނާޝިޒް ރާއްޖެ.އެމްވީ އަށް ބުނީ، އީދުގެ ހަރާކަތްތައް ރަށު ފެންވަރުގައި އެންމެ ފުރިހަމަ ކަމާއެކު ގެންދިޔުމަށް އެ ޖަމްއިއްޔާ އިން އަމާޒު ހިފާފައިވާ ކަމަށެވެ.

އީދުގެ ހަރަކާތްތައް ރޭވުމުގެ ހުއްދަ ކައުންސިލުން ދީފައިވާއިރު ކައުންސިލްގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިގެންދާނެ ކަމަށް ނާޝިޒް ބުންޏެވެ. އަދި އެއާއިއެކު އެ ހަރަކާތް އިންތިޒާމު ކުރުމުގައި ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ސައްލެ) ގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާކަން އުފާލާއެކު ފާހަގަކުރާ ކަމަށްވެސް އޭނާ ބުންޏެވެ.

ނާޝިޒް ބުނީ، އީދުގެ ހަރަކާތްތައް ފެށޭނީ އީދު ވިލޭރޭގެ ނުވައެއް ޖަހާއިރު ކަމަށެވެ.

ހަރާކަތްތައް ފަސް ދުވަހަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު އޭގެ ތެރޭގައި ސަގާފީ އަދި އެހެނިހެން ކުޅިވަރުތައް ހިމެނޭނެ ކަމަށާއި ބޮޑު އީދު ވެގެން ދާނީ ތާފާތު އީދެއްގެ ގޮތުގައި ކަމަށް އޭނާ ބުންޏެވެ.

އީދަށް އިތުރު ފުރިހަމަކަން ގެނެސްދިނުމުގެ ގޮތުން ރާއްޖޭގެ އާޓީސްޓެއްގެ އިތުރުން ބޭރުގެ އާޓިސްޓަކު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ނާޝިޒް ބުންޏެވެ.

އާޓިސްޓުން ގެނައުމުގައި ރާއްޖެ ޓީވީގެ ޕްރޮގްރާމް ހެޑް އާމިރް ސަލީމްގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭމުންދާ ކަން ހައިޑްސް އިން ވަނީ ފާހަގަކޮށްފައެވެ. އެ ހަރާކާތުގެ މީޑިއާ ޕާޓްނަރަކީ ރާއްޖެޓީވީއެވެ. އީދުގެ ހަރަކާތް ރާއްޖެޓީވީން ލައިވްކުރަން ވަނީ ހަމަޖެހިފައެވެ.

ހައިޑްސް އިން އެ ހަރަކާތް އިންތިޒާމް ކުރުމަށް ރާވާފައިވާއިރު އެ ޖަމިއްޔާ އަކީ 2013 ވަނަ އަހަރު ރަޖިސްޓްރީ ކޮށްފައިވާ ޖަމިއްޔާއެކެވެ.

ހައިޑްސްގެ މައިގަނޑު މަގްސަދަކީ، ވަޒީފާ އަދާކުރަމުންދާ އެންމެހާ ފަރާތްތަކުގެ ހައްގުތައް ހިމާޔާތްކޮށް، ވަޒީފާގައި ދެމިތިބޭ ފަރާތްތަކަށް ވަޒީފާއަށް ބޭނުންވާ ބޭނުންތެރި ތަމްރީނާ ހުނަރު ފޯރުކޮށްދީ، ވަޒީފާތަކަށް އަލަށް ނިކުންނަ ފާރަތްތަކުގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުސަތުތައް އަންގައިދީ އެ ފަރާތްތަކުގެ ކެރިއަރ ތަރައްގީކޮށް ކުރިއެރުވުމުގައި އެހީތެރިވުމެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު