Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް 2019

ރިޔާސީ ކޮމިޝަންތައް އުވާލާއިރު ނުނިމިވާ މަސައްކަތްތައް ކުރާނެ މުއައްސަސާއެއް ކަނޑައަޅަންޖެހޭ: ހިސާން

10 ޖޫން 2019 | ހޯމަ 10:06

ހިސާން ވަނީ ތިން އިސްލާހެއް ބިލަށް ހުށަހަޅުއްވާފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 10 ޖޫން 2019 | ހޯމަ 10:06
ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން

ރިޔާސީ ކޮމިޝަންތައް އުވާލަން ރައީސުލް ޖުމްހޫރިއްޔާ ނިންމަވާއިރު، ރިޔާސީ ކޮމިޝަންތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ނުނިމިވާ މަސައްކަތްތައް ކުރާނެ މުއައްސަސާއެއް ރިޔާސީ ކޮމިޝަންތަކުގެ ބިލްގައި ހިމެނުމަށް ރިޔާސީ ކޮމިޝަންތަކުގެ ބިލަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން އިސްލާހެއް ހުށަހަޅުއްވައިފިއެވެ.

ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސީ ކޮމިޝަންތަކުގެ ބިލްގެ ބަހުސް މަރްހަލާގައި ވާހަކަދައްކަވަމުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވަނީ ރިޔާސީ ކޮމިޝަންތަކުގެ ބިލަށް ތިން އިސްލާހެއް ގެންނަން ފެންނަ ކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ރިޔާސީ ކޮމިޝަންތަކަކީ ގާނޫނު އަސާސީން ރައީސުލް ޖުމްހޫރިއްޔާ ލިބިދީފައިވާ ބާރުގެ ދަށުން އުފައްދަވާ ކޮމިޝަންތަކެކެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅު ވެއްޖެ ހިނދެއްގައި ކޮމިޝަން އުވާލުމުގެ ބާރު ވެސް އެ މަނިކުފާނަށް ލިބިގެންވެއެވެ.

ބިލަށް ގެންނަން ފެންނަ އިސްލާހުތައް ހުށަހަޅުއްވަމުން ހިސާން ވިދާޅުވީ ރިޔާސީ ކޮމިޝަނެއް އުވާލަން ރައީސުލް ޖުމްހޫރިއްޔާ ނިންމަވާއިރު، ކޮމިޝަންތަކުން ހޯދާފައި ހުންނަ މައުލޫމާތުތަކާއި ހެކިތަކާއި، އަދި އެ ނޫން ވެސް ނަގާފައި ހުންނަ ހެކި ބަސް އެއީ ސައްހަ އެއްޗެހި ގޮތުގައި ދެމި އޮތުމަށް، ކޮމިޝަނުން ކުރަމުންދިޔަ މަސައްކަތްތަކުގެ ތެރޭން ނުނިމި ހުރި މަސައްކަތްތައް ބަދަލުކުރާނެ މުއައްސަސާއެއް ބިލްގައި ކަނޑައަޅާފައި އޮތުން މުހިއްމު ކަމަށެވެ.

ބިލަށް ގެންނަން ފެންނަ އިތުރު އިސްލާހެއް ހުށަހަޅުއްވަމުން ހިސާން ވިދާޅުވީ ބިލްގެ ދަށުން އުފައްދާ ކޮމިޝަންތަކަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުން ކަނޑައަޅާފައިވާ ބާރުތައް ލިބިދީފައި އޮންނައިރު، އެ ބާރުތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭ ގޮތަށް އެ އިހްތިޔާރު ކޮމިޝަންތަކައް ދިނުމަށް ބިލްގައި ލިޔަންޖެހޭ ކަމަށެވެ.

ހިސާން ވިދާޅުވީ ކޮމިޝަންތަކުން ތަހްގީގްކުރާ މައްސަލަތަކުގައި ތެރޭ ހިމެނޭ މަދަނީ މައްސަލަތަކުގައި ނުވަތަ ސިވިލް މައްސަލަތަކުގައި މިހާރު ވެސް ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމްގެ ތެރެއިން، އޮނިގަނޑުގެ ތެރެއިން ތަބާވާންޖެހޭ މަދަނީ އިޖުރާއަތްތަކަށް ކޮމިޝަނުން ތަހްގީގް ކުރަމުންދާއިރު، ތަބާވަންޖެހޭނެ ކަމަށް ކަނޑައެޅިގެން ބިލްގައި ބަޔާންކުރުން މުހިއްމު ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ކަމަށެވެ.

ރިޔާސީ ކޮމިޝަންތަކުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސައިންއެވެ. މި ބިލް 18 ވަނަ މަޖިލީހަށް ވެސް ސަރުކާރުން ހުށަހެޅިއެވެ. 18 ވަނަ މަޖިލީހަށް ވެސް މި ބިލް ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދުއެވެ. ހަތަރު ފަހަރު މަޖިލީހުގެ ތަޅުމަށް ފޮނުވުމުން ވެސް،18 ވަނަ މަޖިލީހުން މި ބިލް ފާސްކޮށްފައެއް ނުވެއެވެ.

މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮމިޝަން އުފެއްދެވީ ޖެނުއަރީ 1، 2012 އިން ފެށިގެން ނޮވެމްބަރު 17، 2018 އާ ދެމެދު މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށެވެ. އެގޮތުން އެ މުއްދަތުގެ ތެރޭގައި ހިނގާފައިވާ 24 މައްސަލައެއް ބޭރުގެ ތަޖުރިބާކާރުންގެ އެހީއާއެކު ކޮމިޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ބިލަށް ތާއީދްކުރައްވާ މެމްބަރުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
28 ޖެނުއަރީ 2017

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު

28 ޖެނުއަރީ 2017
ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް