Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯދީގެ ދަތުރުފުޅު 2019

ޓެރަރިޒަމާ ބެހޭ ބައިނަލްއަގްވާމީ ކޮންފަރެންސަކަށް މޯދީ ގޮވާލައްވައިފި

9 ޖޫން 2019 | އާދީއްތަ 04:18

ގައުމުތަކުގެ އެއްބާރުލުމާ އެކު ހިންގާ ޓެރަރިޒަމްގެ ނުރައްކާ ބޮޑު

އަމަން ހަލީމް
އަމަން ހަލީމް | 9 ޖޫން 2019 | އާދީއްތަ 04:18
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވަނީ

ޓެރަރިޒަމަކީ ހަމައެކަނި ވަކި ގައުމަކަށް އޮތް ބިރެއް ނޫން ކަމަށާއި، އެއީ މުޅި އިންސާނީ ހަޟާރާތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، ޓެރަރިޒަމާ ބެހޭ ބައިނަލްއަގްވާމީ ކޮންފަރެންސަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގޮވާލައްވައިފިއެވެ.

ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ހޮނިހިރު ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވަމުން ބޮޑުވަޒީރު މޯދީ ވަނީ، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ބައިނަލްއަގްވާމީ މުޖުތަމައު އެއްބައިވެ މަހާސިންތާތަކާއި ކޮންފަރެންސްތައް ބާއްވާ ފަދައިން، ޓެރަރިޒަމާ ބެހޭ މިފަދަ ބައްދަލުވުންތަކެއް ނުބޭއްވެންވީ ސަބަބަކާ މެދު ސުވާލު އުފައްދަވާފައެވެ. މޯދީ ވިދާޅުވީ މި ޒާތުގެ ކޮންފަރެންސެއްގައި ނަތީޖާ ނެރެވޭނެ ފަދަ މަޝްވަރާތަކަށް ފަހު، ޓެރަރިސްޓުންނާއި އެ މީހުންނަށް ފަންޑުކުރާ ފަރާތްތަކުން އޭގެ ނާޖާއިޒު ފައިދާ ނަގާ "ލޫޕްހޯލްތައް" ނައްތާލެވޭނެ ކަމަށެވެ.

Advertisement - newsAdvertisement

ޓެރަރިސްޓުންނާ ބެހޭ ގޮތުން ބޮޑުވަޒީރު މޯދީ އިތުރަށް ވިދާޅުވީ، ދުނިޔޭގެ ކޮންމެވެސް ތަނެއްގައި ޓެރަރިސްޓުން އެ މީހުންގެ "ނުލަފާ" ސޫރަ ދައްކާލުމުގެ ގޮތުން މައުސޫމް ފުރާނަޔަކަށް އަރައި ނުގަންނަ ދުވަހެއް ވޭތުވެގެން ނުދާ ކަމަށެވެ. އަދި ބޭންކިންގގެ ހިދުމަތްތައް ހޯދުމާއި ހަތިޔާރު އުފެއްދުމުގެ ގާބިލިއްޔަތު ކަމެއް ނެތް ބައެއް ކަމަކު ޓެރަރިސްޓުންގެ އަތުން ހަތިޔާރާއި ފައިސާ ދުވަހަކު ވެސް ހުސްވާ މަންޒަރު ނުފެންނަ ކަމަށް ވިދާޅުވެ މޯދީ ވަނީ ޓެރަރިސްޓުން ހަތިޔާރާ ފައިސާ ހޯދާ ގޮތާ މެދު ސުވާލު އުފައްދާފައެވެ.

ބޮޑުވަޒީރު ވިދާޅުވީ މިހާރު ދުނިޔެއަށް ވެސް އޮތް އެންމެ ބޮޑު ނުރައްކަލަކަށް، ގައުމުތަކުގެ އެއްބާރުލުމާއި އެހީތެރިކަމާ އެކު ހަރަކާތްތެރިވާ ޓެރަރިސްޓުން (ސްޓޭޓް ސްޕޮންސަރޑް ޓެރަރިޒަމް) ގެ ނުރައްކާ ވެއްޖެ ކަމަށެވެ.

މީގެ އިތުރުން މިހާރު ވެސް "ރަނގަޅު" ޓެރަރިސްޓުންނާއި "ނުރަނގަޅު" ޓެރަރިސްޓުންނަކީ ކޮބައިކަމުގެ ބަހުސްކުރެވޭ ކަން ފާހަގަކުރައްވައި، އެއީ ކުށް ހީއެއް ކަމަށް ވިދާޅުވެ މޯދީ ވަނީ ފާޑުވިދާޅުވެފައެވެ. އަދި "މަސްނޫއީ" ހިޔާލު ތަފާތުވުންތަކެއްގައި ޖަދަލުކުރަން ތިއްބާ، "ބޮލުން މައްޗަށް" ފެންގަނޑު އަރައިގެން ގޮސްފައިވާ ކަމަށް މިސާލު ޖައްސަވަމުން މޯދީ ވަނީ ޓެރަރިޒަމާ ދެކޮޅަށް އަތުގުޅާލަން ގޮވާލައްވާފައެވެ.

މޯދީ ވިދާޅުވީ އަދުގެ ދުނިޔޭގައި ގައުމުތަކުގެ އިސްވެރިނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޓެރަރިޒަމް ކަމަށާއި ޓެރަރިޒަމް ނައްތާލެވޭނީ ގައުމުތަކުގެ އެއްބާރުލުމާ އެކުގައި ކަމަށެވެ. މިހާރު އަޅަންޖެހޭ ފިޔަވަޅުތައް ނޭޅިއްޖެ ނަމަ، މި ޖީލާއި އަންނަން އޮތް ޖީލު ވެސް މާފު ނުކުރާނެ ކަމަށް ވެސް މޯދީ ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ބޮޑުވަޒީރު މޯދީ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ދެ ގައުމުގެ ގުޅުމާ ބެހޭގޮތުން މަޝްވަރާކުރައްވައި، އިންޑިއާއިން ރާއްޖެއަށް ދޭން ނިންމާފައިވާ އެހީތަކުގެ އެއްބަސްވުންތަކުގެ ސޮއިކުރައްވާފައެވެ. މިއީ ދެވަނަ ދައުރަކަށް ހުވާކުރެއްވި ފަހުން މޯދީ ބޭރުގެ ގައުމަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ރާއްޖޭގައި ދެ ދުވަސް ހޭދަކުރެއްވުމަށް ފަހު، އާދިއްތަ ދުވަހު ބޮޑުވަޒީރު މޯދީ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ލަންކާއަށެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

3

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

4

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

5

މާލޭގެ ގެއަކަށް ވަދެ ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު މައްސަލަ: ހައްޔަރު ކުރި 2 މީހުން ޝަރީއަތް ނިމެންދެން ބަންދަށް!

އިތުރަށް ކިޔާލަން

07 މާރިޗު 2017

ފ. އަތޮޅު ވިއްކާލުމާ ބެހޭ ބެނާއެއް ދަމައިފި ނަމަ ދިއްދޫ ޖަލްސާ ހުއްޓުވާނެކަމުގެ އިންޒާރު ފުލުހުން ދީފި

07 މާރިޗު 2017
ފ. އަތޮޅު ވިއްކާލުމާ ބެހޭ ބެނާއެއް ދަމައިފި ނަމަ ދިއްދޫ ޖަލްސާ ހުއްޓުވާނެކަމުގެ އިންޒާރު ފުލުހުން ދީފި
07 މާރިޗު 2017

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ

07 މާރިޗު 2017
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ
06 މާރިޗު 2017

ކުންފުނިތަކާބެހޭ ގާނޫނުތަކަށް އިސްލާހު ހުށަހަޅަނީ

06 މާރިޗު 2017
ކުންފުނިތަކާބެހޭ ގާނޫނުތަކަށް އިސްލާހު ހުށަހަޅަނީ
25 ފެބުރުއަރީ 2017

އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި

25 ފެބުރުއަރީ 2017
އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް