Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯދީގެ ދަތުރުފުޅު 2019

އެކުވެރިންގެ މެދުގައި ކުޑަ ބޮޑުމިންނެއް ނޯންނާނެ: ބޮޑުވަޒީރު މޯދީ

8 ޖޫން 2019 | ހޮނިހިރު 16:39

އިންޑިއާގެ ބޮޑު ވަޒީރެއް ގާނޫނު ހަދާ މަޖިލީހުގައި ތަގްރީރް ކުރެއްވި މިއީ ދެވަނަ ފަހަރު

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 8 ޖޫން 2019 | ހޮނިހިރު 16:39
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަނީ

ރާއްޖެ އާއި އިންޑިއާއަކީ އެކުވެރި ދެ ޤައުމު ކަމަށާއި، އެކުވެރިންގެ މެދުގައި ކުޑަ ބޮޑު ނުވަތަ ވަރުގަދަ، ބަލިކަށި ކަމުގެ ތަފާތުކުރުމެއް ނޯންނާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގެން ރައްޔިތުންގެ މަޖިލީހުގައި ދެއްވި ތަގްރީރްގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު މޯދީ ވިދާޅުވީ އިންތިޚާބު ކާމިޔާބުކުރެއްވުމަށް ފަހު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ރާއްޖެ ޚިޔާރުކުރެއްވީ "ނެއިބަރހުޑް ފަސްޓް" ޕޮލިސީގެ ދަށުން ކަމަށެވެ. އިންޑިޔާ އަބަދުވެސް އެ ގައުމު އަވައްޓެރިންނަށް ކަމޭހިތާނެ ކަމަށާއި، އެ މީހުންގެ ހާލު ބަލަމުންދާނެ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ހިންދީ ބަހުން ދެއްވި ތަގްރީރްގައި ވާހަކަފުޅު ދައްކަވަމުން ބޮޑު ވަޒީރު މޯދީ ވިދާޅުވީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާ އަބަދުވެސް ދެމި އޮންނާނެ ކަމަށެވެ.

އިންޑިޔާ އާއި ރާއްޖޭގެ ގުޅުމުގެ ބަދަހިކަން ހާމަކޮށްދެމުން ބޮޑުވަޒީރު ވިދާޅުވީ "ކޮނޑާއި ކޮނޑު" ޖެހޭހާ ގާތުގައި އަބަދުވެސް އިންޑިޔާ އިން ރާއްޖެއާ އެކުގައި ވާނެ ކަމަށެވެ. އިންޑިޔާ އިން ރާއްޖެއަށް ވެދެމުން އަންނަ އެހީތެރިކަމަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު މޯދީ ވިދާޅުވީ އިންޑިޔާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު އިސްކަންދެއްވަނީ މީހުން ބިނާކުރުމުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. ގައުމެއް ކުރިއަރައި ބިނާވެގެންދާނީ އެ ގައުމެއްގެ ރައްޔިތުން ބިނާކޮށްގެން ކަމަށާއި، އިންޑިޔާއިން ބޭނުންވަނީ ރާއްޖޭގެ ރައްޔިތުން ބިނާކުރުމަށް ކަމަށް ވެސް ވިދާޅުވިއެވެ. އިންޑިއާ އިން އަބަދުވެސް ރާއްޖެ އަށް އެހީތެރިވާނެ ކަމަށާއި ނަމަވެސް ރައްޔިތުންނަށް ނުދެއްކޭ ވަރުގެ ލޯނެއް ބޮލުގައި ނާޅުވާނެ ކަމަށް ވެސް ބޮޑުވަޒީރު މޯދީ ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުންގެ މެހެމާންދާރީ އާއި ހިތްހެޔޮ ކަމުގެ ވާހަކަ އާއި ރާއްޖޭގެ ގުދުރަތީ ރީތި ކަމުގެ ވާހަކަ ބޮޑުވަޒީރު ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ހުރިހާ ރައްޔިތުން ތަމްސީލްވާ ގެ ކަމަށްވާ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވެސް ނަސޭހަތް ދެއްވާފައެވެ. ބޮޑުވަޒީރު މޯދީ ވިދާޅުވީ ގާނޫނު ހަދާ މަޖިލީހުގައި ނިންމާ ނިންމުންތަކަކީ ރައްޔިތުންގެ ހުވަފެންތަކާއި، ވިންދާ ގުޅިފައިވާ ނިންމުންތަކެއް ކަމަށާއި، ނިންމުންތައް ނިންމާއިރު މެމްބަރުން އެކަން ހަނދާންކުރަން ޖެހޭނެ ކަމަށެވެ.

ޓެރަރިޒަމްގެ ނުރައްކާތެރިކަމަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަވަމުން ބޮޑު ވަޒީރު ވިދާޅުވީ ޓެރަރިޒަމްގެ ނުރައްކާ އެއްދުވަހުން އަނެއް ދުވަހަށް ބޮޑުވަމުން އަންނަ ކަމަށެވެ. ކޮންމެ ދުވަހަކު ދުނިޔޭގެ އެކި ހިސާބުތަކުގައި ޓެރަރިޒަމްގެ ނުރައްކާތެރި ހާދިސާތައް ހިގަމުން އަންނަ ކަމަށާއި، އެކަމަށް އެންމެންވެސް ތައްޔާރަށް ތިބެންޖެހޭނެ ކަމަށެވެ. އަދި އެ ކަމުގައި އިންޑިޔާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އިންޑިޔާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު ފެރީގެ ދަތުރުތައް ފެށުމުގެ މަޝްވަރާތައް ކުރިއަށްދާއިރު، އެއީ އެ މަނިކުފާނު ވަރަށް އުފާކުރައްވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުންނަށް އީދުގެ ތަހުނިޔާ އަރިސްކުރަމުން ބޮޑުވަޒީރު މޯދީ ވިދާޅުވީ، އެތަކެއް އަހަރުތަކެއް ވަންދެން ރާއްޖެއަކީ އެކި ގޮތްގޮތުން ނަމޫނާ ޤައުމެއް ކަމަށާއި، މަޖިލީހުގައި ތަޤުރީރު ކުރެއްވުމަށް ފުރުސަތު ލިބިވަޑައިގަތުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ

ރާއްޖެ އާއި އިންޑިއާގެ ގުޅުން ބޮޑުވަޒީރު މޯދީ ސިފަކުރެއްވީ "އެއް ބަގީޗާއެއްގައި ފޮޅޭ ދެ މަލުގެ" ގޮތުގައެވެ.

އޭގެ އިތުރުން، ރާއްޖެއަށް ލިބޭ ކާމިޔާބީތަކުގައި އެންމެ ބޮޑު އުފަލަކާއި ފަޚުރެއް ލިބޭ އެއް ޤައުމަކީ އިންޑިއާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އަވައްޓެރި ޤައުމުތަކަށް އިސްކަން ދިނުމަކީ އިންޑިއާއިން ގެންގުޅޭ ސިޔާސަތު ކަމަށާއި، އޭގެ ތެރެއިން ރާއްޖެއަކީ ޚާއްސަ އިސްކަމެއް ދެއްވާނެ ޤައުމެއް ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީގެ ކޮޕީއެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ ބޮޑުވަޒީރަށް ހަދިޔާ ކުރައްވާފައެވެ. މި ގާނޫނު އަސާސީއަކީ 22 ޑިސެމްބަރ 1932 ވަނަ އަހަރު އެކުލަވާލެވުނު ގާނޫނު އަސާސީއެކެވެ. މިއީ ދެކުނު އޭޝިޔާގައި ވެސް އެކުލަވާލެވުނު ފުރަތަމަ ގާނޫނު އަސާސީއެވެ.

ރައްޔިތުންގެ މަޖިލީހުގައި އިންޑިޔާގެ ބޮޑު ވަޒީރެއް ތަގްރީރް ކުރެއްވި މިއީ ދެވަނަ ފަހަރުއެވެ. މަޖިލީހުގައި އެންމެ ފުރަތަމަ ތަގްރީރް ކުރައްވާފައި ވަނީ އިންޑިޔާގެ ކުރީގެ ބޮޑު ވަޒީރު މަންމޯހަން ސިންގއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް